
މަތިއުތުރު ޕުރޮވިންސްގެ ރައީސް
ކަމަށް ޢާދަމް ނަޞީރު ، ދިއްދޫ ދާއިރާގެ ރައީސްކަމަށް އާދަމް ސަލީމް
އެމްޑީޕީ އެތެރޭގެ އިންތިހާބުގައި
ވަރަށް ފުރިހަމަ ކާމިޔާބެއް ދިއްދޫ ގެ ދެދަރިން ހޯއްދެވުމާއި ގުޅިގެން
ދިއްދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރުގެ ހައިސިއްޔަތުން ވަރަށް
ހޫނު މަރުހަބާއެއް ދަންނަވަމެވެ.
ކާމިޔާބަކީ އަބަދުވެސް ވިސްނުމާއި
ބުއްދީގެ ފިކުރު އިސްކޮށްގެން ކުރާ ބުރަމަސައްކަތުން ލިބޭނެ ކަމެއްކަން
މިއަދު މިވަނީ ވަރަށް ފުރިހަމައަށް ހާންމަވެފައެވެ.
މަތިއުތުރު ޕުރޮވިންސް އާއި ދިއްދޫ
ދާއިރާ ގުޅިގެން މަސައްކަތް ކުރުމުގައި މިލިބުނު ރަނުގެ ފުރުޞަތު ގެ ބޭނުން
ހިފައިގެން އިންތިހާބުގައި ބަލިވި ފަރާތްތައް ވެސް ބައިވެރިކޮށްގެން ކުރިއަށް
ދިއުމުގެ ރޫހް އާލާކޮށް އެކުގައި ގުޅިގެން މަސައްކަތް ކުރުން މިއަދު މިވަނީ
ވަރަށް މުހިންމު ވެފައެވެ.
ކާމިޔާބުގައި ހިތްތިރިކޮށް ނާކާމިޔާބުގައި
ހިތްވަރުގަދަކޮށް ހުރިހާ ފަރާތްތަކެއް ގުޅިގެން ސިޔާސީ ގޮތުންނާއި އުމްރާނީ
ގޮތުން އަތޮޅާއި ރަށަށް ގިނަގުނަ ކަންކަން ހާސިލުކުރެވޭނެ ގޮތަށް ސަރުކާރާއި
ގުޅިގެން މަސައްކަތް ކުރުމަކީ ކޮންމެހެން ވެސް މުހިންމު ކަމަކަށް މިވަނީ
ޖެހިފައެވެ.
މި އިންތިހާބުގައި އެއްވެސް ހަމަނުޖެހުމެއް
ނެތި ރީތި ގޮތުގައި އިންތިހާބުގެ ވޯޓުގެ ކަންތަކާއި، ކެންޕޭނުގެ ކަންކަން
އެންމެ ފަހު ވަގުތާ ޖެހެން ދެންވެސް ކުރިއަށް ގެންދިއުމުގައި މެންބަރުންގެ
ކެއްތެރިކަމަށް ނުހަނު އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަމެވެ.