$fp = fopen('counter/counter.txt','r');
$count = (int)(fgets($fp));
fclose($fp);
$fp = fopen('counter/counter.txt','w');
$counter = $count + 20;
fputs($fp,$counter);
fclose($fp);
?>
|
|||||
| |
|||||
|
|
ރާއްޖޭގެ ސިޔާސީ ލީޑަރުންނަށް ވާހަކަ ދައްކައިގެން ހައްލުނުކުރެވޭ ކަމެއް ބޭރުގެ ފަރާތަކުން ހައްލުކުރެވިދާނެބާ؟
މިކަހަލަ ކަމެއް ކޮށްފިނަމަ އެކަމުގެ
ހަޤީގީ ދަތި އިހުސާސް ކުރަންޖެހޭނީ ހަމަ ނިކަމެތި ދިވެހި ރައްޔިތުންނޫންތޯއެވެ؟.
އެއްވެސް ފަރާތަކަށް ބާރެއް ލިބުމަކީ އެބާރެއްގެ ބޭނުން ނަހަމަ ގޮތުގައި
ހިފަން ޖެހޭނެކަމެއްބާވައެވެ؟.. އެހެން ކަމަށްވާނަމަ، ނުވެ ނުދާނެ ހުރިހާކަމެއް
މިއަދު މިދަނީ މިކުޑަކުޑަ މުޖުތަމަޢުގައި ވަމުން ނޫންހެއްޔެވެ މިކަމުގެ ޒިންމާ
އުފުލާނީ ކޮންބަޔަކުތޯއެވެ؟ ސަރުކާރު ހިންގުމަށް ދަތިވާނެ ހުރިހާގޮތެއް ބަލައިގެން
މަޖިލީހުގެ މެޖޯރިޓީ ބޭނުންކޮށްގެން ހިތުހުރިހާ ގޮތަކަށް ޤާނޫނުތައް ހަދަމުން
ދިއުމުން ރައްޔިތުންނަށް ޚިދުމަތްތައް ދިނުމަށް އިންތިހާއަށް ދަތިވަމުންދާ
ކަމުގައި ބުނަމުން ދިޔަ ބުނުން އަޑު އިވުނުކަމަށް ވެސް ނުހަދާ ގަދަފައި ވިއްދާފައި
އަދި އިތުރަށް ސަރުކާރުގެ އިދާރީ ހިންގުމުގެ ތެރެއަށް ވަދެ ސަރުކާރުގެ ހިންގުން
ހުއްޓޭފަދަ ޤާނޫނުތައް މަޖިލީހުން ފާސްކުރަމުން ދިޔަކަމީ މިހާލަތު ޤައުމަށް
މެދުވެރިވާން ދިމާވި ފުރަތަމަ ސަބަބު ކަމުގައި ޤަބޫލުކުރަންޖެހެއެވެ ހަމަ އެއާއެކު ސަރުކާރުން ކަންތައްތައް
ކުރަމުންދާ ގޮތާމެދު ސިޔާސީ ވާދަވެރިންގެ ފާޑުކިޔުންތަކަށް އެދެވޭ ޖަވާބުދާރީ
ވުމެއްނެތި، ރައްޔިތުންނާ ގުޅުންހުރި ދަޢުލަތުގެ މުދަލާއި ދަޢުލަތުގެ މިލްކިއްޔާތު
އާއި ގުޅޭ ކަންކަމުގައި ސަރުކާރުން އަޅަމުން ގެންދިޔަ ފިޔަވަޅުތަކާމެދު ވާދަވެރި
ސިޔާސީ ފަރާތްތަކުން ކިޔަމުން ގެންދިޔަ ފާޑުކިއުންތަކަށް ބަލާލުމެއްނެތި
އަދި އެކަމުގެ އެއްވެސް މަޢުލޫމާތެއް ހާމަކުރުމަކާނުލައި ކަންކަން ކުރަމުންދާ
ކަމުގައި ބުނެ ސަރުކާރަށް ތުހުމަތުގެ އިނގިލި ދިއްކުރުމުންވެސް އެކަންކަމަށް
ޖަވާބުދާރީ ނުވިކަމަށް ބުނާ ބުނުމާމެދު ވެސް ވިސްނާލަންޖެހެއެވެ ޤައުމެއްގެ ހަމަޖެހުމާއި އަމަންއަމާންކަމާއި ރައްޔިތުންގެ ހައްޤުތައް ހިމާޔަތް ކޮށްދެވޭނީ އެޤައުމެއްގައި އޮންނަ ވަކިފަރާތަކަށް ނުޖެހޭ އަދުލުގެ ނިޒާމުގެ އިތުބާރު ކަމަށްވީހިނދު މިއަދު މި ދިވެހި ފަސްގަނޑުގައި މިފެންނަމުން މިދަނީ އަދުލް އިންޞާފު ޤާއިމު ކުރުމުގެ ބާރުން އަދާކުރަންޖެހޭ ފުރިހަމަ ޒިންމާ އާއި މަސްޢޫލިއްޔަތު އަދާކުރުމުގައި ހުރި ކޯޓުތަކާއި އެކޯޓުތަކުގެ ފަނޑިޔާރުންނާ މެދު ރައްޔިތުންގެ އިތުބާރު ކުޑަވެ ކަންބޮޑުވާ ދަރަޖަޔަށް ކަންތައްތައް ގޯސްވަމުންދާ ތަންނޫންތޯއެވެ؟.. މިހިސާބައް ކަންތައްތައް ދިއުމުން ދެން މިފެނިގެން މަިދަނީ ރައްޔިތުން އަމިއްލަޔަށް ރައްޔިތުންގެ ކޯޓާއި، ރައްޔިތުންގެ ސުޕްރީމް ކޯޓް އުފެއްދިވާހަކައެވެ. މާދަމާ އަޑުއިވޭނީ މިޤައުމުގެ ރައްޔިތުން އިންތިހާބުކޮށްފައިވާ
މި ދިވެހި ދަޢުލަތުގެ ރައީސުލްޖުމްޙޫރިއްޔާ ހުއްޓާ ރައްޔިތުންގެ ބަޔަކު ނިކުމެ
ރައީސުލް ޖުމްޙޫރިއްޔާގެ މަޤާމަށް އެމީހުން އަމިއްލަޔަށް ރައީސަކު އިންތިހާބު
ކުރިވާހަކަ ނޫންބާވައެވެ؟ ނޫންނަމަ ރައްޔިތުންގެ ތެރެއިން ސިޔާސީ ޕާޓީއަކުން
ބަޔަކު ނިކުމެ މަޖިލީހުގެ ރައީސާއި ނާއިބު ރައީސަކު ހަމަޖައްސާ އެއަށް ފަހު
ރައްޔިތުން ބޭނުންވާ ބަޔަކު ހިމެނޭ ގަޮތަށް ރައްޔިތުން ކަނޑައޅާ ބަޔަކު ރައްޔިތުނަގެ
މަޖިލީހުގެ މެންބަރުން އެދާއިރާއަކަށް ކަނޑައަޅާ މަންޒަރުނޫންބާވައެވެ. މިދަތުރުގެ
ނިމުން މިދެންނެވި ގޮތަށް ނިމިގެން ދިއުމަކީ މިރާއްޖޭގެ އެއްވެސް ރައްޔިތަކު
އެދޭނެ ގޮތެއް ނޫނެއްކަމަކު މިއަދަކު މިކަންވެސް ނުވާނެޔެކޭ ދެންނެވުމަކީ
މިިއަދުގެ ސިޔާސީ މަސްރަހަށް ބަލާއިރު ނުވާނެކަމެކޭ ދެންނެވޭ ކަށެއް ނެތެންނުންތޯއެވެ.؟
މިއީ އަޅުގަނޑުގެ ޚިޔާލެވެ މިކަމާ ތިބޭފުޅުންގެ ޚިޔާލު ފަހަރުގައި ތަފާތުވުމަކީ
އެކަށީގެންވާ ކަމެކެވެ. އެހެނަސް ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ހައްދެއްވެސް
ނެތެއްނުންތޯއެވެ.
|
|
|||