|
|

ސިޔާސީ ހަރުކަށި ޢަމަލުތަކުން ލިބޭނީ ގެއްލުމާ
އަނިޔާ ފިޔަވައި ދެން ކޮންއެއްޗެއްތޯއެވެ؟
ސަރުކާރު ޒިންމާދާރުކުރުވުމަށް މަސައްކަތްކުރުމަކީ އިދިކޮޅު ޕާޓީއަކުން
އަބަދުވެސް ކުރަންޖެހޭ މުހިންމު މަސައްކަތަކަށްވާއިރު، އެމަސައްކަތްތައް
ކުރުމުގައި ރައްޔިތުން ބައިވެރިކޮށްގެން ކުރިއަށް ގެންދާ ކަންކަމުގައި
ހަރުކަށި ޢަމަލުތަކުގެ ސަބަބުން ޤާނޫނީ ވާޖިބު އަދާކުރުމަށް ސިފައިންނާއި
ފުލުހުންނަށް މަޖުބޫރުވާނަމަ، އެކަން ކުރުމުން ސިފައިންނާއި ފުލުހުންގެ
ޢަމަލުތައް ކުއްވެރިކޮށް ރައްޔިތުންގެ ހިއްތަކުގައި ސިފައިންނާއި ފުލުހުންގެ
މައްޗަށް ރުޅިވެރިކަމާއި ނަފުރަތު އުފެއްދުމަށް މިފަދަ ކަންކަން ކުރެވެމުން
ދާނަމަ، މިކަމުގެ ހަޤީޤީ ދެރަ އިޙްޞާސް ކުރަންޖެހެނީ ހަމަ ދިވެހި ރައްޔިތުންނޫންތޯއެވެ؟
ވެރިކަން ބަދަލުކުރާނީ ރައްޔިތުންގެ ވޯޓަކުންކަން އެނގުމަކީ މުހިންމު ކަމަކަށްވާއިރު
ސަރުކާރު ވައްޓާލަނީ ކަމުގައިބުނެ ރައްޔިތުންނަށް އޮޅުވާލުންތައް އޮޅުވާލައިގެން
ރައްޔިތުން މަގުމައްޗަށް ނެރެ ސިޔާސީ އައްޑަނައަކަށް ހަދައިގެން ސިޔާސީ
ގޮތުން ނަހަމަގޮތުގައި ފައިދާ ތަކެއް ނަގަމުންދާނަމަ، މިކަމުގެ އަގު މާދަމާ
އަދާކުރަން ޖެހުމުން ނުވަތަ ވެރިކަން ކުރަން ލިބޭ ހިނދު ދެންޖެހޭނެ ދަތުރާމެދު
ވެސް ވިސްނާލާނެނަމަ ކީއްތޯއެވެ.
ލީޑަރުންނަކީ ހަރުކަށިކަމާ އަޑުގަދަކުރުމާއި ހަޑިހުތު ބަސްތަކުން ވާހަކަދައްކާ
މީހަކަށް އެކަނި ކުރެވޭނެ ކަމެއްކަމުގައި މިިއަދު ދެކޭ ބަޔަކު ތިބެދާނެއެވެ؟
އެހެނަސް އެއީ ނާތަހުޒީބު ބޯދާ ކަމެއްކަމުގައި ނޫނީނުވާނެއެވެ. އެހެންނަމަ،
މާޒީގައި ވެރިކަންކުރި 30 އަހަރުގެ ވެރިކަން އެގޮތުގައި ބަދަލުކުރެވުނީހެވެ؟
އެހެން ނަމަވެސް އެވެރިކަންވެސް ބަދަލުކުރިބަޔަކީ ހަމަ ދިވެހި ރައްޔިތުންގެ
ވޯޓުނޫންތޯއެވެ؟ ދެން ކިތަންމެ ވަރަކަށް ވެރިކަން ބަދަލުކުރާނެ ކަމުގައި
ބުނެ ކޮންމެ ކަމެއް ދިމާވުމުން ނިކުމެ މިފަހަރު ސަރުކާރު ވައްޓާލާފައިނޫނީ
މިފަހަރުގެ މުޒާހަރާ ހުއްޓާނުލާނެ ކަމުގައި ބުނެ ކުރަމުންދާ ކޮންމެ އެއްވުމަކާއި،
ކޮންމެ މުޒާހަރާއަކުން ކުށެއްނެތް އެތަކެއް ރައްޔިތުންނަކަށް ލިބެމުންދާ
އަނިޔާތަކުގެ ޒިންމާ އުފުލަންޖެހޭނީ އެކަމެއް އިންތިޒާމުކުރި ބަޔަކަށް
އެކަން ކުރަންވާ އެންމެ ރަގަޅު ގޮތުގައި ނުކުރުމުން ޤައުމުގެ ދިފާޢީ ބާރުތަކުން
ތޯއެވެ.؟ ނޫންނަމަ ސަރުަކާރުންތޯއެވެ؟ ކަންކަން ސިޔާސީ ބޭނުމަށްޓަކައިވެސް
އޮޅުވާލުމުގައި ހައްދެއް ވެސް އޮންނަންވާނެތާއެވެ! މިއަދުގެ ސިޔާސީ މަސްރަހުގައި
ފެންނަމުން މިދަނީ ސިޔާސީ ގޮތުން އެބަޔަކު ބޭނުންވާ ގޮތަކަށް އެކަމެއް
މާނަކޮށް އެކަން ކަމުގެ ހަޤީގަތް އެފުއްމިފުށަށް ޖަހާ އޮޅުވާލަމުންދާތަނެވެ.
މިކަމަކީ މިއަދު ދިވެހި ރައްޔިތުން ވަރަށް ސަމާލުވެ ވިސްނަންވެއްޖެކަމެކަމުގައި
ނޫނީ ނުވާނެއެވެ.
|
About
this website
Khassa Majilis Web
Haveeru Daily
Aafathis
Miadhu
Jazeera.mv
Haama.com
Minivan
Radio
DO
Web
Minivan
News
Minivan Daily
|