Ahmed Sameer -
Sign My Guest Book
View My Guest Book
Video Interview and
Messages & News
ތިންބާރު ވަކިކޮށްފައިވާ ރިޔާސީ ނިޒާމެއްގައި، ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތަކުގެ ތެރެއަށް ސިޔާސީ މަޤުޞަދެއް ޙާސިލުކުރުމަށް، ސަރުކާރުގެ މަސައްކަތުގެ މަސްޢުލިއްޔަތު ތައް ވައްދަން މަސައްކަތްކުރަމުން ދާކަމީ މިއަދު ހިތާމަކުރަން ޖެހޭކަމެއް . ސަމީރު

ސިޓީ ޕީޑީއެފް ފޮމެޓްގައި ޑައުންލޯޑް ކުރުމަށް ކުލިކްކުރައްވ

ރައީސުލްޖުމްޙޫރިއްޔާ އަލްފާޟިލް މުޙައްމަދު ނަޝީދަށް
ވެދުން ސަލާމަށް ފަހު ދަންނަވަމެވެ.
ރާއްޖެއަށް ހަމަލާއެއް ދޭން އުޅޭކަމުގެ މަޢުލާުމާތެއް ބަޔަކަށް ލިބިގެން ކަމަށް ބުނެ އެމައްސަލަ ރައްޔިތުންގެ މަޖިލީހުގެ ޤައުމީ ސަލާމަތު ކޮމެޓީއަށް ރައްޔިތުނަގެ މަޖިލީހުގެ މެންބަރަކު ހުށަހެޅުމާއި ގުޅިގެން އެ ކޮމެޓީގެ ކުއްލި ބައްދަލުވުމެއް ބާއްވައި އެކޮމެޓީން މިހާރު ނިންމާފައިވާކަމަށް ރާއްޖޭގެ މީޑިޔާއަށް އެކޮމެޓީގެ ބައެއް މެންބަރުން ދީފައިވާ މަޢުލޫމަތަށް ބަލާއިރު ، މިފަދަ ކަމެއްގެ މަޢުލޫމާތު ލިބުމުން ކަންކުރަން ޖެހޭ އުޞޫލާ ޚިލާފަށް އެކަމުގައި ސިޔާސީ ގޮތުން ވަކި ކަންތައްތަކެއް ހާޞިލް ކުރުމުގެ ބޭނުމުގައި ހާއްޞަކޮން އިދިކޮޅު ސިޔާސީ ބޭފުޅުން ރާއްޖޭގެ ދިފާއީ ބާރުތަކުގެ މައްޗަށް ނުފޫޒާއި ބާރު ފޯރުވުމަށްޓަކައި މަޖިލީހުގެ ކޮމެޓީތަކަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސްފޯސް އާއި މޯލްޑިވްސް ޕޮލިސް ސާރވިސްގެ އިސްވެރިން ހާޒިރު ކުރުމުގެ ސިލްސިލާއެއް ގެންދަވާފައި ވުމުންވެސް އެކަން މަޖިލީހުގެ ކޮމެޓީތަކަށް ކާމިޔާބު ނުވެފައިވަނިކޮން ކުއްލިއަކަށް މިހާރު މިފެށިގެން މިއުޅެނީ އެކަން ކާމިޔާބު ކުރުމުގެ ސިލްސިލާއަކަށް ވެދާނެކަމަށްޓަކައި، މިކަމުގެ މަޢުލޫމާތު އެފަރާތްތަކަށް ލިބުނުގޮތުގެ ފުރިހަމަ ތަޙްޤީގެއް ހިންގަވަައި ކަމާބެހޭގޮތުން ކުރައްވަންޖެހޭ ދިރާސާތަކާއި ފޮރެންސިކުގެ އެހީގައި ސިފައިންނާއި ފުލުހުންގެ އިތުރުން ބޭރުގެ ކަމާބެހޭ އެކްސްޕާޓުންގެ އެހީގައި އިންޓަލިޖެންސް ބޭނުންކުރައްވައިގެން މިކަމުގެ އަސްލު ހަޤީގަތް ސަރުކާރުން ދެނެގަތުމަކީ މި ދިވެހިރާއްޖޭގެ ރައްޔިތުންނާއި ޤައުމުގެ ދިފާޢުގައި ރައީސުލްޖުމްޙޫރިއްޔާ ކުރައްވަންޖެހޭނެ ކަމެއްކަމުގައި ދަންނަވަމެވެ.

ރައްޔިތުންގެ މަޖިލީހުގެ ޤައުމީ ސަލާމަތުގެ ކޮމެޓީގެ މެއިންޑޭޓްގެ ބޭރުން މޯލްޑިވްސް ޕޮލިސް ސާރވިސް އާއި މޯލްޑިވްސް ނޭޝަނަލް ޑިފެންސްފޯސް ގެ އިންޓަލިޖެެންސުން އެ ކޮމެޓީއަށް ހާޒިރުކޮށް މައްސަލަ ދިރާސާ ކުރަން ކޮމެޓީގައި ހިމެނޭ އިދިކޮޅު ޕާޓީ ތަކުގައި މެންބަރުންގެ އަޣުލަބިއްޔަތުން ފާސްކޮށްގެން ކުރަން ނިންމި ކަމުގައި ވިއަސް މިފަދަ ކަންކަމަކީ ޤައުމީ ސަލާމަތުގެ ކޮމެޓީއަށް އިންޓަލިޖެންސުން ހާޒިރުކޮށްގެން އެކޮމެޓީ ދިރާސާ ކުރުމަށް އެއްގޮތަކަށް ވެސް ފުރުޞަތު ދެވިގެންވާނެ ކަމެއް ކަމުގައި ނުވާތީއާއި ، ދާދި މިދާކަށް ދުވަހު ވަނީ ގުއަންޓަނާމޯބޭ ޖަލުން ބަޔަކު ރާއްޖެ ގެންނަން އުޅޭކަމަށް ބުނެ ހަމަ އިދިކޮޅު ޕާޓީގެ މެންބަރެއްގެ ގެކޮޅަށް ސިޓީއާއި ލިޔުންތަކެއް ލިބިފައިކަމަށް ބުނެ މަޖިލީހުގެ ކޮމެޓީން


އެކޮމެޓީގެ ޢަމަލުކުރަން ޖެހޭ ޤަވާއިދުތަކާއި އުޞޫލުތަކަށް ވެސް އެއްވެސް ހުރުމަތްތެރިކަމެއް ނުހިތްތަވާ ދިވެހި ސަރުކާރާއި އެމެރިކާގެ ސަރުކާރުގެ ސްޓޭޓް ޑިޕާޓްމަންޓާއި އަދި ރާއްޖޭގެ ރައީސުލްޖުމްޙޫރިއްޔާ އާއި ފޮރިން މިނިސްޓަރާ ދެމެދު މުޢާމަލާތް ކުރައްވާފައިވާ އީ މެއިލްތަކާއި މިނޫންވެސް ސަރުކާރުގެ އެތަކެއް ސިއްރު މަޢުލާުމާތެއް އެކޮމެޓީއަށް ދިނުމުން އެއްވެސް ޒިންމާދާރުކަމެއް ނެތި އެ ލިޔުންތައް ވަނީ މުޅިޤައުމަށް އާންމުކުރައްވާފައެވެ. އަދި މިއަދާ ހަމައަށް ވެސް އެމައްސަލާގެ ލިޔުންތައް އެބޭފުޅަކަށް ލިބުނު ގޮތުގެ ފުރިހަމަ ތަޙްޤީގެއް ހިންގަވާ އެކަން ނުބެލި އުޅެނިކޮން އަނެއްކާވެސް ހަމަ އެ އިދިކޮޅު ޕާޓީގެ ނާއިބު ޒަޢީމަކަށާއި އިދިކޮޅު ޕާޓީ ގެ ރައްޔިތުުންގެ މަޖިލީހުގެ މެންބަރެއްގެ ގެއަށް ލިޔުމެއް ނުވަތަ ސިޓީއެއް ލިބިގެން އަނެއްކާވެސް ސިޔާސީ ބޮޑުކުޅިގަނޑެއް ކުޅުމަށް ތައްޔާރުވަމުންދަނީ ކަމުގައި ދަންނަވަމެވެ.

މޯލްޑިވްސް ނޭޝަނަލް ޑިފެންސްފޯސް އާއި މޯލްޑިވްސް ޕޮލިސް ސާރވިސް އަކީ ރައްޔިތުންގެ މަޖިލީހުގެ " ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމެޓީ " ގެ މެއިންޑޭޓްގައި ހިމެނޭ ދެ މުއައްސަސާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދުގެ 103 ވަނަ މާއްދާއަށް ޙަވާލާދީ އެ ޤަވާއިދުގެ ޖަދުވަލު 2 ގައި ބަޔާންކޮށްފައިވާ ހިނދު ޤައުމީ ސަލާމަތުކޮމެޓީން އެ ދެ މުއަށްސަސާގައި ހިމެނޭ އިންޓަލިޖެންސުން ހާޒިރުކުރުވުމަށް ނިންމާފައިވަނީ ކަނޑައެޅިގެން މަޖިލީހުގެ ޤަވާއިދާއި ޚިލާފަށް ކަމުން މިފަދަ ޤާނޫނާއި ޤަވާއިދާއި ޚިލާފަށް ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީއަކުން ނިންމާ ނިންމުމަކަށް މުޅި ދަޢުލަތުގެ ހިމާޔަތާއި ރައްކާތެރިކަމާ ގުޅޭ ސިއްރު މަޢުލޫމާތު ދެއްވުމަކީ އެއްގަޮތަކަށް ވެސް ކުރައްވައިގެން ވާނެކަމެއް ކަމަށް ނުވާތީއާއި އަދި އެފަދަ މައްސލައެއް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުނުކަމުގައި ވިއަސް އެމައްސަލައެއް ދިރާސާކޮށް ކަމުގެ ހަޤީގަތް ހޯދާ ދިރާސާ ކޮށް ބެލުމަށްޓަކައި އެކަންކަން ކުރައްވަން ޖެހޭނީ ސީދާ ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ ތެރެއިން ޕުރޮފެޝަނަލް މަސައްކަތެއްގެ ގޮތުގައި އެކަން ދިރާސާ ކުރުމަށް ފަހު އެކަމާ ގުޅޭގޮތުން މަޖިލީހަށް ނުވަތަ މަޖިލީހުގެ ކަމާގުޅޭ ކޮމެޓީއަކަށް ރިޕޯޓެއް ހުށަހެޅިދާނެކަމުގައި ދެކޭ ވާހަކަ ދަންނަވަމެވެ.

ވީމާ ، ދަންނަވަމެވެ. އިސްވެ ދަންނަވާލި މައްސަލަތަކާމެދު ރައީސުލްޖުމްޙޫރިއްޔާގެ ހައިސިއްޔަތުންނާއި އަދި ސިފައިންގެ ވެރިޔާގެ ހައިސިއްޔަތުން ޤައުމާއި ރައްޔިތުންގެ ދިފާޢުގައި ކުރައްވަންޖެހޭ ކަންކަން ކުރެއްވުމުގައި ދިވެހިރާއްޖޭގެ ޖުމްޙޫރިއްޔާގެ ޤާނޫނުއަސާސީ އާއި ޤާނޫނު ތަކާއި ޚިލާފަށް ރައްޔިތުންގެ މަޖިލީހުން ނުވަތަ އެމަޖިލީހުގެ ކޮމެޓީތަކުން އަންގާ ޣައިރު ޤާނޫނީ އަމުރުތަކަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް އާއި މޯލްޑިވްސް ޕޮލިސް ސާރވިސް އިން ބޯލަބައި ކިޔަމަތްވެ ނުގަތުމަށާއި ޤައުމީ ދިފާއާއި ޤައުމީ ސަލާމަތާބެހޭ އެފަދަ މައްސަލަތައް އުފަންވެގެން އަންނަ


ގޮތްތަކާއި އެތަކެތި ލިބޭމީހުންނަށް އެތަކެތި އަދި އެމަޢުލޫމާތު ލިބިފައިވާ ގޮތުގެ ފުރިހަމަ ތަހުޤީގެއް ހިންގުމަށް ޤައުމާއި ރައްޔިތުންގެ ދިފާޢުގައި އިލްތިމާޞް ކުރަމެވެ.
24 އޯގަސްޓް 2010

އަލްމުޚްލިޞް

މުޙައްމަދު މުސްތަފާ
ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެންބަރު


ރައީސުލްޖުމްޙޫރިއްޔާ އަލްފާޟިލް މުޙައްމަދު ނަޝީދު
ރައީސުލްޖުމްޙޫރިއްޔާގެ އޮފީސް
މާލެ، ދިވެހިރާއްޖެ
ކޮޕީ: ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޝާހިދު

Home

 

 

 


Khassa Majilis Web

Haveeru Daily
Aafathis
Miadhu
Jazeera.mv
Haama.com
Minivan Radio
DO Web

Minivan News
Minivan Daily

OTHER NEWS

Majilis.Gov
HRCM Web
President's Office
Maldives Web
MSN
CNN
BBC
Amnesty.org
Directory

M.D.P Web
Maldives Culture
kavaasaa.com

2004 - 2010 Sameer
Email:majlisa10@gmail.com
Site created by: Sameer