Ahmed Sameer -
Sign My Guest Book
View My Guest Book
Video Interview and
Messages & News
ތިންބާރު ވަކިކޮށްފައިވާ ރިޔާސީ ނިޒާމެއްގައި، ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތަކުގެ ތެރެއަށް ސިޔާސީ މަޤުޞަދެއް ޙާސިލުކުރުމަށް، ސަރުކާރުގެ މަސައްކަތުގެ މަސްޢުލިއްޔަތު ތައް ވައްދަން މަސައްކަތްކުރަމުން ދާކަމީ މިއަދު ހިތާމަކުރަން ޖެހޭކަމެއް . ސަމީރު

 

މިނިވަން މުއައްސަސާތަކުގެ ކޮމެޓީއަށް ޚާޒިރުވުމަށް ޖުޑީޝަލް ސާރވިސަސް ކޮމިޝަނަށް އަންގާ ބޭއްވުމަށް އެޖެންޑާކުރި ދެޖަލްސާ ވެސް ކެންސަލްކޮށްފި

މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމެޓީއަށް ޖުޑީޝަލް ސާރވިސަސް ކޮމިޝަން ހާޒިރު ވުމަށް އަންގަވާ ކޮމެޓީން އެޖެންޑާކުރި ދެ ޖަލްސާވެސް ކެންސަލް ކުރިކަން މަޖިލީހުގެ އިދާރާއިން ވަރަށް ޒިންމާދާރުކަން ކުޑަ ގޮތެއްގައި އެއްވެސް ސަބަބެއް ބަޔާންނުކޮށް ކޮމެޓީގެ މެންބަރުންނަށް އެސް އެމް އެސް އަކުން މަޖިލީހުގެ އިދާރާއިން އެންގެވިއިރު ޖަލްސާ ކެންސަލްކުރި ސަބަބު ބަޔާންކޮށްފައެއް ނުވެއެވެ

ކޮމެޓީގެ ޖަލްސާ ކެންސަލްކުރީ ކޮމެޓީގެ އެންގުމަށް އިހްތިރާމް ނުކޮށް އެ އެންގުމާ އެއްގޮތަށް ޖުޑީޝަލް ސާރވިސަސް ކޮމިޝަން މަޖިލީހަށް ހާޒިރު ނުވާނަމަ، އެކަމުގައި އަޅަންޖެހޭ ފިޔަވަޅު އެޅުމަކީ މަޖިލީހުގެ މިނިވަން މުއައްސަސާ ތަކުގެ ކޮމެޓީގެ މައްޗަށް ލާޒިމުވާނެ ކަމެކެވެ

ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީ ވާން ނުޖެހޭނެ އެއްވެސް ފަރާތެއް މި ދިވެހި ޤައުމުގައި ނުވާނެކަން ޤާނޫނުއަސާސީގެ 99 ވަނަ މައްދާ ގެ (ހ) ގައި ކޮންމެ މީހަކަށްމެ، ރައްޔިތުންގެ މަޖިލީހަށް ނުވަތަ އެމަޖިލީހުގެ ކޮމެޓީއަކަށް ހާޒިރުވެ، އެމަޖިލީހުން ކަނޑައަޅާ ގޮތެއްގެމަތީން ހެކިބަސް ދިނުމަށާއި ރައްޔިތުންގެ މަޖިލީހުން ބޭނުންވާ ކޮންމެ ލިޔުމެއް ހުށަހެޅުމަށް އެންގުން. މި މާއްދާގައި ބަޔާންވެގެންވާ ފަދައިން ރައްޔިތުންގެ މަޖިލީހުން ކޮންމެ މީހަކާކުރާ ކޮންމެ ސުވާލަކަށްމެ އެ މީހަކަށް އެނގިހުރި އެންމެ ރަނގަޅަކަށް ތެދުބަހުން ޖަވާބުދޭންވާނެއެވެ މިގޮތަށް ބަޔާންކޮށްފައިވުން

އެހެންކަމުން މަޖިލީހުގެ ކޮމެޓީއަކަށް ޙާޒިރުވުމަށް އެއްވެސް ފަރާތަކަށް ނުވަތަ މުއައްސަސާއަކަށް އަންގައިފިނަމަ، އެކަމަކީ އެއްވެސް ގޮތަކުން ސަބަބުތަކެއް ދައްކާ ހާޒިރު ނުވުމުގެ ފުރުސަތެއް އޮތްކަމެއް ނޫނެވެ. މަޖިލީހުގެ ކޮމެޓީގެ މަސައްކަތް އިންތިހާއަށް ހުރިއިރު އެމަސައްކަތްތައް ނުކުރެވި ޖަލްސާތައް ނުބޭއްވި އެންމެ ދުވަހެއްވެސް ގެއްލުމަކީ ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތަކަށް އެޅޭ ވަރަށް ބޮޑު ހުރަހެއް ނޫންތޯއެވެ

 

Home

 

 

 


Khassa Majilis Web

Haveeru Daily
Aafathis
Miadhu
Jazeera.mv
Haama.com
Minivan Radio
DO Web

Minivan News
Minivan Daily

OTHER NEWS

Majilis.Gov
HRCM Web
President's Office
Maldives Web
MSN
CNN
BBC
Amnesty.org
Directory

M.D.P Web
Maldives Culture
kavaasaa.com

2004 - 2010 Sameer
Email:majlisa10@gmail.com
Site created by: Sameer