Live MSN
Download
Dhivehi Fonts
Sign My Guest Book
View My Guest Book
Video Interview and
Messages & News
:  
ތިންބާރު ވަކިކޮށްފައިވާ ރިޔާސީ ނިޒާމެއްގައި، ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތަކުގެ ތެރެއަށް ސިޔާސީ މަޤުޞަދެއް ޙާސިލުކުރުމަށް، ސަރުކާރުގެ މަސައްކަތުގެ މަސްޢުލިއްޔަތު ތައް ވައްދަން މަސައްކަތްކުރަމުން ދާކަމީ މިއަދު ހިތާމަކުރަން ޖެހޭކަމެއް . ސަމީރު

ޒަމާނީ ޓެކްނޮލެޖީ ގެ ބޭނުން ހިފުމުގައި ކޮންމެ މީހަކީ ވެސް ތިމާގެ އަމިއްލަ އިހުމާލަށް ފުރިަހަމައަށް ޒިންމާވާންޖެހޭނެ މީހެއް.

 

ރާއްޖޭގެ ޑިމަކްރަސީ މިވަނީ ތެދާ، ދޮގު ދެނެގަންނާނެ މެޝިނެއްގެ އެހީއަށް ބޭނުންވެފަ

 

ސަރުކާރަށް ހަމަލާއެއް ދޭންބުނާ މައްސަލާގައި ސަރުކާރު ވަރަށް ސީރިއަސް

 

އަމިއްލަ ފަރާތްތަކުން ކޯޓެއް އުފެއްދުމަކީ ޤަބޫލުކުރެއްވޭނެ ކަމެއްނޫން.. ސުޢޫދު

ރާއްޖޭގެ ސިޔާސީ މަސްރަޙް ފިނިކުރުމަށް ބޭރުގެ މެދުވެރިއެއްގެ އެހީހޯދުމަށް އެމެރިކާއިން ގޮވާލައިފ

 

ހއ.ދިއްދޫ ރައްޔިތުންގެ އުންމީދާ ގުޅިފައިވާ ދިއްދޫ ބިންހިއްކުމުގެ މަޝްރޫޢު ޢަމަލީ މަސައްކަތް ފެށުމުގެ އެންމެ ފަހުގެ މަރުހަލާ މިހާރު ކަޑަތުކުރަންފަށައިފި.

 

ޔަހޫދީންނާއި ގުޅުން ބަދިހިކޮށްފާނެކަމަށް ނުރުހުންފާޅުކުރި މީހުންނަށް އިސްލާމަކަށް އެހީތެރިވުންވެސް ކަމަކުނުދިޔަ: ޑރ. ޝަޙީދު

!ގާނޫނު އަސާސީއަށް ކިހާއަވަހަކަށް ކޮންކަހަލަ އިސްލާޙްތަކެއް އަންނާނެބާ

 

ކަރަންޓް ގެ އަގުބޮޑުވުމަކީ ކޮންމެ ރައްޔިތަކަށްމެ އެކަމުގެ ޚަރަދު ބޮޑުވެގެންދާނެކަމެއް.

ސަރުކާރުން ޔުޓިލިޓީ ކުންފުނިތައް އުފެއްދުމުގެ ބޭނުމަކީ ކަރަންޓުގެ އަގުބޮޑު ކުރުން ކަމުގައި ބަޔަކުދެކެނީ އަގުބޮޑުނުކޮށް ކަރަންޓުގެ ޚިދުމަތް ދިނުަމަށް އެކުންފުނިތަކުން މިހާތަނަށް ކުރަމުންދާ އެއްވެސް ކަމެއް ގެ އެދެވޭ ނަތީޖާއެއް ނުނެރޭވުނީމަކަމަށް ވެދާނެއެވެ.

 

 

އެމްޑީޕީ އަކީ ވަރަށް ޑިމަކްރެޓިކް ޕާޓީއެއް ކަން ޔަޤީނެވެ.

ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި، ތަފާތުކުރުންތައް ނެތް އެހެން މީހުންގެ ފިކުރާއި ޚިޔާލަށް އިހްތިރަމްކޮށް އެ ތަފާތުތައް ބަލައިގަންނަ ހަމައެކަނި ޕާޓީ އަކީ އެމްޑީޕީ ކަމުގައި ބުނެވޭނެ ތަފާތު ގިނަ ސަބަބުތައް އެބަހުއްޓެވެ. އެއީ ދުރާއި ގާތުން ވެސް ފެންނަންހުރި ރީތި މިސާލުތަކުން ކަމުގައި ޤަބޫލުކުރަން ޖެހެއެވެ.

އެންމެ އިޚްލާސްތެރީ ރީނޑޫ ކުލައިގެ މާރީތި މާތޯއެވެ؟ ނޫނީ އިޚްލާސްތެރިކަންމަތީ ތާއަބަދަށް ސޯލިހުކަންމަތީ ހުންނަ އެންމެންގެ އިޚްތިރާމް ހާސިލް ކޮށްފައިވާ ހިންނަ ފިނޮޅުތޯއެވެ؟ މިސުވާލުތަކަށް ޖަވާބެއް ބޭނުންވަނީ ޕާޓީގެ މެންބަރުންގެ ކިބައިން ކަމުގައި ވިއަސް އަދި މަޖިލީހަކުން ކަމުގައި ވިއަސް ޔަޤީންވާ ޔަޤީންވުމަކީ ކާމިޔާބު ލިބޭނީ ބޮޑާނުހާކާ އެހެންމީހުންގެ ޚިޔާލާތަށާއި، ތަފާތު ފިކުރަށް އިޚްތިރާމް ކުރަންދަންނަ ފަރާތަކަށް ކަން ޔަޤީނެވެ

ދިވެހި ޤައުމަށް ޑިމަކްރަސީ ގެނައުމަށްޓަކައި ޤުރުބާންވި ޤައުމީ ބަތަލަކަށް މިޤައުމު ފަޚުރުވެރިވި ކަމުގެ އެއް ރަމުޒަކީ މިއަދުގެ ވަލިއްޔުލް ޢަމުރު ގެ މަޤާމު ރައްޔިތުން އެބޭފުޅަކާ ހަވާލުކުރި ހަވާލުކުރުން ކަމުގައި ވީހިނދު، ބަދަލުހިފުމެއްނެތި އަނިޔާވެރިންނަށް މަޢާފްކުރުންމަތީ އެމީހުންނާ އެކު މިއަދުވެސް ވަގުތުތައް ހޭދަކޮށް އެމީހުންގޮވައިގެން އުޅެމުންދާ ރީތި ނަމޫނާ މިސާލުނޫންތޯއެވެ. މިކަމުން ލިބެންވީ ފިލާވަޅުން މިއަދު ހާސިލް ކުރަންވީ ޢިބުރަތަކީ ކޮބާތޯއެވެ؟ ބުރަ މަސައްކަތުން އެތަކެއް އަނިޔާއާއި ވޭންދެނިވި ގިނަގުނަ ދުވަސްތަކުގެ އަނިޔާގެ ތަދުގެ އިހްސާސް ތައް މއަދުވެސް އިހްސާސްކުރެވޭނެކަން ޔަޤީނެވެ.

ކޮންމެ މީހަކީ ވެސް އެމީހެއްގެ އަމިއްލަ މިނިވަންކަމާއި އަމިއްލަވަންތަ ގޮތް ހުންނާނެ މީހެކަށް ވާއިރު ޑިމަކްރަޝީގެ އެންމެ ރީވެތި މިސާލަކީ މައިނޯރިޓީގެ ހައްޤުތަކަށް އިހްތިރާމްކޮށް މެޖޯރިޓީއަށް ތަބާވުން ކަމުގައިވާއިރު، ޥޯޓެއްގެ ކުރިމަތީގައި ކޮންމެ މީހަކީ ވެސް އެއްވޯޓު ކަމުގައި ވާއިރު އެކެއްގެ ވޯޓަކީ އެހެން ހުރިހާ އެންމެންނަށްވުރެ އަގުބޮޑު މުހިންމު ވޯޓަކަށް ވާންޖެހޭ ސަބަބެއް އޮންނަންވާނެތާއެވެ.

ތިމާއަށް އެހެންމީހުން ކުރާ އިހްތިރާމާއި ލޯތްބާއި އިތުބާރު ތިމާ ބުނާހާ މީހަކަށް އަދި ތިމާ ދޭންބޭނުންވާ މީހަކަށް ނުދީފާނެއެވެ. އެހެނެއް ކަމަކު އެއްވެސް ހާލެއްގައި ތިމާއަށް އެހެންމީހުން ކުރާއިތުބާރާއި ލޯތްބާއި ގަދަރު ނެތީކަމުގައި ބަލައިފިނަމަ، އެކަމަކީ ވަރަށް ޑިމަކްރެޓިކް އުސޫލުތަކާއި ވަރަށް ޚިލާފުކަމަކަށް ނޫނީ ނުވާނެ ނޡޫންތޯއެވެ.

ފަޅުވެރިން ކިތަންމެ މޮޅަސް ކެޔޮޅު ގެ ކަންފުޅެއް ނެތިއްޔާ ދެންވާނެ ގޮތަކީ އޮޑި ބެހިގެންދާ ފަހަރުވެސް މަދުން ނަމަވެސް އަންނާނެކަން ޔަޤީންކުރައްވާށެވެ. އަދިވެސް ފަޅުވެރިންގެ އިތުބާރާއި ލޯބި އޮޑިވެރިމީހާއަށް ކުޑަވެސް ލޮޅުމެއްނެތި އޮތްކަމުގައި ޔަޤީންކުރެއްވުން ކީއްތޯއެވެ. މީ އަޅުގަޑުގެ ޚިޔާލެވެ. މިޚިޔާލަށް ތިޔަބޭފުޅުން ތާޢީދު ކުރެއްވުން ލާޒިމެއްނޫނެވެ. އެހެނަސް އިހްތިރާމް ގެއްލުވާނުލައްވާށެވެ.

About this website

Khassa Majilis Web
Haveeru Daily
Aafathis
Miadhu
Jazeera.mv
Haama.com
Minivan Radio
DO Web
Minivan News
Minivan Daily

OTHER NEWS

Majilis.Gov
HRCM Web
President's Office
Maldives Web
MSN
CNN
BBC
Amnesty.org
Directory

M.D.P Web
Maldives Culture
kavaasaa.com
Thasmeen.org

2004 - 2011 Sameer
Email:majlisa10@gmail.com
Site created by: Sameer