$fp = fopen('counter/counter.txt','r');
$count = (int)(fgets($fp));
fclose($fp);
$fp = fopen('counter/counter.txt','w');
$counter = $count + 20;
fputs($fp,$counter);
fclose($fp);
?>
|
|||||
| |
|||||
|
|
ރައްޔިތުންގެ މަޖިލީހުގެ ރައީސާ
ނާއިބު ރައީސަކީ ރައީސުލްޖުމްޙޫރިއްޔާ އާއި ރައީސުލްޖުމުޙޫރިއްޔާގެ ނާއިބުގެ
ފެންވަރު ބޭފުޅުންކަމުގައި ހަމަޖައްސަވަން ބޭނުންވުމުން މަޖިލީހުގެ މެޖޯރިޓީ
ލީޑަރާއި، މަޖިލީހުގެ މައިނޯރިޓީ ލީޑަރަކީ ވަޒީރުންގެ ފެންވަރުގެ 2 ބޭފުޅުން
ކަމުގައި 2010 ވަނަ އަހަރުގެ 2 ވަނަ ދަޢުރުގެ 4 ވަނަ ޖަލްސާގައި ރައްޔިތުންގެ
މަޖިލީހުގެ ރައީސް އިޢުލާން ކުރައްވައިފި. ދިވެހިރާއްޖޭގެ ޖުމްޙޫރިއްޔާގެ ޤާނޫނުއަސާސީގެ
102 ވަނަ މާއްދާއާއި ޚިލާފަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުﷲ ޝާހިދު
އިޢުލާނުކުރި ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރާއި، މައިނޯރިޓީ ލީޑަރަކީ
ދަޢުލަތުގެ ވަޒީރުނަގެ ފެންވަރުގެ ބޭފުޅުން ކަމުގައި އިޢުލާން ކުރެއްވި ކުރެއްވުމަކީ
މަޖިލީހުގެ މެންބަރުންނާ މެދު ކުރެއްވި ވަރަށްބޮޑު ނާއިންސާފު ނިންމެވުމެކެވެ
މިފަދަ ނިންމެވުމެއް މަޖިލީހަށް ހުށަނާޅާ މަޖިލީހުން ފާސް ނުކޮށް ނިންމުމުގެ
އެއްވެސް ބާރެއް މަޖިލީހުގެ ރައީސަކަށް ލިބިގެން ނުވެއެވެ ގެ މަޖިލީހުގެ މެންބަރުންނަކީ ރައްޔިތުންގެ
މަޖިލީހުގެ މެންބަރުންގެ ތާޢީދު ލިބިގެންނޫނީ އެމަޤާމަށް ރައީސުލްޖުމްޙޫރިއްޔާ
އަށް އައްޔަނު ނުކުރެވޭނެ ބަޔަކަށްވާއިރު ރައްޔިތުނަގެ މަޖިލީހަކީ ސަރުކާރާއި
ރައީސުލްޖުމްޙޫރިއްޔާ އަދި ވަޒީރުންގެ މަޖިލީހުގެ މެންބަރުން ޒިންމާދާރުކުރުވަން
ރައްޔިތުން އިންތިހާބު ކޮށްފައިވާ ބަޔަކަށް ވާއިރު މަޖިލީހުގެ މެންބަރުންނަކީ
ނުވަތަ މަޖިލީހުގެ މެންބަރުންގެ ތެރެއިން ވަކިބަޔަކީ ވަޒީރުންގެ ފެންވަރުގެ
ބައެއްކަމަށާއި އަނެއްބައި މެންބަރުންނަކީ އެހެން ފެންވަރެއްގެ ބައެއްގެ
ގޮތުގައި ކަނޑައެޅުމުގެ އެއްވެސް ހައިސިއްޔަތެއް މަޖިލީހުގެ ރައީސަކަށް ވެސް
އަދި އެނޫން ބޭފުޅަކަށް ވެސް ލިބިގެނެއް ނުވެއެވެ މަޖިލީހުގެ ރައީސާއި ނާއިބު ރައީސަކީ
މަޖިލީހުގެ މެންބަރުންގެ ސިއްރުވޯޓަކުން އިންތިހާބުކޮށްފައިވާ ދެމަޤާމު ކަމަށް
ވާތީވެ، އެމަޤާމުތަކަށް މަޖިލީހުން ކަނޑައަޅާ އިނާޔަތްތައް ދިންކަމުގައި
ވިނަމަވެސް އަދި އެ ދެމަޤާމަކީ ކޮން ފެންވަރެއްގެ ދެމަޤާމެއްކަން މަޖިލީހުންނާއި
ޤާނޫނުއަސާސީން ކަނޑަ އަޅާފައި ނުވިނަމަވެސް ރައްޔިތުންގެ މަޖިލީހަކީ ޤާނޫނުއަސާސީން
ދަޢުލަތުގެ އެއްބާރުކަން ކަނޑައަޅާފައި ވުމުން މަޖިލީހުގެ ރައީސަށް ދަޢުލަތުގެ
އެހެންބާރުތަކުގެ އެންމެ އިސްވެރިޔާއަށް ލިބިދޭ އުޞޫލުން މަޖިލީހުގެ ސިޔާސީ
ޕާޓީ ތަކުގެ ތެރެއިން ދެޕާޓީއެއްގެ ލީޑަރަކަށް ހުރި މަޖިލީހުގެ ދެމެންބަރުންނަކީ
ވަޒީރުންގެ ފެންވަރު ދެބޭފުޅުންގެ ގޮތުގައި ކަނޑައެޅުއްވައި މަޖިލީހުގެ އެހެން
މެންބަރުންނަކީ އެމެންބަރުން އިންތިހާބުކުރި ރައްޔިތުންގެ ކުރިމަތީގައި ތަފާތު
ދަރަޖައެއްގެ ބައެއްގެ ގޮތުގައި ކަނޑައެޅި ކަނޑައެޅުމަކީ އެމެންބަރުން އިންތިޚާބުކުރި
ރައްޔިތުންނާމެދު މަޖިލީހުގެ ރައީސް ކުރެއްވި ވަރަށް ބޮޑު އިހާނާތްތެރި ނިންމުމެއް
ކަމުގައި މަޖިލީހުގެ މެންބަރުންވަނީ ފާހަގަކުރައްވަމުންނެވެ |
|
|||