|
ދަޢުލަތުގެ މާލިއްޔަތުގެ ޤާނޫނު އަނަދަވަޅަކަށް
ދަޢުލަތެއް ފުރާ ފުރިހަމަވަނީ ރައްޔިތުންނަށް ބޭނުންވާ ފުރިހަމަ ޚިދުމަތްތަކެއް
ދެވޭނޭ ގޮތަަށް ދަޢުލަތުގެ ތިންބާރުން ވެސް ޢަމަލުކުރުމުން ކަމަށްވާއިރު،
ސަރުކާރުން ރައްޔިތުންނަށް ވެފައިވާ ވަޢުދުތައް ނުފުއްދޭނެ ގޮތަކަށް، އަދި
ސަރުކާރުން ރައްޔިތުންނަށް ދޭންޖެހޭ ޚިދުމަތްތައް ރައްޔިތުންގެ މަޖިލީސް
މެދުވެރިނުކޮށް ނުކުރެވޭނެ ގޮތަކަށް ސިޔާސީ ގޮތުން މާލިއްޔަތުގެ ޤާނޫނު ފާސްވެގެން
ދިޔަކަމާމެދު ނުހަނު ކަންބޮޑުވާންޖެހެއެވެ.
މިހާލަތަށް ޤައުމުގެ ކަންކަން ދާންޖެހުނު ސަބަބާމެދު މިފަދަ ވަގުތެއްގައި
ވިސްނާލުމަކީ ވެސް ކުރަންޖެހޭނެ ކަމެއް ކަމުގައި ދެކޭހިނދު، ފެންނަން ހުރި
ހަޤީގަތަކީ ސަރުކާރުން ކަންކަން ކުރަމުން ގެންދާ ގޮތްތަކާމެދު ގިނަ ސުވާލުތަކެއް
އުފެދޭނެގޮަތަށް ކަންކަން ކުރަމުން ދާކަމުގައި ބުނެ ތުހުމަތުގެ އިނގިލި ދިއްކުރަމުންދާ
ސިޔާސީ ފަރާތްތަކުގެ އެސުވާލުތަކަށް އެދެވޭ ސާފު ޖަވާބެއް ސަރުކާރުގެ ޒިންމާދާރު
ވެރިންގެ އިހުމާލުން ކަމުގައި ވެދާނެއެވެ
|