Live MSN
Download
Dhivehi Fonts
Sign My Guest Book
View My Guest Book
Video Interview and
Messages & News
:  
ތިންބާރު ވަކިކޮށްފައިވާ ރިޔާސީ ނިޒާމެއްގައި، ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތަކުގެ ތެރެއަށް ސިޔާސީ މަޤުޞަދެއް ޙާސިލުކުރުމަށް، ސަރުކާރުގެ މަސައްކަތުގެ މަސްޢުލިއްޔަތު ތައް ވައްދަން މަސައްކަތްކުރަމުން ދާކަމީ މިއަދު ހިތާމަކުރަން ޖެހޭކަމެއް . ސަމީރު

ޒަމާނީ ޓެކްނޮލެޖީ ގެ ބޭނުން ހިފުމުގައި ކޮންމެ މީހަކީ ވެސް ތިމާގެ އަމިއްލަ އިހުމާލަށް ފުރިަހަމައަށް ޒިންމާވާންޖެހޭނެ މީހެއް.

 

ރާއްޖޭގެ ޑިމަކްރަސީ މިވަނީ ތެދާ، ދޮގު ދެނެގަންނާނެ މެޝިނެއްގެ އެހީއަށް ބޭނުންވެފަ

 

ސަރުކާރަށް ހަމަލާއެއް ދޭންބުނާ މައްސަލާގައި ސަރުކާރު ވަރަށް ސީރިއަސް

 

އަމިއްލަ ފަރާތްތަކުން ކޯޓެއް އުފެއްދުމަކީ ޤަބޫލުކުރެއްވޭނެ ކަމެއްނޫން.. ސުޢޫދު

ރާއްޖޭގެ ސިޔާސީ މަސްރަޙް ފިނިކުރުމަށް ބޭރުގެ މެދުވެރިއެއްގެ އެހީހޯދުމަށް އެމެރިކާއިން ގޮވާލައިފ

 

ހއ.ދިއްދޫ ރައްޔިތުންގެ އުންމީދާ ގުޅިފައިވާ ދިއްދޫ ބިންހިއްކުމުގެ މަޝްރޫޢު ޢަމަލީ މަސައްކަތް ފެށުމުގެ އެންމެ ފަހުގެ މަރުހަލާ މިހާރު ކަޑަތުކުރަންފަށައިފި.

 

ޔަހޫދީންނާއި ގުޅުން ބަދިހިކޮށްފާނެކަމަށް ނުރުހުންފާޅުކުރި މީހުންނަށް އިސްލާމަކަށް އެހީތެރިވުންވެސް ކަމަކުނުދިޔަ: ޑރ. ޝަޙީދު

!ގާނޫނު އަސާސީއަށް ކިހާއަވަހަކަށް ކޮންކަހަލަ އިސްލާޙްތަކެއް އަންނާނެބާ

 

ކަރަންޓް ގެ އަގުބޮޑުވުމަކީ ކޮންމެ ރައްޔިތަކަށްމެ އެކަމުގެ ޚަރަދު ބޮޑުވެގެންދާނެކަމެއް.

ސަރުކާރުން ޔުޓިލިޓީ ކުންފުނިތައް އުފެއްދުމުގެ ބޭނުމަކީ ކަރަންޓުގެ އަގުބޮޑު ކުރުން ކަމުގައި ބަޔަކުދެކެނީ އަގުބޮޑުނުކޮށް ކަރަންޓުގެ ޚިދުމަތް ދިނުަމަށް އެކުންފުނިތަކުން މިހާތަނަށް ކުރަމުންދާ އެއްވެސް ކަމެއް ގެ އެދެވޭ ނަތީޖާއެއް ނުނެރޭވުނީމަކަމަށް ވެދާނެއެވެ.

 

 

ރާއްޖޭގެ ޑިމަކްރަސީ މިވަނީ ތެދާ، ދޮގު ދެނެގަންނާނެ މެޝިނެއްގެ އެހީއަށް ބޭނުންވެފަ


ރާއްޖެއަށް ޒަމާނީ ޑިމަކްރަސީ އެއް ގެނައުމަށް ބޭނުންވެގެން ބަދަލަކަށް އެންމެން ނިކުމެގެން ކުޅަ ބުރަމަސައްކަތުން ދިވެހިން މިވަނީ ރާއްޖޭގައި އެކަކު 30 އަހަރު ދުވަހު ކުޅަ ވެރިކަން ބަދަލުކޮށް އިސްލާޙުކުރި ޤާނޫނުއަސާސީ ގެ ދަށުން ބޭއްވި ފުރަތަމަ ރިޔާސީ އިންތިހާބު ގައި އެބަލު ރައްޔިތުންގެ ބާރުގައި ގެނެސްދީ ވެރިކަން ރަނގަޅުގޮތުގައި ކުރާނެ މީހަކަށް އެކަން ހަވާލުކޮށްފައެވެ.


ރައްޔިތުން ބަދަލުކުރި ވެރިކަމުގެ ތެރެއިން ރައްޔިތުންނަށް ލިބެންޖެހޭ ޙައްޤުތައް ހޯދައިދިނުމަށް ކުރާ މަސައްކަތުގައި މިއަދު ފެނިގެން މިދަނީ އެއްބަޔަކު އަނެއްބަޔަކާ ދިމާއަށް އިނގިލި ދިއްކޮށް އެއްފަރާތުން އަނެއްފަރާތުގެ މީހުންގެ ބޮލުގައި ތުހުމަތުތައް އަޅުވަމުންދާ މަންޒަރެވެ. ޤަބޫލުކުރަންވެސް ނުކުރަންވެސް ތިބީ ހަމަ ދިވެހި ރައްޔިތުންނެއް ނޫންތޯއެވެ؟ ދޮގުހަދައިގެން ވާހަކަދައްކަނީ ސަރުކާރުން ކަމެއް ނުވަތަ ދޮގުހަދައިގެން ވާހަކަ ދައްކަނީ އިދިކޮޅު ޕާޓީ ތަކުން ކަމެއް ، ހަމަ އިނގޭ އެއްކަމެއްވެސް ވެރިކަން ބަދުކުރި ރައްޔިތުންނަކަށްވެސް އަދި ވެރިކަން ބަދަލުކުރުމާ ދެކޮޅަށް ތިބި ރައްޔިތުންނަކަށް ވެސް އެނގޭ ހަމަ އެކައްޗެއްވެސް ނެތެއް ނޫންތޯއެވެ


އެމްޑީޕީ މިހަކުނަމަ ބުނާނީ ސަރުކާރަށް އެއްބާރުލުން ނުދެނީ އިދިކޮޅުފަރާތްތަކޭ ޑީއާރުޕީއާއި އެ ޕާޓީގެ އިއްތިހާދަށް ތާޢީދުކުރާ ފަރާތަކުންނަމަ ބުނާނީ ސަރުކާރު ހިންގާ އެމްޑީޕީ ން އެއްބާރުލުން ނުދެނީ ކަމަށްވަނަމަ، ދެން މިކަމުގައި ރައްޔިތުން ނިންމާނެގޮތެއް އަދި ރައްޔިތުން ތެދު ދޮގު ޤަބޫލުކުރާ ގޮތް އަނގައިދޭނީ އަނެއްކާވެސް ފަސް އަހަރުފަހުން އަންނަ ރިޔާސީ އިންތިހާބެއްގައި ނިންމާ ނިންމުމަކުން ކަމުގައިވާނަމަ، އެއިންތިޒާރުގެ ނިމުން ވެގެންދާނީ ކިހިނެއްބާވައެވެ.
ހަޤީގަތް އަޑުއެހުމަކީ ވެސް އަދި ހަޖަމު ކުރުމަކީ ވެސް ދަތި އުނދަގޫ ކަމަކަށް ވެސް ވެދާނެތާއެވެ؟ އެހެނަސް ހަމަ ޖެހޭނީ ކޮންމެވެސް ދުވަހަކުން އެކަންކަމާ ކުރިމަތިލާން ނޫންތޯއެވެ؟ މިފަދަ ޤައުމީ މައްސަލަ ތަކުގައި އެއްފަރާތަކުންވެސް ކަމެއް ފޮރުވައިގެން ރައްޔިތުންނަށް ކުޑަ ނަމަވެސް ކަމެއް އޮޅުވާލައިފިނަމަ އޭގެ ނަތީޖާ ސަރުކާރަށް ވެސް އަދި އިދިކޮޅު ފަރާތްތަކަށް ވެސް ދަތިތަކާ ކުރިަމަތިނުވާނެ ކަމުގައި ހީކޮށްގެނެއް ނުވާނެއެވެ


މިއަދު ސަފުގެ ކުރީގައި ތިބި ބަޔަކު މާދަމާ ރައްޔިތުން ސަފުގެ ފަހަތައް ލާފިނަމަ އެކަންވެސް ޖެހޭނީ ޤަބޫލުކުރާށެވެ ހަމައެފަދއިން މިއަދު ސަފުގެ ފަހަތުގައި ތިބެ ރައްޔިތުންނަށް އެއްބާރުލުން ނުދީ ތިބެފައި އެމީހުން ސަފުގެ ކުރިއަށް ލާފައި މަޖިލީހުގެ މެޖޯރިޓީ ސަފުގެ ފަހަތަށް ރައްޔިތުން ދީފި ނަމަ އަނެއްކާވެސް މިއަދު މިދިމާވަމުންދާ ހާލަތު އަލުން ތަކުރާރު ވަމުންދާނެކަން ދަންނަންވާނެނޫންތޯއެވެ. ހުރިހާ އެންމެންވެސް ސަރުކާރާއި ޕާޓީތައް ރައްޔިތުންގެ މަޖިލިސް އަދުލު އިންސާފުން ވެސް މަސައްކަތް ކުރަނީ ހަމަ އެއްކަމެއް ހާސިލުކުރަން ކަމަށްވާނަމަ، ރައްޔިތުންގެ ޙައްގުގައި މަސައްކަތް ކުރަމުންދާ ބަޔަކު ހަދާ ތެދާ، ދޮގު، ގެ ހަޤީގަތަކީ ކޮބާކަން މިއަދު ނުބަލާ މިރާއްޖޭގައި ފުރިހަމަ ޑިމަކްރަސީ ގެ ފޮނިކަން ރައްޔިތުންނަށް ލިބޭނެ ހަމަ އެއްގޮތެއްވެސް ދޮގުތެދު ބަލާ މެޝިނެއް ނެތި ވާކަށް ނެތެވެ

Powered by Disqus 

About this website

Khassa Majilis Web
Haveeru Daily
Aafathis
Miadhu
Jazeera.mv
Haama.com
Minivan Radio
DO Web
Minivan News
Minivan Daily

OTHER NEWS

Majilis.Gov
HRCM Web
President's Office
Maldives Web
MSN
CNN
BBC
Amnesty.org
Directory

M.D.P Web
Maldives Culture
kavaasaa.com
Thasmeen.org

2004 - 2011 Sameer
Email:majlisa10@gmail.com
Site created by: Sameer