|
|||||
| |
|||||
|
ރާއްޖޭގެ ޑިމަކްރަސީ މިވަނީ ތެދާ، ދޮގު ދެނެގަންނާނެ މެޝިނެއްގެ އެހީއަށް ބޭނުންވެފަ
ސަރުކާރަށް ހަމަލާއެއް ދޭންބުނާ މައްސަލާގައި ސަރުކާރު ވަރަށް ސީރިއަސް
އަމިއްލަ ފަރާތްތަކުން ކޯޓެއް އުފެއްދުމަކީ ޤަބޫލުކުރެއްވޭނެ ކަމެއްނޫން.. ސުޢޫދު ރާއްޖޭގެ ސިޔާސީ މަސްރަޙް ފިނިކުރުމަށް ބޭރުގެ މެދުވެރިއެއްގެ އެހީހޯދުމަށް އެމެރިކާއިން ގޮވާލައިފ
!ގާނޫނު އަސާސީއަށް ކިހާއަވަހަކަށް ކޮންކަހަލަ އިސްލާޙްތަކެއް އަންނާނެބާ
ކަރަންޓް ގެ އަގުބޮޑުވުމަކީ
ކޮންމެ ރައްޔިތަކަށްމެ އެކަމުގެ ޚަރަދު ބޮޑުވެގެންދާނެކަމެއް.
|
ހއ. ދިއްދޫގައި ކުޑަ އަންހެން ކުއްޖަކާ ގަދަ ކަމުން ބަދުއަހުލާގީ އަމަލު ހިންގި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހުން މިނިވަންކުރަން އެ ރަށުގައި ކުރާ މުޒާހަރާތައް ހޫނުވެ، އާންމުން، ފުލުހުންނާ ކުރިމަތިލައި ފުލުހުންނާއި އާންމުންނަށް އެކިވަރުގެ އަނިޔާތައް ލިބިއްޖެ އެވެ. ފުލުސް ސަބް އިންސްޕެކްޓާ އަހުމަދު ޝިޔާމް ވިދާޅުވީ ދިއްދޫ ކުޑަކުއްޖާގެ މައްސަލައިގައި ތުހުމަތަށް ހައްޔަރުކުރި މީހުން ދޫކޮށްލުމަށް ގޮވާލައި މިދިޔަ ހޯމަ ދުވަހުގެ ރޭ ދިއްދޫ ފުލުސް އޮފީސް ކައިރިއަށް ޖަމާވި މީހުންގެ ތެރެއިން މީހަކު ފުލުހުން ހައްޔަރުކުރުމުން މައްސަލަތައްކެއް އުފެދިފައިވާ ކަމަށެވެ. އަދި އެމީހާ ބަންދުގެ މުއްދަތަށް މިއަދު ހެނދުނު ކޯޓަށް ގެންދިއުމުން ކޯޓުން ބޭރުގައި ފުލުހުންނާ ކުރިމަތިލައި ދެ ބައި މީހުންނަށް ވެސް އެކިވަރުގެ ޒަހަމްތައް ލިބުނު ކަމަށެވެ. ޝިޔާމް ވިދާޅުވީ، ހައްޔަރު ކުރި މީހާގެ ބަންދުގެ މުއްދަތަށް 10 ދުވަސް ޖެހައިގެން މިއަދު ނެރުނު ވަގުތު ކޯޓް ކައިރީގައި ތިބި އާންމުން ފުލުހުންނާ ކުރިމަތިލައި ހަމަނުޖެހުމަކަށް ދިޔަ ކަމަށާއި އެ ކުރިމަތިލުންތަކުގައި ފުލުހެއްގެ އަނގަމަތި ފަޅާލައި ބައެއް ފުލުހުންގެ ޔުނިފޯމްތައް ވީދާލާފައިވާއިރު ދިއްދޫގެ ބައެއް އާންމުންނަށް ވެސް އެކިވަރުގެ އަނިޔާތައް ލިބުނު ކަމަށެވެ. ނަމަވެސް ސީރިއަސް ގެއްލުންތަކެއް މީހަކަށް ލިބިފައި ނުވާ ކަމަށް ޝިޔާމް ވިދާޅުވި އެވެ. ސަންއަށް އެނގިފައިވާ ގޮތުގައި މިއަދު ދިއްދޫގައި ފުލުހުންނާ އާންމުންނާ ދެމެދު ހިނގި ކުރިމަތިލުންތަކަށް ފަހު ބައެއް މީހުން ވެސް އެ ރަށުން ވަނީ ހައްޔަރުކޮށްފަ އެވެ. ބައެއް މީހުން ހައްޔަރު ކުރި ކަމަށް ފުލުހުން ވެސް ވަނީ ބުނެފަ އެވެ. ނަމަވެސް އެއީ ކިތައް މީހުން ކަމެއް ނުބުނެ އެވެ. ދިއްދޫން ވާހަކަ ދެއްކި މީހަކު ބުނީ މިއަދު ފުލުހުން އަށް މީހަކު ހައްޔަރުކޮށްގެން ހދ. ކުޅުދުއްފުށްޓަށް ގެންގޮސްފައިވާ ކަމަށާއި އެ މީހުން ގެންދިޔައީ ބިޑިއަޅައިގެން ކަމަށެވެ. އެ އެންމެން ދިއްދޫ ބަނދަރު މައްޗަށް ގެންދިޔައީ ބިންމަތީގައި ދަމާފައި ކަމަށް ވެސް އެމީހާ ބުންޏެވެ. ނަމަވެސް މިކަމާ ބެހޭ ގޮތުން ފުލުހުންގެ ބަހެއް ލިބޭ ގޮތެއް ނުވި އެވެ. ދިއްދޫގައި ފުލުހުންނާއި އާންމުންނާ ދެމެދު ހިނގި ހަމަނުޖެހުމާ ބެހޭ ގޮތުން ރަށުކައުންސިލްގެ އިދާރާގެ ފޯނުން ވާހަކަ ދެއްކި ކައުންސިލު މެންބަރެއް ކަމަށް ވިދާޅުވި ބޭފުޅަކު މައުލޫމާތު ދެއްވަމުން ވިދާޅުވީ މިއަދު ހިނގި އެ ހަމަނުޖެހުމަކީ އެރަށުން ފެންމަތިވި ބަދުއަހުލާގީ މައްސަލައާ ގުޅުން ހުރި ކަމެއް ނޫން ކަމަށެވެ. އެކަމާ ގުޅިގެން މީހަކު ހައްޔަރު ކުރަން ފުލުހުން ނޫޅޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ މިއަދު ބޮޑު ހަމަ ނުޖެހުމެއް ހިނގީ "ފުލުހުން ދިއްދޫގެ އާއްމުންނަށް އަނިޔާ ކުރާތީ" އެކަމާ ހިތްހަމަ ނުޖެހިގެން އާއްމުން ފުލުސް މަރުކަޒު ކައިރިއަށް އެއްވުމާ ގުޅިގެން ކަމަށެވެ. އޭނާ އަދި ވިދާޅުވީ "ދިއްދޫގައި ތިބޭ ފުލުހުން ސިޔާސީ ވެގެން މީހުންނަށް އަނިޔާ ކުރާތީ އެކަން ހޯމް މިނިސްޓްރީއަށް ވެސް އަންގާފައި،" ވާކަމަށެވެ. ރަށު ކައުންސިލުގެ މެންބަރު އެހެން ވިދާޅުވި
ނަމަވެސް ދިއްދޫން ވާހަކަ ދެއްކި އާއްމުންގެ ގިނަ ބަޔަކު ބުނީ އެމީހުން
ޕޮލިސް ސްޓޭޝަންގެ ކައިރިއަށް ދިޔައީ ކުޑަ އަންހެން ކުއްޖަކާމެދު ބަދުއަހުލާގީ
އަމަލު ހިންގި ކަމުގެ ކުށުގައި ހައްޔަރު ކުރި މީހުންގެ ތެރޭގައި ހިމެނޭ
18 އަހަރުން ދަށުގެ ދެ ކުދިން ދޫކުރުމަށް ގޮވާލަން ކަމަށެވެ.
|
Khassa Majilis Web
|
|||