ހއ.ދިއްދޫ ރައްޔިތުންގެ
އުންމީދާ ގުޅިފައިވާ ދިއްދޫ ބިންހިއްކުމުގެ މަޝްރޫޢު ޢަމަލީ މަސައްކަތް
ފެށުމުގެ އެންމެ ފަހުގެ މަރުހަލާ މިހާރު ކަޑަތުކުރަންފަށައިފި.
ދިއްދޫ ކުދިބޮޑު އެންމެންވެސް ހިތުގެ އަޑީން ހެޔޮހިތުން ޤަބޫލުކުރާނެ އެއްކަމަކީ
ދިއްދޫގެ ބިންހިއްކަން ފެށުމުގެ މިމަރުހަލާގައި ހިނގަމުންދާ ކަންތައްތައް
ފެނުމުން ދިއްދޫ ދެކެ ލޯބިވާ ކޮންމެ ޕާޓީއަކަށް ތާޢީދުކުރާ ރައްޔިތަކުމެ
ހެޔޮހިތުން އުފާކޮށް ރަށުގެ ކުރިއެރުމާއި ތަރައްޤީއަށް އެކުވެރިކަމާއި
ޤަޢުމީ ޖޯޝުގައި އެކަތިގަނޑަކަށްވެ މަސައްކަތް ކުރާނެކަމީ އެއްވެސް ޝައްކެއް
އޮތް ކަމެއްނޫނެވެ.
ދިއްދޫ ރައްޔިތުންގެ މުސްތަގުބަލާ ގުޅިފައިވާ މިމުހިންމު މަސައްކަތުގައި
ބައިވެރި ނުވާނެ އެކަކުވެސް ދިއްދުއަށް އުފަން ނުހުންނާނެކަން ޔަގީނެވެ.
ހަމައެފަދައިން މިސަރުކާރު ދިއްދޫ އާމެދު ބަހައްޓަވާ ގާތްކަމާއި ދިއްދޫ
ރައްޔިތުންނަށް ކޮށްދިނުމަށް ވަޢުދުވެފައިވާ ކަންކަން ކޮށްދޭނެކަމުގެ ޔަޤީންކަން
އޮތްކަމުގައި އަޅުގަޑު އަބަދުވެސ މިދަނީ ބުނަމުންނެވެ. އިރާދަކުރެއްވިއްޔާ
އެޔަޤީންކަމުގައި ދިއްދޫ ކުރިއެރުމަށް ހަމަ ނޭދޭނެ އެކަކުވެސް ދިއްދޫ ދަރިނަގެ
ތެރޭައި ނުހުންނާނެކަން ޔަޤީނެވެ.
ސިޔާސީ ފިކުރުގައި ބައެއްފަހަރު ވިސްނާނުލާ ދެއްކޭ ބައެއްކަހަލަ ވާހަކަތަކުން
ތިމާއަށް ލަދުން އުޅެންވެސް ޖެހިދާނެތާއެވެ؟ އެހެރަ އެހެރަ ކަންތައްތަކަކީ
މިއަދު ފަސްދީ ދޫކޮށްލާފައި ރަށުގެ ކުރިއެރުމަށް ފޫގަޅައިގެން ނިކުންނަންވީ
ވަގުތު ކަމުގައި ދެކި ކުރިން ދެކެވިފައި ހުރި ވާހަކަތަކުގައި މޫދުން ލޮނުކޮޅެއް
ހޯދާލަން ވެސް ބިންހިއްކީމަ ދާންމިޖެހެނީ ކަޅިދުއްފަރު ފަސްގަނޑާ ހަމަޔަށޭ
ބުނި މީހުންވެސް މިއަދު އެވާހަކަތައް ހަނދާން ނައްތާލައި މިމަޝްރޫޢު ކާމިޔާބު
ކުރުމަށް މަސައްކަތް ކުރަމާ ހިނގާށެވެ.
ސިޔާސީ ގޮތުން ދެފިކުރުގައި ތިބެ ދެކެވިފައިވާ ތަފާތު ވާހަކަތައް ހުރެދާނެއެވެ.
އެހެންނަމަވެސް އެވާހަކަ ތަކުގެ އަޅަކަށް ވެގެން ތިމާހުންނަ ހުރުން ދޫކޮށް
އެއްބަޔަކު އނެއްބަޔަކާ ދިމާކުރުން މިއަދު ހުއްޓާލައި ރަށުގެ ކުރިއެރުމަށް
މިސަރުކާރުން ހޯދާދިން ރަނުގެ ފުރުސަތުގެ ބޭނުން އެންމެ ހެޔޮގޮތުގައި ހިފުމުގެ
ވިސްނުން އިސްކުރަމާހެވެ.
ބިންހިއްކުމުގެ މަޝްރޫޢު ފެށޭއިރު ދެން އިރާދަކުރެއްވިއްޔާ އެންމެ އަވަހަށް
ފެށޭނެ ކަމުގައި ައޅުގަނޑަށް ބެލެވެނީ ދިއްދޫ ބިމުގެ ފެނުގެ ހާލަތު އެހާގޯސްވެފައިވާތީވެ،
ސަރުކާރުން ކޮންމެ ގެއަކަށް ވެސް ފެންއިސްކުރު ލައިދެވޭ ފެންވަރަށް ފެނުގެ
މަޝްރޫޢު ކުރިއަށް ގެންދިއުމަށް ކަމަށްވާތީވެ، މިހާާރުވެސް މަތިއުތުރު
ޔުޓިލިޓީ ކުންފުނިން އެގެންދަނީ އެކަމަށް މަސައަކަތްކުރަމުންނެވެ. އެމަޝްވަރާތަކުގެ
ބައެއްގައި އަޅުގަނޑަށް ވެސް ބައިވެރިވުމުގެ ފުރުޞަތެއް ލިބިފައި ވުމުން
އެކަމުގައިވެސް އަޅުގަނޑަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކޮށްދިނުމަކީ
އަޅުގަނޑަށް ލިބޭ ވަރަށްބޮޑު އުފަލެކެވެ.
މާޒީގައި ދިއްދޫ ގެ ތަރައްޤީއަށް ކޮށްފައިވާ ހުރިހާމަސަްކަތެއްގައި ދިއްދޫ
ކުދިބޮޑު އެންމެން ބައިވެރިވިފަދަ ރޫހަކާއި ޤައުމީ ޖޯސުގައި ބައިވެރިވެ
މި މަޝްރޫޢު ކާމިޔާބުކަމާއެކު ނިންމާލައި އެބިމުގެ ބޭނުން ހިފޭނޭ މަގު
ތަނަވަސްކުރަމާތޯއެވެ. މިމަޝްރޫޢު ގެ މަސައްކަތް ފެށުމުގެ ފުރުޞަތު ލިބިގެން
މިދިޔައީ ރާއްޖޭގެ ރައީސުލްޖުމްޙޫރިއްޔާ އަލްފާޟިލް މުޙައްމަދު ނަޝީދު
މިކަމަށް ހާއްސަ ަމާލުކަމެއް ދެއްވައިގެން ކަމަށްވެފައި، މިކަމާ ގުޅިގެން
ތަފާތު ވަގުތުތަކުގައި އެވާހަކަތައް ރައީސް ނަޝީދު އަރިހުގައި ދެންނެވި
މީހެއްގެ ހައިސިއްޔަތުންނާއި ދިއްދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ
މެންބަރުގެ ހައިސިއްޔަތުން އެމަނިކުފާނަށް ނުހަނު އިޚްލާސްތެރިކަމާއެކު
ދިއްދޫ ކުދިބޮޑު އެންމެހާ ރައްޔިތުންގެ ނަމުގައި ޝުކުރު ދަންނަވަމެވެ.