|
|
ޒަމާނީ ޓެކްނޮލެޖީ ގެ
ބޭނުން ހިފުމުގައި ކޮންމެ މީހަކީ ވެސް ތިމާގެ އަމިއްލަ އިހުމާލަށް ފުރިަހަމައަށް
ޒިންމާވާންޖެހޭނެ މީހެއް.
މިއަދުގެ ދުނިޔޭގައި އެންމެ ކުރިއަރަމުން އަންނަ އެއް ވަސީލަތަކީ އިންފޮމޭޝަން
ޓެކްނޮލެޖީ ކަމަށް ވާއިރު އެފަދަ ޚިދުމަތެއް ތިމާ ބޭނުން ކުރުމުގެ ކުރިން
އެކަމުން ދިމާވެދާނެ ކަންތަކާއި އެކަންކަމުން ސަލާމަތް ވުމަށް އަޅަންޖެހޭ
ހަރުދަނާ ފިޔަވަޅުތައް ނޭޅުމުގެ އިތުރުން އެފަދަ ޚިދުމަތްތައް ބޭނުންކުރާއިރު
ތިމާގެ އަޙުލާޤީ މިންގަޑެއް ނެތްނަމަ ދިމާވެދާނެ ކަންތައް ތަކެއް މިއަދު
ދިވެހިމުޖުތަމަޢުގައި ތިބި ބަޔަކަށް ދިމާވުމުގެ ކުއްވެރިންނަކީ ތިމާގެ
ރުހުމުގައި މުޢާމަލާތްކުރި ބަޔަކު ކަމުގައި ވާނަމަ ދެފަރާތުގެ މައްސަލަވެސް
ބެލެން ޖެހޭނެ ނޫންތޯއެވެ.؟
މިއަދުގެ ކުރިއަރާފައި ދުނިޔޭގައި ހެކަރުންނާއި ދެވޮލޮޕަރުންނާއި، ރިސާޗަރުންގެ
އިތުރުން އިންޓަނެޓުގައި ގިނަވަގުތުތަކެއް ހޭދަކުރާ ޒުވާނުންނަކީ ވެސް
މިއަދު ހަމައެކަނި ނެޓްބޮރޯޒް ކުރާ ބަޔަކަށް ވުރެ އޭގެ ބޭނުން ހެޔޮޮތުގައި
ހިފަމުންދާ އުފެއްދުންތެރި ޒުވާނުންނަށް ވާއިރު ނަހަމަ ގޮތުގައި އިންޓަނެޓުގެ
ބޭނުން ހިފަމުންދާ ބަޔަކު މުޖުތަމަޢުގައި ތިބުމަކީ އެކަށީގެންވާ ކަމަކަށް
ވެދާނެއެވެ. އެހެނަސް އެކަމެއް ކުރިބަޔަކު އެކަމެއް ކުރީ އެމީހުން ޒުވާން
ވެެގެން ނޫންކަމަށް ވެދާނެއެވެ. އަދި ކޮންމެ ޒުވާނަކީ އެފަދަ ނޭދެވޭ ކަމެއްކޮށްފާނެ
ފަރާތެއްކަމަށް ދެކުމަކީ ވެސް އެންމެ ޒިންމާދާރު ގޮތް ކަމުގައި ނުވެދާނެވެ.
މިފަދަ ކަންކަމުގައި ޤައުމުގެ ޒިންމާދާރު މަޤާމު ތަކުގުގައި ތިއްބަވާ ބޭފުޅުންނަށް
މިފަދަ ކަންކަމަށް ބޭކާރު ވަގުތު ހޭދަކުރެވޭކަމީ ވެސް މިއަދު ވިސްނާލަން
ޖެހޭކަމެއްނޫންތޯއެވެ. ޗެޓް ޕުރޮގްރާމަކުން ތިމާއަށް އިންވިޓޭޝަނެއް ލިބޭއިރު
އެއީ ކާކުކަން ޔަޤީންނުވާހާލުގައި ކޮންމެފަދަ މީހަކާއެކުގައިވެސް ވާހަކަ
ދެއްކިދާނެ ކަމާމެދު ކުޑަކޮންވެސް ވިސްނާލެވިފައި ވާނަމަ، މިފަދަ މަޅިއެއްގައި
ބަޔަކު ނުޖެހުނީސްކަން ޔަޤީނެވެ. އެހެނަސް މިހާރު މިއޮތީ ވަގުތު ފާއިތުވެފައިކަމަށް
ވެދާނެއެވެ. އޮޅުވާލުމާއި މަކަރުވެރި ހީލަތުން ތިމާއަށް މީހަކު އުނދަގުލެއްކުރާނަމަ
އެއުދަކުލަކުން ތިމާ ސަލާމަތްވުމަށް ދުރާލާ މަސައްކަތް ކުރަންވާނެކަން
ޔަޤީނެވެ.
ހިތާމަޔާއި ދެރަކަމަކީ މިއަދު ހެޔޮގޮތުގައި ކޮމްޕިއުޓަރާއި އިންޓަނެޓް
ބޭނުންކުރަމުންދާ އެތަކެއް ޒުވާނުންގެ ބެލެނިވެރިންވެސް މިއަދު އެކުދިންނަށް
މިޚިދުމަތްތައް ލިބިދީފައި ބަހައްޓަން ބިރުގަންނަ ހިސާބުގައި މިއަދުގެ
ހާލަތު މިއޮތީ ކުރިމަތިވެފައެވެ. އެހެންކަމުން މިއަދު ޤައުމުގެ އިސް ސަފުގައި
ތި ބަޔަކަށް މިކަން ދިމާވެފައިވައި މިވަނީ ހަމައެކަނި ޢުމުރުން 16 އަހަރުގެ
ޒުވާނަކު އިސްކޮން ހުރެ ކުރިކަމަކުންނޭ ބުނުމުގެ ބަދަލުގައި ޤައުމުގެ އިސްސަފުގައި
ތިބި ފަރާތްތަކުގެ ތެރެއިން ބައެއް ފަރާތްތަކުގެ ޒިންމާދާރުކަމެއް ނެތުމާއި
ބޭކާރު ގޮތުގައި ވަގުތުތައް ހޭދަކުރުމަށް އިންޓަނެޓުގެ ޗެޓުގެ ބައިވެރިއަކަށް
ވެ ދެފަރާތުގެ ރުހުމުގައި ކުޅަ މުޢާމަލާތެއްގެ ޒިންމާ އެއްފަރާތުން ނަަގަން
ޖެހޭނަމަ، އަދި އެއްފަރާތަކަށް އަދަބު ލިބޭނަމަ، މައްސަލާގެ އަނެއް ފަރާތް
މި އުނދަގުލުން ސަލާމަތްވެދާނެތޯ ވެސް މީ ހަމަކޮށްލަން ރަގަޅު ސުވާލެއް
ނޫންތޯއެވެ.
|
About
this website
Khassa Majilis Web
Haveeru Daily
Aafathis
Miadhu
Jazeera.mv
Haama.com
Minivan
Radio
DO
Web
Minivan
News
Minivan Daily
|