|
ވަޒީރުންގެ މަޖިލީސް ވަރަށް
ކުއްލިގޮތަކަށް އިސްތިޢުފާ ދެއްވައިފި، ސަރުކާރުން ދެން ބަލާކަށެއް ނޯންނާނެ
ރައްޔިތުންނަށް ދޭންޖެހޭ ޚިދުމަތްތައް ކުރިއަށް ގެންދިއުމަށް ދަތިވާގޮތަށް
ރައްޔިތުންގެ މަޖިލީހުން ކުރަމުންދާ ކަންކަން އިތުރަށް ސަރުކާރުން ބަލަހައްޓައިގެން
ތިބުން މިހާރު 18 މަސްދުވަސް ފާއިތުވެދިޔައިރު ރައްޔިތުންގެ މަޖިލީހަށް ރައްޔިތުންނާމެދު
ވިސްނުނު ހަމަ އެކައްޗެއްވެސް ނެތެވެ
ހިތުހުރިހާ ގޮތަކަށް އެއްވެސް ބެލުމެއްނެތި ޤާނޫނުތަކުން ސަރުކާރު ބަނދެލުމުގެ
ބޭނުމުގަޔާއި ވެރިކަން ވައްޓާލުމުގެ މަގުސަދުގައި މަޖިލީހުގެ މެޖޯރިޓީ އޮންނަ
ފަރާތްތަކުން މުޅިގައުމުގެ ފާދަޔާއި ލާބަޔާ މަންފާއަށް އެއްވެސް ވިސްނުމެއްނެތި
ކަންކަން ކުރަމުންގޮސް ވަޒީރުންގެ ޒިންމާއާއި މަސްޢޫލިއްޔަތު އަދާކުރުމަށް
ހުރަސްއެޅޭގޮތަށް ރައްޔިތުންގެ މަޖިލީހުން ޢަމަލުކުރަމުންދާ ކަމުގައި ވަޒީރުންގެ
މަޖިލީހުގެ މެންބަރުން ތުހުމަތުކޮށް މުޅި ކެބިނެޓް އެކުގައި އިސްތިޢުފާ ދެއްވައިފި
|