Live MSN
Download
Dhivehi Fonts
Sign My Guest Book
View My Guest Book
Video Interview and
Messages & News
:  
ތިންބާރު ވަކިކޮށްފައިވާ ރިޔާސީ ނިޒާމެއްގައި، ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތަކުގެ ތެރެއަށް ސިޔާސީ މަޤުޞަދެއް ޙާސިލުކުރުމަށް، ސަރުކާރުގެ މަސައްކަތުގެ މަސްޢުލިއްޔަތު ތައް ވައްދަން މަސައްކަތްކުރަމުން ދާކަމީ މިއަދު ހިތާމަކުރަން ޖެހޭކަމެއް . ސަމީރު

 

ނޫސްވެރިންނަށް ހަމަލާދިނުމަކީ މިނިވަން ނޫސްވެރިކަން ނައްތާލުމަށް ދެވޭ ހަމަލާތެކެއް ކަމަށް މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން ]އެމްޖޭއޭ[އިން ސިފަކޮށް މިއަދު ބަޔާނެއް ނެރެފި އެވެ.

އެމްޑީޕީ އަކީ ވަރަށް ޑިމަކްރެޓިކް ޕާޓީއެއް ކަން ޔަޤީނެވެ.
ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި، ތަފާތުކުރުންތައް ނެތް އެހެން މީހުންގެ ފިކުރާއި ޚިޔާލަށް އިހްތިރަމްކޮށް އެ ތަފާތުތައް ބަލައިގަންނަ ހަމައެކަނި ޕާޓީ އަކީ އެމްޑީޕީ ކަމުގައި ބުނެވޭނެ ތަފާތު ގިނަ ސަބަބުތައް އެބަހުއްޓެވެ. އެއީ ދުރާއި ގާތުން ވެސް ފެންނަންހުރި ރީތި މިސާލުތަކުން ކަމުގައި ޤަބޫލުކުރަން ޖެހެއެވެ.

ރާއްޖޭގެ ޑިމަކްރަސީ މިވަނީ ތެދާ، ދޮގު ދެނެގަންނާނެ މެޝިނެއްގެ އެހީއަށް ބޭނުންވެފ

 


ކަރަންޓް ގެ އަގުބޮޑުވުމަކީ ކޮންމެ ރައްޔިތަކަށްމެ އެކަމުގެ ޚަރަދު
ބޮޑުވެގެންދާނެކަމެއް.


ސަރުކާރުން ޔުޓިލިޓީ ކުންފުނިތައް އުފެއްދުމުގެ ބޭނުމަކީ ކަރަންޓުގެ އަގުބޮޑު ކުރުން ކަމުގައި ބަޔަކުދެކެނީ އަގުބޮޑުނުކޮށް ކަރަންޓުގެ ޚިދުމަތް ދިނުަމަށް އެކުންފުނިތަކުން މިހާތަނަށް ކުރަމުންދާ އެއްވެސް ކަމެއް ގެ އެދެވޭ ނަތީޖާއެއް ނުނެރޭވުނީމަކަމަށް ވެދާނެއެވެ.

ސިޔާސީ ހަރުކަށި ޢަމަލުތަކުން ލިބޭނީ ގެއްލުމާ އަނިޔާ ފިޔަވައި ދެން ކޮންއެއްޗެއްތޯއެވެ؟

އެމްޑީޕީ ގެ ތެރޭގައިހުރި ނޭދެވޭ ކަންކަމާމެދު ފާޑުކިއުމަކީ މައްސަލައެއް ހެއްޔެވެ.

އަޅުގަނޑަށް ފެންނަ ޚިޔާލު އަޅުގަނޑުގެ ދުލާއި ގަލަމުން ލިޔުމުގެ ފުރިހަމަ މިނިވަންކަން ޤާނޫނު އަސާސީގެ 27 ވަނަ މާއްދާއިން ލިބިދޭހިނދު އެހައްޤު ކޮންމެ ރައްޔިތަކަށްމެ އޮންނަފަދައިން އަޅުގަނޑަށް ވެސް އޮންނާނެކަން ޔަޤީނެވެ

ފާޑު ކިޔަނީ ކިޔަން ޖެހުނީމަކަން ވެސް ޤަބޫލުކުރަން ޖެހެއެވެ ސިޔާސީ ޕާޓީވެސް ސިޔާސީ ބޭފުޅުންވެސް ސިޔާސަވާ ކޮނެމެ ފަހަރަކު ހިތުހުރިގޮތަކަށް ހިތަށް އެރިހާއެއްޗެއް ޤައުމުގެ ދުސްތޫރީ ނިޒާމާ ޤާނޫނުއަސާސީ އިން ލިބިދޭ ހައްޤުތަކާއި މިނިވަންކަމާއި، ހިމާޔަތަށް އިހްތިރާމް ނުކޮށް ދުލުން ބޭރުކޮށްލުމަކީ މިއަދުގެ ސިޔާސީ ހަޤީގަތެއްކަން ޤަބޫލުފުޅު ކުރައްވާށެވެ.

ތިމާ ގެ ދަރިފުޅު އަބަދުވެސް ތިމާއަށް ދޮނފުތުވާނޭ ބުނާފަދައިން ތިމާ ހުންނަ ޕާޓީ ގެ މައްސަލަތައް ވެސް ތިމާފޮރުވައިގެން ހުންނަން ޖެހޭކަމަށް ބަޔަކު ޤަބޫލުކޮށްފާނެއެވެ. އެހެނަސް އެއީ ނާތަހުޒީބު ކަމަކަށް މެނުވީ ނުވާނެއެވެ އެކަންކަން މާޒީގައި ދިވެހިން ވަނީ މިއަދަށްވުރެ ހިތިކޮށް ދެކިފައި ނޫންހެއްޔެވެ. އެހެނަސް އެދުވަސް މިހާރު މާޒީވެ ހިނގައްޖެކަން ޔަޤީނެވެ

އަޅުގަނޑު ގެ ސިޔާސީ ފިކުރު ރީނދޫ ވެފައި ހުރުމަކީ އަޅުގނަޑުގެ ޤައުމުގެ ފިކުރާމެދު އަޅުގަނޑު ކުޑާކޮންވެސް ވިސްނާލަން ނުޖެހުމެއްނޫންދޯއެވެ އަދި އަޅުގަނޑަށް ފެންނަ ޚިޔާލު ސީދާ ގޮތުން ފާޅުކުރުމަކީ ވެސް އަޅުގަނޑުގެ ސިޔާސީ ފިކުރުގެ ރީނދޫ ކުލައިން ސިޔާސީ އެހެން ކުލައަކަށް ބަދަލުވުމަކަށް ފާޅުކުރާ ޚިޔާލެއްކަމަށް ބަޔަކު ނިންމާ ނިންމުމަކީ އަޅުގަނޑު އެބަޔަކަށް ނަފުރަތުކުރާނެ ކަމެއްނޫނެވެ އެހެނަސް އަޅުގަނޑު ޤަބޫލުކުރާ ޤަބޫލުކުރުންތައް ފަހަނައަޅާ ޤައުމާ ރައްޔިތުންގެ މިނިވަންކަން ގެއްލޭނަމަ، އެހާލަތާމެދު އަޅުގަނޑަށްވެސް ވިސްނަން ހާލަތު މަޖުބޫރުކުރުވާނެކަމީ އިންސާނީ ފިތުރަތުކަން ޤަބޫލުކުރައްވާށެވެ

ޤައުމުގެ ކަންކަން ކުރިއަށް ގެންދިއުމުގައި ރައީސުލްޖުމްޙޫރިއްޔާގެ ވިސްނުންފުޅު ގެންދަވަނީ ޕާޓީއަށް ނިސްބަތްވާ މަޖިލީހުގެ މެންބަރުންނާ ސިދާ ހިއްޞާ ކުރައްވަމުންނެވެ އެފަދަ ހާލަތުގައިވެސް އެކަމަކާމެދު ފެންނަގޮތް ސީދާ ދެންނެވުމުގެ ފުރުޞަތު އޮވެއެވެ އެފަދަ ފުރުޞަތު ތަކުގައި ދަންނަވަން ޖެހޭ ދެންނެވުންތައް އެމަނިކުފާނުގެ ޚިޔާލުފުޅާ ދެކޮޅަށްވެސް މެންބަރުން ގެންދަވަނީ ފާޅުކުރައްވަމުންނެވެ އެހެންނަމަވެސް ހުރިހާ ފަހަރު މެންބަރުން ގެ ޚިޔާލާ އެއްގޮތަށް ރައީސް އެކަން ކުރައްވަން ޖެހޭނެކަމަށް ޤަބޫލުކުރުމަކީ ވެސް ހަމަޖެހޭ ކަމަކަށް ނުވެދާނެއެވެ. ތިންބާރު ވަކިކޮށްފައިވާ ރިޔާސީ ނިޒާމު ނޫންތޯއެވެ ކޮންމެ ބާރަކުން ކުރާ ކޮންމެ ކަމެއް އަނެއްބާރުގެ ލަފާގެ މަތީން ކުރައްވާކަށް ވެސް ނުޖެހޭނެނޫންތޯއެވެ. ޚިޔާލަކީ ތަފާތުއެއްޗެކެވެ މިޚިޔާލަކީ ތިބޭފުޅުން ޤަބޫލުފުޅުކުރައްވާ ޚިޔާލަކަށް ކޮންމެހެން ވާކަށް ވެސް ނުޖެހޭނެ ނޫންތޯއެވެ އެހެނަސް ޝައްކުގެ ނަޒަރުން ނުބައްލަވާށެވެ މިއީވެސް ހަމަ މިޤައުމުގެ ދަރީންނެވެ.

About this website

Khassa Majilis Web
Haveeru Daily
Aafathis
Miadhu
Jazeera.mv
Haama.com
Minivan Radio
DO Web
Minivan News
Minivan Daily

OTHER NEWS

Majilis.Gov
HRCM Web
President's Office
Maldives Web
MSN
CNN
BBC
Amnesty.org
Directory

M.D.P Web
Maldives Culture
kavaasaa.com
Thasmeen.org

2004 - 2011 Sameer
Email:majlisa10@gmail.com
Site created by: Sameer