މިިފަހަރު ހިތާރޫހުން
އެމްޑީޕީ އަށް މިއައީ ޢަބްދުﷲ ޢަބްދުއްރަޙީމް.
2011 May 23
ރައްޔިތުންގެ މަޖިލީހުގެ މާފަންނު
ދެކުނުދާއިރާގެ މެންބަރު ޢަބްދުﷲ ޢަބްދުއްރަހީމް ވެރިކަންކުރާ ޕާޓީ އެމްޑީޕީ
އާއި ގުޅިވަޑައިގަތުމުން މިހާރު މަޖިލީހުގައި އެމްޑީޕީ ޕާލަމެންޓް ގުރޫޕް
ފުރާވަރަށް އަރައިފިއެވެ މަޖިލީހުގެ މެޖޯރިޓީ ލިބުނީއެވެ އެކަމަކު މަޖިލީހުން
ކަމެއް ނިނަމުމަށް ބޭނުންވާ މަޖިލީހުގެ އަޣުލަބިއްޔަތު ކަމަށްވާ 39 މެންބަރުން
ހަމަ ނުވިއެއް ކަމަކު މަޖިލީހުގެ މެޖޯރިޓީ ބޭނުން ކޮށްގެން ވަރަށް ގިނަ
ކަންތައް ކުރެވިދާނެކަން ޤަބޫލުކުރަން ޖެހެއެވެ
ޢަބްދުއްރަހީމް އަކީ ޕީޖީ އަށް ލިބުނު ހިއްވަރުގަދަ ބޭފުޅެކެވެ އިޚްލާސްތެރިކަމާއެކު
މަސައްކަތް ކޮށްދެއްވާނެ ބޭފުޅެކެވެ
ރައީސް ނަޝީދު ގެ ވާހަކަފުޅުގައި ވިދާޅުވީ މެޖޯރިޓީ ލިބުނަސް އެ މެޖޯރިޓީ
ގެ ބޭނުން ހިފަންވާނީ ޒިންމާދާރު ކަން މަތީގައި ކަމަށް ވަނީ ވިދާޅުވެފައެވެ
އެހެނަސް މެންބަރުން ގެ ޚިޔާލާއި ފިކުރު ކުޑަކޮން ތަފާތުކަން ފާހަަ ކުރަންޖެހެއެވެ
ބައެއް މެންބަރުން ރޭގެ ޖަލްސާގައި ޖޯސާ ފޯރީގައި ވިދާޅުވި ބައެއްވާހަކަތަކަށް
ބާލާއިރު ރައީސް ނަޝީދު އެ އދިލެއްވިގޮތަށް އެ ޒިންމާ ދާރުކަންމަތީ އެކަން
ކުރުމަށް ޕީޖީ ގެ ލީޑަރ ގެ ފިކުރުގެ ތަފާތުތަކެއް ހުރިކަން ވަނީ ހާމަކުރައްވާފައެވެ
މެޖޯރިޓީ ލީޑަރެވެ ޒިންމާދާރުވާން ޖެހޭނެ އެހެން ނޫންތޯއެވެ ޒާތީ އެއްވެސް
ކަމެއްގެ ބަދަލުހިފުމަށް މި މިޖޯރިޓީގެ ބޭނުން ނުހަމަ ގޮތުގައި ހިފާފި
ނަމަ ދެން ވާނީ ކިހިނެއްތޯއެވެ
ހަމަޔަޤީނުންވެސް އެނގޭ އެއް ހަޤީގަތަކީ އެމްޑީޕީ ޕީޖީ މެންބަރުން ކޮންމެ
ގޮތެއް ވަރިހަމަކޮށްލައިގެން ކޮންމެ ކަމެއް ގައި އިހުގެ މެޖޯރިޓީ ގައި
ތިބި ބަޔަކު ކަންކުޅަ ޒިންމާދާރުކަން ކުޑަގޮތަކަށް ޕާޓީގެ މެންބަރަކު ކޮންމެ
އެއްޗެއް ހުށަހެޅިޔަސް އެކަމަށް ތާޢީދުކޮށްލާ އުޞޫލަކީ އެމްޑީޕީ ޕީޖީ ގެ
ތެރޭގައި އޮވެދާނެ އުޞޫލެއް ކަމަށް ޤަބޫލުކުރަން ވަރަށް އުނދަގުލެވެ.
މެޖޯރިޓީ އާއެކު ދައުރުފެށޭއިރު މާޒީގެ ޖަލްސާތައް މަތިން ހނދާންކޮށްލުމަކީ
ނެތްކަމެއް ނޫންދޯއެވެ މާޒީގައި ފެނިފައިވަނީ އެކަކު އެކަނިވެސް ހިތްހަމަ
ނުޖެހުނީމާ ޖަލްސާތައް ހުއްޓާލުމަށް މަޖުބޫރު ކުރުވިތަން ފެނިފައިވޭނޫންތޯއެވެ
އެހެންކަމުން އެފަދަ ހާލަތެއް އާދައުރުގައި މަޖިލީހުގެ ތެރެއިން ފެނިގެން
ހިގައްޖެނަމަ، ދައުރުގެ މުޅި ޖަލްސާތަކަށް ވެގެންދާނެ ގޮތަކާމެދުވެސް މިއަދުގެ
ސިޔާސީ ފިކުރުގައި ވިސްނާލަމުން ދަންނަވަން ޖެހެނީ ހުންގާނުނެތް އޮޑިއެއްފަދައިން
ކަނޑުގެ ބިޔަ ރާޅުތަކުގެ ތެރޭގައި ދެވޭނުދެވޭތަނެއް ނޭންގި ކަނޑުވެ ބެހޮގެންދާތަން
ނޫންބާވައެވެ. މިއީ އަޅުގަނޑުގެ ޚިޔާލެވެ އެހެން ބޭފުޅުން ކޮންމެހެން މިޚިޔާލަށް
އެއްބަސްވާކަށް ނުޖެހެއެވެ އެހެނަސް އިހްތިރާމް ކުރައްވާށެވެ.