
މަޖިލީހުގެ މެޖޯރިޓީ ވެރިކަންކުރާ
އެމްޑީޕީ އަށް ލިބުމުން ދެންކުރާނީ ކޮންކަމެއްބާވައެވެ؟
މަޖިލީހުގެ މެޖޯރިޓީ ލިބުނީމާ
ކުރައްވާނެ ކަމެއްވެސް އޮންނަންވާނެތާއެވެ؟ ނޫނީ މަޖިލިސް މެޖޯރިޓީ ކުރިން
އޮވެގެން ހިތުހުރިހާ ގޮތަކަށް ޤާނޫނުތައް ފަތްފަތް ޖަހާލި ހުރިހާ ޤާނޫނުތަކެއް
އަނބުރާ އޭގެ ރަނގަޅުގޮތަށް ރުޖޫޢުކުރަނީ ބާވައެވެ.
ނޫނީ މައިނޯރިޓީ ލީޑަރ މެޖޯރިޓީ ލީޑަރަށް ޕުރޮމޯޓްވީމާ އެކަމުގެ އުފާފާޅުކޮށްލަ
ކޮށްލާ ތިބެންވީބާވައެވެ ނޫނީ މެޖޯރިޓީ ބޭނުންކޮށްގެން ރައްޔިތުންނަށާއި
ޤައުމުގެ މުސްތަޤުބަލަށް ފައިދާހުރި ކަންކަން ކުރެއްވުމުގައި ޒިންމާދާރު
ކަމާއެކު މަސައްކަތް ކުރުންމަތީ ކުރިއަށް ވަޑައިގަންނަވާނީ ބާވައެވެ.
އަދި އެހެން ކަމެއްވެސް އެބައޮތެވެ. މެޖޯރިޓީ ލިބުމުން މަޖިލީހުގެ ރިޔާޞަތުގެ
ގޮނޑި އަށް މުޅިން އާމޫނެއް ލައްވާނީ ބާވައެވެ މަޖިލީހުގެ މިހާރުގެ ރައީސާއި
ނާއިބު ރައީސްގެ މަޤާމާމެދު މެޖޯރިޓީން ނިންމާނީ ކޮންގޮތެއްބާވައެވެ އަދި
ހަމަ އެހެންމެ މަޖިލީހުގެ ކޮމެޓީތައް ކޮންޓްރޯލް ކުރަމުން ގެންދިޔަ މެޖޯރިޓީގެ
ފަރާތްތައް ކޮމެޓީ ތަކުގެ މުޤައްރިރުގެ މަޤާމުގައި ކަންކަން ނުކޮށް ހިފަހައްޓައިގެން
ތިބި ތިބުމަށް ނިމުމެއް ގެނައުމާމެދު ވެސް ގޮތެއް ހޯއްދަވާނެބާވައެވެ
ވަރަށް ގިނަ ކަންތައް އެހެންނޫންތޯއެވެ
ވެރިކަންކުރާ ޕާޓީގެ ޕާލަމެންޓްރީ ގުރޫޕްގެ ލީޑަރު ގެ ހިންގުތެރިކަމާއި،
ކަންކަން މަސްވަރާގެ އުޞޫލުން ނިންމުމަށްޓަކައި، ގިނަގުނަ މަސައްކަތްތަކެއް
ކުރަން ޖެހިފައިވާއިރު ފާއިތުވެދިޔަ މުއްދަށްބަލާއިރު ޕާލަމެންޓްރީ ގުރޫޕުގެ
ދައުރެއް ފުރިހަމަކޮށް އާދަޢުރަކަށް ޕީޖީ ގެ މަޤާމުތަކަށް މެންބަރުން އިންތިހާބުވެ
މަސައްކަތް ފެށުމުން އެނގިގެން ދިޔައީ ޕީޖީ ގެ ހިންގާ ޤަވައިދެއްވެސް އެކަށީގެންވާ
ގޮތެއްގައި ހެދިފައި ނެތްކަމެވެ އެހެންކަމުން މިހާރުވަނީ ޕީޖީ ގެ ޤަވާއިދެއްގެ
ޑްރާފްޓެއް އެކުލަވާލެވި މެންބަރުންގެ ކޮމެންޓަށް ފޮނުވިފައެވެ
އަޅުގަނޑަކީ މިދައުރުގެ ޕީޖީ ގެ ދެ ނާއިބު ރައީސުންގެ ތެރެއިން މެންބަރުންގެ
އެންމެ ގިނަވޯޓު ލިބިގެން އިންތިހާބުކޮށްފައިވާ އެއް ނާއިބު ރައީސްކަމުން
މިކަންކަން އެކަށީގެންވާ ގޮތެއްގައި ކުރެވޭތޯ ކުރަމުންދާ މަސައްކަތްތައް
ފުރިހަމަ ކުރެވިގެން މެނުވީ ޕީޖީ ގެ ހިންގުން ހަރުދަނާވެގެން ޑިމަކްރަޓިކް
އުޞޫލުން ހިންގޭނެކަމަކަށް ޤަބޫލެއް ނުކުރެވެއެވެ.
މަޖިލީހުގެ ކަންކަމުގައި ވޯޓުލާނެ ގޮތުގެ ވިޕުލައިން ނެރުމާމެދުވެސް އަދި
މަޖިލީހުގައި މެންބަރުން ވާހަކަ ދެއްކުމަށް ޕާޓީއަށް ލިބޭ ވަގުތުތައް ބަހާލާނެ
ގޮތުގެ އުޞޫލެއް ނެތުމުން އެކަކު އެކަނި ވަގުތުތައް ބޭނުންކުރަމުންދާ މައްސަލައާމެދު
ވެސް މެންބަރުން ކަންބޮޑުވުން އޮންނައިރު މަޝްވަރާއެއް ނެތި އަދި ޕީޖީ
ބައްދަލުމަކުން ނުނިންމާ ވިޕްލައިން ނެރެމުން ދިއުން ހައްލަކަށް ގެނައުމަށް
ވެސް މެންބަރުންދަނީ ކެނޑިނޭޅި ސަކުވާ އުފުލަމުންނެވެ
މިކަންކަން މިގޮތަށް ހުރުމާއެކު މަޖިލީހުގެ މަސައްކަތް އާދައުރަކަށް ފެށޭއިރު
އާމެންބަރުންނާއެކު ޕީޖީ ގެ ހިންގުންވެސް ޤަވާއިދުތަކާއި އުޞޫލްތައްވެސް
އިތުރަށް ހަރުދަނާ ކުރެވެން ޖެހެއެވެ. އެހެނަސް މިކަމަށް ޖާގައޮތީ ކިހާމިންވަރަކަށް
ކަން މިއީ ހަމަ އުފެދޭ މުހިންމު ސުވާލެކެވެ.