
ޑީއާރުޕީ ގެ ޑެޕިއުޓީ ލީޑަރ ޢަލީ
ވަޙީދު އެމްޑީޕީ އާއި ނުގުޅެންވީ ސަބަބެއްނެތެވެ.
ޒުވާން މެންބަރު ޢަލީވަހީދު ވެރިކަން
ކުރާ ޕާޓީ އެމްޑީޕީ ޕުލެޓްފޯމުން ފެނުމަކީ އަލީ ވަހީދުގެ އުންމީދުތަކާއި
ޤައުމަށް ޚިދުމަތް ކޮށްދިނުމުގެ ރޫހްގައި ނުކުރާނެ ކަމެއްކަމުގައި ދެކިގެން
ނުވާނެނޫންތޯއެވެ.
ޒުވާން އުންމީދީ ކުޅުންތެރިންގެ ފަހަތުން ބޮޑެތި ޓީމުތަކުން އާދޭސްކުރަމުން
ދުވާ މަންޒަރަކީ ހަޤީގަތެއްނޫންތޯއެވެ؟ ހަމަ އެބީދައިން ސިޔާސީ ބޮޑެތި
ޕާޓީތަކުން މެންބަރުންގެ ފަސް ފަހަތުން ދުވުމަކީ ވެސް ހަޤީގަތެއް އޮތްކަމެއްކަމަށް
ޤަބޫލުކުރަން ޖެހެއެވެ.
ޑީއާރުޕީ މިވަނީ ޕެރަލައިޒް ވެފައި ކަމުން ދާންވީ މަގު އޮޅިފައިވާ ޕާޓިއެއްގެ
އެތެރޭގެ ކޯޅުންތަކުގައި ވާވަދެފައި ތިބެން ބޭނުންނުވާ މެންބަރުން ތަފާތު
ޕާޓީތަކަށް ނުވަތަ އެއްވެސް ޕާޓީއަކަށް ނުވަދެ ހުރުމަކީ އެކަށީގެންވާ ކަމެކެވެ
މިއަދު ޑީއާރުޕީ އަށް ވެސް އެއްޗެއް ވިސްނެން އުޅޭކަހަލައެވެ ޕާޓީގެ އޯނަރޝިޕާމެދު
ބައިބަލާ ކުޅެމުންދިޔަ ޕާޓީ ދެ ބައި ވެފައިވާ މެންބަރުންނަށް ކޮންމެވެސް
ވަރެއްގެ ދެރައެއް އިހްޞާސް ކުރެވެން ފަށައިފިއެވެ.
މިއަދު ޢަލީ ވަހީދު ޕާޓީން ވަކިވީމާ އެވަރުގެ ގޯސްމީހަކު ނެތްކަމަށް ބުނުމަށް
ވުރެ ތިމާމެންގެ އެތެރޭގެ ގަޑުބަޑު ތައް ހައްލުކޮށް އުންމީދީ ޒުވާނުންގެ
ބޭނުން ނަހަމަ ގޮތުގައި ހިފައިގެން ސިޔާސީ ލީޑަރުން ގެ ބޮނޑި ބޮޑުކުރަން
ކުރެވޭ ކޮންމެ ކަމެއްގެ އާޚިރު ނަތީއްޖާއަކަށްވާނީ ގޮތް ހުސްވެގެން އެފަދަ
އަރާރުމާ ދުރަށްދާން ބޭނުންވާ ފަރާތްތައް ދުރަށް ދިއުމެވެ
ބޮޑެތި އަގުތަކުގައި ޓްރާންސްފަރ ހަދާވާހަކައަކީ ވެސް އެކަމުގައި ހަޤީގަތެއް
ވާކަމަކަށް ވެދާނެއެވެ އެހެނަސް ބޭރުން ބޮޑުއަގުގައި ކުޅުން ތެރިއަކު ޓްރާންސްފަރ
ހަދާފިނަމަ ޓީމުގައި ދެންތިބި ޒުވާން ކުޅުންތެރިން އެހެންޓީމުތަކަށް ނުގޮސް
ތިބެދާނެކަމަށް ބެލުމަކީ ވެސް މުސްތަހިއްލުކަމެއްނޫންތޯއެވެ. މިހާރުވެސް
ޒުވާން ބައެއް މެންބަރުންގެ ކުރިމަގާމެދު އެމީހުން އިންތިހާބުކުރި ރައްޔިތުންގެ
މެދުގައި ފެންނަ ނުފެންނަ ވޯޓެއް ޕާޓީގައި ހުރުމާމެދު ނެގުމުގެ ވާހަކައަކީ
މީޑިއާގައި ހިނގަމުންދާ ޝައުގުވެރި ވާހަކައެކެވެ. ޢަލީ ވަހީދުގެ ނިންމުން
އެންމެ ބޮޑަށް އިނގޭނީ ޢަލީ ވަހީދަށެވެ ޤާނޫނީ ހުރަހެއް ނެތެއްނޫންތޯއެވެ
ފިކުރު ބަދަލުވީއެވެ ގޮތްހުސްވީއެވެ ޔަޤީންކަން ނެތުނީއެވެ އެއަށްވުރެ
ބޮޑަށް ދެބުޅަލުގެ އަރާރުމުގެ ނިމުމަށް ނިމޭތަން ދެކެން ބޭނުން ނުވަނީކަމަށް
ވެދާނެއެވެ.