ސިޔާސީ ގޮތުން މުވައްޒަފުން އަރުވާލުމަކީ
30 އަހަރުގެ ވެރިކަމުގެ ސިޔާސަތެކޭ ބުނެއުޅެއެވެ.
ނަންވާނީ އަބަދުވެސް ހައިވަކަރު
އޮޑިތާއެވެ ނަމަވެސް ކަންވަނީ ހަމަ އޭރެކޭ މިހާރެކޭ ވަކިތަފާތެއް ނެތްގޮތަށެވެ
އަދި މިހާރުވާ ކުރިއަށްވުރެ ތަންފުކެއް
ބޮޑުހެންވެސް ހީވާކަހަލައެވެ.
ސަރުކާރުގެ ބާރުފޯރާ މަޤާމުތަކުގައި
ތިބޭ މުވައްޒަފުންނާއި ޔުނީފޯމް އެޅި ޕޮލިހުންނާއި ސިފައިން އެއްތަނުން
އަނެއްތަނަށް ކަމަކާނުލާ ނުރުހުމުގައި އަދި އެތަންތަނުގެ ވެރިންގެ ނުރުހުމުގައި
ބަދަލުކުރަމުން ގެންދާ ސިޔާސީ ވެރިންގެ މަޤުޞަދާމެދު މިއަދު ވަރަށް ބޮޑަށް
ވަނީ ވިސްނަންޖެހިފައެވެ.
ކޮންމެ ޕާޓީއަކަށް ނިސްބަތްވެފައިވާ
މީހެއްކަމަކު ކިތަންމެ ކެރޭ އެކްޓިވިސްޓެއް ކަމަކު ޤާނޫނާއި ޚިލާފަށް ކަމެއް
ކޮށްފި ކަމަށްވާނަމަ، އެކަމެއް ބަލަން ޖެހޭ ބަޔަކު އިންސާފުގެ މަގުން ބަލަންޖެހެއެވެ
ވަޒީރެއް ކަމަކު އަދި އެނޫން ބޭފުޅަކަށް ވެސް ބާރާއި ނުފޫޒުން ހިތުހުރިހާ
ގޮތަކަށް ކަންކުރާނަމަ، އެކަމުގެ ބަދުނާމު އުފުލަންޖެހޭނީ މިއަދުގެ އޯގާތެރި
ސަރުކާނޫންބާވައެވެ.
މިއަދު ޤަބޫލުކުރަން ޖެހޭ އެއް ހަޤީގަތަކީ ކޮންމެ ދާއިރާއެއްގައިވެސް ސިޔާސީ
ގޮތުން ބަސްބުނާނެ ބަޔަކު ރައްޔިތުންވަނީ ކަނޑައަޅާ ސަރުކާރަށް ދައްކާފައެވެ
އަދި ސަރުކާރު ހިންގާ ޕާޓީ ގެ އެތެރޭގެ އިންތިހާބު ކާމިޔާބުކޮށް ދާއިރާގެ
ރައީސް އާއި ޕުރޮވިންސް ގެ ރައީސް އާއި އަދި ދާއިރާގެ ރައްޔިތުން އިންތިހާބުކުރި
ރައްޔިތުންގެ މަޖިލީހުގެ މެންބަރަކީ އެންމެ ފަހުބަސް ރައްޔިތުންނަށްޓަކާ
ބުނަންހުރި މީހަކަށްވީ ނަމަވެސް ރައްޔިތުންގެ ވޯޓަކުން އިނަތިހާބުވި ފަރާތްތަކުގެ
ވިސްނުމާ ދިމާ އިދިކޮޅަށް ސަރުކާރު ތަމްސީލުކުރާ ކޮންމެ މީހަކަު ނާއިންސާފުން
މުއަށްޒަފުން އެއްތަނުން އަނެއްތަނަށް ސިޔާސީ ގޮތުން ބަދަލުކުރަމުންދާނަމަ،
ޕުރޮފެޝަނަލް މަސައްކަތްކުރާ މުވައްޒަފުން ވެސް ސިޔާސީ ވުމަކީ ނުވެނުދާނެކަމެކަން
ޤަބޫލުކުރަންޖެހެއެވެ.
އަތޮޅުތަކުގެ ޕޮލިސްސްޓޭޝަންގައި މަސައްކަތްކުރާ ފުލުހަކު ސިޔާސީ ގޮތުން
ހޯމް މިނިސްޓްރީން ބޭނުންވެގެން ޕޮލިސްކޮމިޝަނަރަށް މަޖުބޫރުކޮށްގެން ބަދަލުކުރަން
ބުނާނަމަ އެކަމާ މިއަދު ކީކޭތޯ ބުނާނި ކުރީގެ 30 އަހަރުގެ ވެރިކަމުގައި
މިފަދަ މީސްމީހުން ބުނަމުންއައީ ގަސްތުގައި ކުށެއްނެތް ދިވެހިރައްޔިތުން
ސިޔާސީ ގޮތުން ހަރިކަށިކަމާއެކު އެއްތަނުން އަނެއްތަނަށް ބަދަލުކުރާ ވާހަކައެވެ
މިއދު އެފަދަ މީހުންނަށް އެފަދަ މަޤާމުތައް ލިބިވަޑައިގަތުމުން އެއްކަލަ
30 އަހަރުގެ ވެރިކަމުގައި އެ ކުރިކަންތައް އެއަށްވުރެވެސް ގޯސްކޮން ކުރަމުންދާ
ތަން މިފެންނަނީ ސީދާ ފާލުކަންމަތީގައެވެ.
މިފަދަ ޒިންމާދާރުކަން ކުޑަ ފަރާތްތައް އެފަދަ މަޤާމުތަކުގައި ބޭތިއްބުމާމެދު
ރައްޔިތުން ދެކޮޅުހަދާ ހެދުމަކީ މާދަމާވެސް އެފަދަ މަޤާމަކުން ރައްޔިތުން
އެމީހަކު ބޭރުކޮށްލުން ކަމުގައިވެދާނެއެވެ އެހެން ކަމުން މަޤާމުގައި ދެމިތިބޭ
ވަގުތުކޮޅުގައި ވެސް އިންސާފުން ހައްޤުގެ މަގު ހިޔާރުކުރައްވާށެވެ ތިމާގެ
ހުރި ނުރަގަޅު ކަށިހިއްވަރެއް ދައްކައިގެން ހިތުހުރިގޮތަކަށް ކަންކުރުމަކީ
މިއަދުގެ މި މުޖުތަމަޢު ޤަބޫލުކުރާނެކަމެއް ނޫންކަން ހިތާދެކޮޅަށްވެސް
ޤަބޫލުކުރައްވާށެވެ. އެދާއިރާއެއް އެންމެ ބޮޑަށް އެނގޭނީ ތިމާއަށްވުރެ
ބޮޑަށް އެދާއިރާގެ ރައްޔިތުން އިންތިހާބުކޮށްފައި ތިބިބަޔަކަށް ކަން ޔަޤީނެވެ.
ތިކަހަލަ ދަށުދަރަޖާގެ ކުޅިވަރު މިއަދު ކުޅުއްވަން ނުހައްދަވާ ފުލުން އެމީހުންގެ
ދަޢުރު ޕުރޮފެޝަނަލްކޮން އަދާކުރުމުގެ ފުރިހަމަ މިނިވަންކަން އެމީހުންނަށް
ދެއްވާށެވެ. އާދޭހާއެކުގައެވެ ތިހެންވުމުން ދެން ނަތީޖާއަކަށް ވެގެންދާނީ
މިހާރަށްވުރެވެސް ފުލުހުންނާމެދު ރައްޔިތުން ދެކޭގޮތް އިތުރަށް ގޯސްވުން
ނޫން އެހެން އެއްވެސް ފައިދާއެއް ތިގޮތަށް މީހުން އެއްތަނުން
އަނެއްތަނަށް ގަނަތެޅުވުމުން ނުލިބޭނެކަން ހަނދާންކުރައްވާށެވެ.
މާޒީގެ 30 އަހަރުގެ ނާތަހުޒީބު ކަންކަން މިއަދު އިތުރަށް ކުރައްވަން ނުހައްދަވާށެވެ