Live MSN
Download
Dhivehi Fonts
Sign My Guest Book
View My Guest Book
Video Interview and
Messages & News
:  
ތިންބާރު ވަކިކޮށްފައިވާ ރިޔާސީ ނިޒާމެއްގައި، ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތަކުގެ ތެރެއަށް ސިޔާސީ މަޤުޞަދެއް ޙާސިލުކުރުމަށް، ސަރުކާރުގެ މަސައްކަތުގެ މަސްޢުލިއްޔަތު ތައް ވައްދަން މަސައްކަތްކުރަމުން ދާކަމީ މިއަދު ހިތާމަކުރަން ޖެހޭކަމެއް . ސަމީރު

ނޫސްވެރިންނަށް ހަމަލާދިނުމަކީ މިނިވަން ނޫސްވެރިކަން ނައްތާލުމަށް ދެވޭ ހަމަލާތެކެއް ކަމަށް މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން ]އެމްޖޭއޭ[އިން ސިފަކޮށް މިއަދު ބަޔާނެއް ނެރެފި އެވެ.

ޗެކް ރިޕަބްލިކްގެ ރައީސް ނަހަމަ ގޮތުގައި ގަލަމެއް ހޯއްދެވި ގޮތުގެ ވީޑިއޯ އެއް ޔޫޓިއުބުގައި އާންމުވެއްޖެ.

ތިލަފުށި ހިއްކުން ހުއްޓާލަން އެންގި މައްސަލައިގައި ތިލަފުށި ކޯޕަރޭޝަނުން އޭސީސީގެ މައްޗަށް ދައުވާކޮށްފި

ޒަމާނީ ޓެކްނޮލެޖީ ގެ ބޭނުން ހިފުމުގައި ކޮންމެ މީހަކީ ވެސް ތިމާގެ އަމިއްލަ އިހުމާލަށް ފުރިަހަމައަށް ޒިންމާވާންޖެހޭނެ މީހެއް.

 

ރާއްޖޭގެ ޑިމަކްރަސީ މިވަނީ ތެދާ، ދޮގު ދެނެގަންނާނެ މެޝިނެއްގެ އެހީއަށް ބޭނުންވެފ


ކަރަންޓް ގެ އަގުބޮޑުވުމަކީ ކޮންމެ ރައްޔިތަކަށްމެ އެކަމުގެ ޚަރަދު
ބޮޑުވެގެންދާނެކަމެއް.

ސަރުކާރުން ޔުޓިލިޓީ ކުންފުނިތައް އުފެއްދުމުގެ ބޭނުމަކީ ކަރަންޓުގެ އަގުބޮޑު ކުރުން ކަމުގައި ބަޔަކުދެކެނީ އަގުބޮޑުނުކޮށް ކަރަންޓުގެ ޚިދުމަތް ދިނުަމަށް އެކުންފުނިތަކުން މިހާތަނަށް ކުރަމުންދާ އެއްވެސް ކަމެއް ގެ އެދެވޭ ނަތީޖާއެއް ނުނެރޭވުނީމަކަމަށް ވެދާނެއެވެ.

ސިޔާސީ ހަރުކަށި ޢަމަލުތަކުން ލިބޭނީ ގެއްލުމާ އަނިޔާ ފިޔަވައި ދެން ކޮންއެއްޗެއްތޯއެވެ؟

ރައްޔިތުންގެ މަޖިލީހުގެ ރައީސާ ނާއިބު ރައީސަކީ ރައީސުލްޖުމްޙޫރިއްޔާ އާއި ރައީސުލްޖުމުޙޫރިއްޔާގެ ނާއިބުގެ ފެންވަރު ބޭފުޅުންކަމުގައި ހަމަޖައްސަވަން ބޭނުންވުމުން މަޖިލީހުގެ މެޖޯރިޓީ ލީޑަރާއި، މަޖިލީހުގެ މައިނޯރިޓީ ލީޑަރަކީ ވަޒީރުންގެ ފެންވަރުގެ 2 ބޭފުޅުން ކަމުގައި 2010 ވަނަ އަހަރުގެ 2 ވަނަ ދަޢުރުގެ 4 ވަނަ ޖަލްސާގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އިޢުލާން ކުރައްވައިފި

 

އެމްޑީޕީ ގެ ޗެއަރޕާޝަން ގެ މަޤާމު އަލުން ހޮވުމާއި، އިބްރާ އެމްޑީޕީ އަށް އެނބުރިއައުން އިއްތިފާޤެއްބާ؟


އެސް އެލް ޕީ ގެ ފައުންޑަރ އިބްރާހިމް އިސްމާޢީލް އެނބުރި އަލުން އެމްޑީޕީ އާއި ގުޅިވަޑައިގަތުމަކީ އެމްޑީޕީ އަށް ލިބުނު ކާމިޔާބެއް ކަމަށް އެއްބަޔަކު ބުނާއިރު އަނެއް ބަޔަކު ބުނަނީ މިދުވަސްވަރާ ދިމާކޮށް އިބްރާ ޕާޓީއާއި ގުޅިވަޑައި ގަތުމުގެ ފަހަތުގައި ގިނަކަންތައްތަކެއް އޮތްކަމަށެވެ. ބައެއް ބޭފުޅުން ވިދާޅުވާ ގޮތުން ނަމަ، އިބްރާ ކުރިން ވަކިވެ ވަޑައިގަތީ ޕާޓީގެ ރައީސަކަށް ހުންނަވާ ރައީސްގެ ބަހަށް ވުރެ ޕާޓީގެ އޭރުގެ ޗެއަރޕާޝަން މިހާރުގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ގެ ބާރު މާބޮޑަށް ޕާޓީގެ އެތެރޭގައި ގަދަވުމުގެ ސަބަބުން ކަމަށެވެ އެކަން އެގޮތަށް ހިނގަމުން ދިޔަކަން އޭރުގެ ސިޔާސީ ހަޤީގަތަކަށް ވެދާނެއެވެ.

ދާދި މިދާކަށް ދުވަހު މިވަނީ އެތެރޭގެ އިންތިހާބުގައި ޕާޓީގެ ރައީސް އާއި ނާއިބު ރައީސް ގެ މަޤާމަށް ދެބޭފުޅަކު އިންތިހާބު ކުރައްވާފައެވެ. މެންބަރުންގެ ފުރިހަމަ އިތުބާރު ލިބިފައިމިވަނީ ދެމަޤާމަށްވެސް އައްޑޫ ސިޓީއަށް ނިސްބަތްވާ ދެބޭފުޅުންނަށެވެ. ދެން އޮތް އެންމެ މުހިންމު މަޤާމު ކަމަށްވާ ޗެއަރޕާސަން ގެ މަޤާމަށް ބޭފުޅަކު ހޮވުމުގެ ފުރުޞަތު ބޯމަތިވަމުން އަންނައިރު އެކަމަށް އިބުރާ ވެސް ފަރިވަމުން އަންނަ ކަމުގައި ބައެއްފަރާތްތަކުން ޤަބޫލުކުރެއެވެ.

އެމްޑީޕީ ގިނަ މެންބަރުން ޤަބޫކުކުރާ އެއްކަމެއް މިހާރުވަނީ ވަރަށް ރަނގަޅަށް ހާމަވެފައެވެ. ބަދަލެއް ބޭނުންވާ ކަމަށާއި ބަދަލަކީ ކުރިން ކަންކުރި މީހުންނޫން އެހެން ބަޔަކު ލީޑަރޝިޕަށް ފުރުޞަތު ދިނުމުން ނޫނީ ޕާޓީ އިތުރަށް ހަރުދަނާނުވާނެކަމަށެވެ.
އިބްރާ އަކީ ހަރުދަނާ ޤާބިލު ބޭފުޅެއް ކަން ޔަޤީނެވެ އެހެން ނަމަވެސް މެންބަރުން ގެ ހިތުގައި ޖައްސާ ޕާޓީ ދޫކޮށްލާފައި މުހިންމު ދަނޑިވަޅުގައި އިބްރާ ވަޑައިގަތުން އަދިވެސް މެންބަރުންގެ ހިތްތަކުން ފިލައިގެން ނުދާކަމަށް ބައެއް މެންބަރުން ހާމަކުރެއެވެ.

ތިމަރަފުށީ ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާގެ ބަހުންނަމަ އެމްޑީޕީ ގެ ޗެއަރޕާޝަން ކަމުގެ މަޤާމަށް ހުޅުހެންވޭރު ދާއިރާގެ މެންބަރު ރީކޯ މޫސާ މަނިކު ކުރިމަތިލާނެކަމަށް އިއުލާންކުރުމުން އޭނާއކީ އެފަދަ މަޤާމަކަށް ކުފޫ ހަމަވާ ބޭފުޅެއް ނޫންކަމަށް ބުނެ ފާޅުގައި ދެކޮޅުހައްދަވާފައެވެ.

ކޮންމެ ގޮތަކަށް ކަންތައް ދިއަނަމަވެސް ޗެއަރޕަރޝަން ގެ މަޤާމަށް އިބުރާ ވާދަކުރައްވާނެކަމަށް ގިނަބަޔަކު ޤަބޫލުކުރާ ފަދައިން ބަދަލެއްކަމަށް ދެކިގެން ޗެއަރޕާޝަން ގެ މަޤާމަށް އިބުރާއަކީ ބަދަލެއްކަމަށް ނުދެކޭ ގިނަ މެންބަރުންތަކެއް ތިބޭނެކަންވެސް ޤަބޫލުކުރަން ޖެހެއެވެ. ޚިޔާލަކީ ތަފާތުއެއްޗެކެވެ މިޚިޔާލާ މުޅިން ތަފާތުކޮށް ކަންހިނގުމަކީ ވެސް ހަމަ ނުވެ ނުދާނެކަމެއް ދޮގެއްތޯއެވެ.

About this website

Khassa Majilis Web
Haveeru Daily
Aafathis
Miadhu
Jazeera.mv
Haama.com
Minivan Radio
DO Web
Minivan News
Minivan Daily

OTHER NEWS

Majilis.Gov
HRCM Web
President's Office
Maldives Web
MSN
CNN
BBC
Amnesty.org
Directory

M.D.P Web
Maldives Culture
kavaasaa.com
Thasmeen.org

2004 - 2011 Sameer
Email:majlisa10@gmail.com
Site created by: Sameer