Live MSN
Download
Dhivehi Fonts
Sign My Guest Book
View My Guest Book
Video Interview and
Messages & News
:  
ތިންބާރު ވަކިކޮށްފައިވާ ރިޔާސީ ނިޒާމެއްގައި، ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތަކުގެ ތެރެއަށް ސިޔާސީ މަޤުޞަދެއް ޙާސިލުކުރުމަށް، ސަރުކާރުގެ މަސައްކަތުގެ މަސްޢުލިއްޔަތު ތައް ވައްދަން މަސައްކަތްކުރަމުން ދާކަމީ މިއަދު ހިތާމަކުރަން ޖެހޭކަމެއް . ސަމީރު

ނޫސްވެރިންނަށް ހަމަލާދިނުމަކީ މިނިވަން ނޫސްވެރިކަން ނައްތާލުމަށް ދެވޭ ހަމަލާތެކެއް ކަމަށް މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން ]އެމްޖޭއޭ[އިން ސިފަކޮށް މިއަދު ބަޔާނެއް ނެރެފި އެވެ.

ޗެކް ރިޕަބްލިކްގެ ރައީސް ނަހަމަ ގޮތުގައި ގަލަމެއް ހޯއްދެވި ގޮތުގެ ވީޑިއޯ އެއް ޔޫޓިއުބުގައި އާންމުވެއްޖެ.

ތިލަފުށި ހިއްކުން ހުއްޓާލަން އެންގި މައްސަލައިގައި ތިލަފުށި ކޯޕަރޭޝަނުން އޭސީސީގެ މައްޗަށް ދައުވާކޮށްފި

ޒަމާނީ ޓެކްނޮލެޖީ ގެ ބޭނުން ހިފުމުގައި ކޮންމެ މީހަކީ ވެސް ތިމާގެ އަމިއްލަ އިހުމާލަށް ފުރިަހަމައަށް ޒިންމާވާންޖެހޭނެ މީހެއް.

 

ރާއްޖޭގެ ޑިމަކްރަސީ މިވަނީ ތެދާ، ދޮގު ދެނެގަންނާނެ މެޝިނެއްގެ އެހީއަށް ބޭނުންވެފ

 

 


ކަރަންޓް ގެ އަގުބޮޑުވުމަކީ ކޮންމެ ރައްޔިތަކަށްމެ އެކަމުގެ ޚަރަދު
ބޮޑުވެގެންދާނެކަމެއް.

ސަރުކާރުން ޔުޓިލިޓީ ކުންފުނިތައް އުފެއްދުމުގެ ބޭނުމަކީ ކަރަންޓުގެ އަގުބޮޑު ކުރުން ކަމުގައި ބަޔަކުދެކެނީ އަގުބޮޑުނުކޮށް ކަރަންޓުގެ ޚިދުމަތް ދިނުަމަށް އެކުންފުނިތަކުން މިހާތަނަށް ކުރަމުންދާ އެއްވެސް ކަމެއް ގެ އެދެވޭ ނަތީޖާއެއް ނުނެރޭވުނީމަކަމަށް ވެދާނެއެވެ.

ސިޔާސީ ހަރުކަށި ޢަމަލުތަކުން ލިބޭނީ ގެއްލުމާ އަނިޔާ ފިޔަވައި ދެން ކޮންއެއްޗެއްތޯއެވެ؟

 

ރައްޔިތުންގެ މަޖިލީހުގެ ރައީސާ ނާއިބު ރައީސަކީ ރައީސުލްޖުމްޙޫރިއްޔާ އާއި ރައީސުލްޖުމުޙޫރިއްޔާގެ ނާއިބުގެ ފެންވަރު ބޭފުޅުންކަމުގައި ހަމަޖައްސަވަން ބޭނުންވުމުން މަޖިލީހުގެ މެޖޯރިޓީ ލީޑަރާއި، މަޖިލީހުގެ މައިނޯރިޓީ ލީޑަރަކީ ވަޒީރުންގެ ފެންވަރުގެ 2 ބޭފުޅުން ކަމުގައި 2010 ވަނަ އަހަރުގެ 2 ވަނަ ދަޢުރުގެ 4 ވަނަ ޖަލްސާގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އިޢުލާން ކުރައްވައިފި

 

މިހާރުކުރަމުންދާ މުޒާހަރާތަކުގެ ނިޔަތާމެދު ރައްޔިތުން ނިންމާނީ ކޮންގޮތެއްބާވައެވެ.

އެއްބަޔަކު ޒުވާނުންގެ ނަމުގައި ރައްޔިތުން ފަނާވާތީއެވެ އަނެއް ބަޔަކު ރައްޔިތުންގެ ނަމުގައި އަމާން ދިވެހިރާއްޖެއަކަށެވެ
ދެފަރާތުންވެސް ހަމަ ރައްޔިތުންގެ ހައްގުގައެވެ ދެފަރާތުންވެސް މުޒާހަރާއަށް ހަމަ ނިކުންނަނީ ހަމަ ރައްޔިތުންނެވެ އެހެނަސް ތަފާތު ހައިސިއްޔަތުންކަން ޔަޤީނެވެ.

ރައްޔިތުންނަށް ދަތި އުދަގޫ ނުކުރުމަށް އެއްބަޔަކު ކޮވާއިރު އަނެއްބަޔަކު ވެސް ގޮވަނީ ރައްޔިތުން ބަނޑަށް ނުޖެއްސުމަށެވެ ދެ ކަންތައްވެސް ވަރަށް މުހިންމު އެހެންނޫންތޯއެވެ. ދެގޮތްވެސް ބޭނުންވަނީ ވެސް އަދި ބޭނުން ނުވަނީ ވެސް ހަމަ ދިވެހި ރައްޔިތުންކަން ކަށަވަރެވެ

ދެފަރާތުންވެސް ކުރަމުންދާ މުޒާހަރާގައި ދެފަރާތުން ވެސް ބުނަމުން ދަނީ އެބޭފުޅުން އެ ކުރައްވަމުން ގެންދަވާ މުޒާހަރާއަކީ އެއްގޮތަކަށް ވެސް ސިޔާސީ މުޒާހަރާއެއް ނޫންކަމަށެވެ އެކަމަކު އެއްބަޔަކު ގޮވަމުންދަނީ ސަރުކާރު އިސްތިޢުފާއަށާއި، ރައީސް ނަޝީދުގެ އިސްތިޢުފާއަށް ކަމަށް ވިއަސް އަދި ރައީސް ނަޝީދުގެ ފޮޓޯފުޅު ކާޓޫނު ގޮތުގައި ހަދައިގެން ގެނަ ގުޅެމުން ދާއިރުވެސް އަދި ބޭރު ދުނިޔޭގައި އެ ހަބަރުތައް ސަރުކާރާ އިދިކޮޅަށް ހަރަކާތްތެރި ވަމުންދާ ކަމަށް ބަޔާންކޮށް ޒެޑް ޑީއާރުޕީ ގެ ޒައީމުގެ އިސްތަރުޖަމާން ވިދާޅުވުމުންވެސް އެމުޒާހަރާ ސިޔާސީ ނުވާނެކަމުގައި އެބޭފުޅުން ތަކުރާރުކޮށް ވިދާޅުވަމުން ގެންދެއެވެ

ތަކެތި އަގުބޮޑުވުމާއި ޑޮލަރު އަގު މައްޗަށް ޖެއްސުމަކީ ސީދާ ސަރުކާރުން ގަސްތުގައި ރައްޔިތުންނަށް އުދަގޫކޮށް ޖެއްސުން ކުރުމަށް ކުރިކަމެއް ކަމުގައި ބުނެ އަޑުއުފުލަމުންދާ ޒުވާނުން ނަމުގައި އެހެނަސް ވަކި ސިޔާސީ ފިކުރުތަކަކަށް ތަބާވާ ހާއްޞަކޮށް ސަރުކާރާ އިދިކޮޅު ފަރާތްތައް އިއްތިފާުގުން ނަމަވެސް މިތިބީ ހަމަ އެއް ޕުލެޓްފޯމަކަށް އެރިފަކަމަށް ވަނީއެވެ އެހެނަސް އެއީ އެބޭފުޅުން ަސްތުގައި ކުޅަކަމެއްނޫންކަމަށް ވެދާނެތާއެވެ.

މުޒާހަރާ ކުރަމުންދާ މަގުޞަދުކަމަށް ބުނާ މަގުޞަދު ރައްޔިތުންނަށް ވަރަށް ވެސް މުހިންމެވެ އެހެން ނަމަވެސް އެމަގުޞަދުގައި މުޒާހަރާ ކުރަން ފެށުމުގެ ކުރިން އެފަދަ ފަރާތްތަކުން އެބޭފުޅުން ރައްޔިތުންނަށްޓަކާ އެހާ ކަންބޮޑުވާ މައްސަލަ އަކާމެދު އެކަން ހައްލުކުރުމަށް މަގުމައްޗަށް ނިކުތުމުގެ ކުރީން އެކަންކަމާ މެދު ސަރުކާރާއި ރައީސް ނަޞީދާ ކުރިމަތިލާން ކެރިވަޑައި ނުގަތީ ކީއްވެބާވައެވެ މަގުމަތީން މުޒާހަރާއިން އެ ކަންބޮޑުވުން ސަރުކާރަށާއި ރައީސް ނަޞީދަށް އަޑުއިއްވަން ކުަރަމުންދާ މަސައްކަތުގައި ރައީސް ނަޞީދު ވިދާޅުވަނީ އެމަނިކުފާނަށް އެފަދަ އަޑެއް އިވިވަޑައި ނުގަންނަވާކަމަށެވެ ކިހާދެރަތޯއެވެ ރައްޔިތުން އިންތިހާބުކުރި ރައީސަކު ރައްޔިތުންގެ އަޑު އިވިވަޑައި ނުގަންނަވާކަމަުގައި އެވިދާޅުވަނީ ފަހަރުގައި ރައްޔިތުން އިންތިހާބުކުރި ރައީސަކަށް އަޑު އިއްވަން ޖެހޭގޮތަށް އެކަން ނުކުރީމާ ކަމަށް ވެދާނެބާވައެވެ ވަރަށް ބޮޑު ސުވާލެއް ދޮއްތޯއެވެ؟

ކުއްކުރުން ހުއްޓުވަން ބޭނުންވެގެން މުޅިގައުމާއި ރައްޔިތުންގެ އެދުމުގެ އަޑުއަހާނެކަމަށް ބުނެ ކަމާބެހޭ ހުރިހާ ފަރާތްތަކަކުން އެއްބަސް ވެގެން ތައްޔާރުކުރި ސަންސެޓް ޤާނޫނު ފަނުފުލުން ދުއްވާލީ ކޮންބަޔަކު ކަން ރައްޔިތުންނަކަށް ނޭންގޭނެކަމަށް ހީކުރުމަކީ މިއަދު ވަރަށް ހަމަނުޖެހޭކަމެއްކަން ޔަޤީނެވެ މިއަދުވެސް މިފެންނަނީ އެއްރައްޔިތެއްގެ ކަކުޅުހުޅުން ބުރިކޮށްލިވާހަކަޔާއި އަނެއްރައްޔިތެއްގެ އަތުގެ ކުޑަހުޅުން ބުރިކޮށްލި ވާހަކައެވެ އެއްވެސް ކަންބޮޑުވުމެއް ނެތް އެހެންނޫންތޯއެވެ.
މަގުމަތީން މުޒާހަރާއިން ރައީސް ނަޞީދަށް އަޑު އިއްވަން ކުރަމުންދާ މަސައްކަތުގައި އެންމެ ފަހުން ހަމައެގޮތަށް މަގުމަތީން މުޒާހަރާއިން ރައީސް ނަޞީދުވެސް ޖަވާބުދާރީ ވީތަން ދާދި ފަހުން މިވަނީ އަޑުއިވިފަ ކަމަށް ވެދާނެއެވެ ނަމަވެސް އެ ޖަވާބަށް ފަހުވެސް ޒުވާނުންގެ ނަމުގައި ނަމަވެސް ވަކިފިކުރެއްގެ ސިޔާސީ ބަޔަކު އެކަމެއް ބަލައެއް ނުގަތެވެ ދެންވާނީ ކިހިނެއްތޯއެވެ. ދެ

މުޒާހަރާއަށް ވެސް ނުނިކުންނަ ދިވެހިރައްޔިތުން ތަކެއް އެބަތިބި ނޫންހެއްޔެވެ އެފަދަ މީހުންގެ ފިކުރަކީ ކޮންފަރާތަކަށް ބުރަވާ ފިކުރެއްކަމަށް މުޒާހަރާ ކުރާ ދެފަރާތުންކުރެ އެއް ފަރާތުން ވެސް ބުނުމުގެ ޖާގައެއް ނޯންނާނެކަން ޔަޤީންނެވެ. އަދި ހަމަ ފުލުހުން ކޮންމެ ރެއަކު ނުކުމެ އެމީހުންގެ ރައްޔިތުންނާ ދެކޮޅަށް ޤާނޫނުތަންފީޒުކުރަން ޖެހުމުން އެކަމުން ވެސް ގޯސްވާނީ އެކަން ކުރާ ފަރާތެއް ހެއްޔެވެ. ނޫނީ ޤާނޫނާއި ޤަވާއިދާއި ޚިލާފުވާ ފަރާތްތައް ހެއްޔެވެ. ކޮންމެ ގޮތެއްވީނަމަވެސް ބޮޑު މައްސަލައެއް އެބަހިންގަމުންދާކަން ޔަޤީންވެއެވެ ހައްލުކުރާނެ ގޮތެއް މިވަނީ ހޯދަން ޖެހިފައެވެ. ހައްލަކީ ދިވެހި އެންމެހާ ކުދިބޮޑު ރައްޔިތުން އެކުގައި އެއްތަނަކަށް އެއްގަޑިއެއްގައި ނިކުމެގެން ހައްލުވާނަމަ، ދެން ކުރަންވީ ކަމަކީ އެކަންނޫންތޯއެވެ ކޮންމެ ގަޮަތަކަށް ނަމަވެސް މިޤައުމު އަމާންކަންމަތީ އޮވެގެން މެނުވީ އެއްކަމެއް ވެސް ރަނގަޅެއް ނުކުރެވޭނެކަން ޔަޤީނެވެ. މިނިވަން ކަމުގެ ވެސް ހައްދެއް އޮންނަންވާނެއެވެ ހުދޫދެއްވެސް އޮންނަންވާނެތާއެވެ. ހުސް މިނިވަނުންނެވެ އަޅުވެތި އެންމެ ރައްޔިތަކުވެސް ނެތެވެ އެހެންނަމަވެސް މިނިވަންކަން އަދިވެސް ބޭނުމެވެ.


About this website

Khassa Majilis Web
Haveeru Daily
Aafathis
Miadhu
Jazeera.mv
Haama.com
Minivan Radio
DO Web
Minivan News
Minivan Daily

OTHER NEWS

Majilis.Gov
HRCM Web
President's Office
Maldives Web
MSN
CNN
BBC
Amnesty.org
Directory

M.D.P Web
Maldives Culture
kavaasaa.com
Thasmeen.org

2004 - 2011 Sameer
Email:majlisa10@gmail.com
Site created by: Sameer