Download
Dhivehi Fonts
Sign My Guest Book
View My Guest Book
Video Interview and
Messages & News
:  
ތިންބާރު ވަކިކޮށްފައިވާ ރިޔާސީ ނިޒާމެއްގައި، ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތަކުގެ ތެރެއަށް ސިޔާސީ މަޤުޞަދެއް ޙާސިލުކުރުމަށް، ސަރުކާރުގެ މަސައްކަތުގެ މަސްޢުލިއްޔަތު ތައް ވައްދަން މަސައްކަތްކުރަމުން ދާކަމީ މިއަދު ހިތާމަކުރަން ޖެހޭކަމެއް . ސަމީރު

މަޖިލީހުން ޖޭ.އެސް.ސީ އަށް ކަނޑައަޅުއްވާ ފައިވާ މެންބަރުގެ ޒިންމާ އަދާނުކުރާނަމަ، އެމަޤާމުން ވަކިކުރަންޖެހެއެވ

 

އެމްޑީޕީ ގެ ތެރޭގައިހުރި ނޭދެވޭ ކަންކަމާމެދު ފާޑުކިއުމަކީ މައްސަލައެއް ހެއްޔެވެ.

މިފަހަރު ހިތާރޫހުން އެމްޑީޕީ އަށް މިއައީ ޢަބްދުﷲ ޢަބްދުއްރަޙީމް.
2011 May 23

 

މަޖިލީހުގެ މެޖޯރިޓީ ވެރިކަންކުރާ އެމްޑީޕީ އަށް ލިބުމުން ދެންކުރާނީ ކޮންކަމެއްބާވައެވެ؟

 

ޑީއާރުޕީ ގެ ޑެޕިއުޓީ ލީޑަރ ޢަލީ ވަޙީދު އެމްޑީޕީ އާއި ނުގުޅެންވީ ސަބަބެއްނެތެވެ.

ސިޔާސީ ގޮތުން މުވައްޒަފުން އަރުވާލުމަކީ 30 އަހަރުގެ ވެރިކަމުގެ ސިޔާސަތެކޭ ބުނެއުޅެއެވެ.

 

 

އެމްޑީޕީ ގެ ޗެއަރޕާޝަން ގެ މަޤާމު އަލުން ހޮވުމާއި، އިބްރާ އެމްޑީޕީ އަށް އެނބުރިއައުން އިއްތިފާޤެއްބާ؟

މިހާރުކުރަމުންދާ މުޒާހަރާތަކުގެ ނިޔަތާމެދު ރައްޔިތުން ނިންމާނީ ކޮންގޮތެއްބާވައެވެ.

 

 

އިސްލާމްދީނަށް ފުރައްސާރަކުރަން އެއްވެސް މީހަކަށް ފުރުޞަތު ދެވިގެންނުވާނެ.

ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތުން ޤާނޫނުއަސާސީ އާއި މަޖިލީހުގެ ޤަވާއިދާއި ޚިލާފަށް މަޖިލީހުގެ ކަންކަން ކުރަމުންގޮސް އެންމެ ފަހުން ރައްޔިތުންގެ މަޖިލީހުގައި ، ދިވެހި ދަޢުލަތުގެ ދީންކަމުަގއިވާ މާތްވެގެންވާ އިސްލާމްދީނަށް ވެސް ޤާނޫނުއަސާސީއާއި ޚިލާފަށް ފުރައްސާރަ ކުރުމުގެ ފުރުޞަތު މަޖިލީހުގެ ރިޔާސަތުންދީ އެފަދަ ބައްދަލުވުމަކަށް މަޖިލީހުގެ މެންބަރުންނަށް ދަޢުވަތުދީގެން ގެނެސްގެން ކުރައްވަމުން މިގެންދަނީ ކޮންފަދަ ނުރައްކާތެރި ޖަރީމާއެއްތޯއެވެ

ދިވެހިރާއްޖޭގެ އެންމެހާ ރައްޔިތުންނާއި ދިވެހިރާއްޖޭގައި އުޅޭ އެންމެހާ ފަރާތްތަކުގެ މައްޗަށް ވެސް ޤާނޫނުއަސާސީ ލާޒިމުކުރަނީ ޤާނޫނުއަސާސީއަށް ހުރުމަތްތެރިކޮން ހިތުމަށެވެ އަދި ޤާނޫނުއަސާސީގައި ދިވެހި ދަޢުލަތުގެ ދީނަކީ އިސްލާމްދީނުކަމަށާއި، އިސްލާމް ދީނުގެ އަސްލަކާ ޚިލާފަށް އެއްވެސް ޤާނޫނެއް ނުހެދޭނެކަމަށާއި، އަދި އިސްލާމްދީނަކީ ޤާނޫނުއަސާސީ މައިގަނޑު މަސްދަރު ކަމުގައި ބަޔާންކޮށް ފައިވަނިކޮށް، ޤާނޫނުއަސާސީ އުފަންކުރި ބިނާގައި ތިބެގެން އިސްލާމްދީނަށް ފުރައްސާރަކޮށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާ މުހާތަބުކޮށް، އިސްލާމްދީނަށް އެއްވެސް އިހްތިރާމްކުރުމެއްނެތި ، ދީނީ ބައިބައިވުންތައް އުފެއްދުމަށް ހިއްވަރަކަށްވާ ފަދަ ވާހަކަތައް ދެއްކުމަށް ފުރުސަތު ދިންކަމީ އިދިކޮޅު ޕާޓީތަކަށް ނިސްބަތްވާ މެންބަރުން މަޖިލީހުގެ ރިޔާސަތުގައި ތިއްބަވައިގެން ކުރެއްވި ވަރަށް ނުރައްކާތެރި ޖަރީމައެއްކަމަށްވާތީވެ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުގެ ހައިސިއްޔަތުން ދިއްދޫ ދާއިރާގެ ރައްޔިތުންގެ ނަމުގައި މިޢަމަލު ވަރަށްބޮޑަށް ކުއްވެރިކުރަމެވެ

ދުނިޔޭގެ ހިއުމަން ރައިޓްސް ކޮމިޝަންގެ މެންބަރުކަށް ރާއްޖޭގެ ހިއުމަންރައިޓްސް ކޮމިޝަނަށް ލިބުމަކީ އިސްލާމްދީނާ ދެކޮޅުވެރި ވާހަކަތައް ދުނިޔޭގެ ހިއުމަން ރައިޓްސް ކޮމިޝަނުގެ ވެރިން ރާއްޖެއައިސް ދެއްކުމަށް ހުޅުވިގެން ދިޔަ ދޮރެއް ކަމުގައި ދެކި އެފަދަ ޢަމަލުތައް ދިވެހިރާއްޖޭ އެއްވެސް ތަނެއްގައި ހިންގުމަށް އެއްވެސް ފުރުޞަތެއް ދެވިގެނެއް ނުވާނެއެވެ
ރައްޔިތުންގެ މަޖިލީހުގައި މަޖިލީހުގެ މެންބަރުންނާ މުހާތަބުކޮށް އެއްވެސް ގޮތަކުން ތަޤްރީރުކުރުމަށް އެއްވެސް ފަރާތަކަށް ފުރުޞަތެއް މަޖިލީހުގެ ރިޔާސަތުން ބޭނުންވީމާ ދެވޭނެކަމަކަށް ޤަބޫލެއް ނުކުރެވެއެވެ
އިންސާނީ ހައްގުތައް ހިމާޔަތްކުރާ ދުނިޔޭގެ ޖަމާޢަތުގެ ވެރިއަކަށް ހުރެ ޕިއްލޭ އަށް މުސްލިމުންގެ ހައްގުތަކަށް އިހްތިރާމު ނުކުރެވޭނަމަ، އޭނާއަކީ އެފަދަ މަޤާމަކަށް ކުފޫހަމަވާ މީހެއްކަމުގައި މުސްލިމް ދިވެހިރައްޔިތުން ނުދެކޭނެކަމުގައި ޤަބޫލުކުރަންޖެހޭނެއެވެ

އަދި ދާދި ފަހުން މަޖިލީހުގެ މެންބަރަކު ހިމެނޭ ގޮތަށް ހިއުމަން ރައިޓްސް ކޮމިޝަންގެ ފަރާތުން ވެސް ބައިވެރިވި އެއިޑްސް އާއި ދެކޮޅަށް ނޭޕާލް ގައި އޮތް ކޮންފަރެންސަކީ ވެސް ނަމެއްގައި އެއިޑްސް އާއި ދެކޮޅަށް ކަމަށް ބުނެ މި ކޮންފަރެންސް ގައި އޮތީ އެއްޖިންސުން ގުޅުން ހިންގާ މީހުންނާއި ޖިންސީ ވިޔަފާރި ހިންގާ މީހުންގެ ހައްގުތައް ހޯދުމަށް ކަމަށްވާއިރު އެންމެ ނުރައްކާތެރި ކަމަކީ އެއްޖިންސުން ޖިންސީ ގުޅުން ހިންގާ މީހުންގެ ފަރާތުން މަދަނީ ޖަމުޢިއްޔާ އަކުން ދިވެހިރާއްޖެ ތަމްސީލުކުރާ ފަރާތެއްކަމަށް ބުނެ ދިވެއްސަކަށް ވަނީ ޔޫ އެން އިން ފުރުޞަތުދީފައެވެ އަދި އެކޮންފަރެންސްގައި ބައިވެރިވި ދިވެހި ޑެލިގޭޝަން ގައި ނުހިމެނޭ މީހަކު އޮޅުވާލުމުގެ ތެރެއިން އެންމެ ފަހުވަގުތު ދިވެހި ޑެލިގޭޝަނާއެއްތަނެއްގައި އިށީިނުމުގެ ފުރުޞަތުވެސް ވަނީ އެކަން އިންތިޒާމުކުރި ފަރާތުން ހަމަޖައްސާފައެވެ. މިކަމާ ރާއްޖޭގެ ހިއުމަން ރައިޓްސް ކޮމިޝަނުން އެއްވެސް ބަހެއް ނުބުނެ ހަނުހުންނަވާކަމާމެދު ނުހަނު ކަންބޮޑުވަމެވެ

About this website

Khassa Majilis Web
Haveeru Daily
Aafathis
Miadhu
Jazeera.mv
Haama.com
Minivan Radio
DO Web
Minivan News
Minivan Daily

OTHER NEWS

Majilis.Gov
HRCM Web
President's Office
Maldives Web
MSN
CNN
BBC
Amnesty.org
Directory

M.D.P Web
Maldives Culture
kavaasaa.com
Thasmeen.org

2004 - 2011 Sameer
Email:majlisa10@gmail.com
Site created by: Sameer