|
|

ސްކޫލްތަކުގައި ހިންގާ އެކިއެކި
ޕުރޮގްރާމް ތަކުގައި ކުދިން ބައިވެރިކުރުމާމެދު ބެލެނިވެރިން ބިރުވެރިކަމެއްގެ
ތެރޭގައި
ދާދި ފަހުން ހިރިޔާ ސްކޫލް ގެ
ދަރިވަރުން ތިމާވެށީގެ ތަޖުރިބާތަކެއް ހޯދުމަށް ކުރި ކ. ހުރާގެ ދަތުރު
ވެގެން ދިޔައީ ، ދިވެހިންގެ ހަނދާނުން ފޮހެނުލެވޭނެ ފަދަ ނުރައްކާތެރި
ހިތާމަވެރި ހާދިޝާ އެއް ކުރިމަތި ކުރުވި ދަތުރަކަށެވެ.
މި ހިތާމަވެރި ހާދިޝާގައި އަޅުގަނޑުމެންނާ ވަކިވެގެން ދިޔަ ދެވިހި ދަރިންނަށް
މާތްﷲ ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވާށިއެވެ. އާމީން އަދި އެ ކުދިންގެ
ފުރާނަ ސަލާމަތް ކުރުމަށްޓަކައި ޤުރުބާންވި ހިރިޔާ ސްކޫލްގެ ޕްރިންސިޕަލް
އަކީ ނަމޫނާ ބަތޮލެއްކަމާމެދު އެއްވެސް ދިވެހިރައްޔިތަކު ދެބަސް ނުވާނެކަމީ
ހަޤީޤަތެއްކަން ޔަޤީނެވެ ، މާތް ﷲ މި އާއިލާތަކަށް ކެއްތެރިކަން މިންވަރުކުރައްވާށިއެވެ
އާމީން އަދި އާއިލާތަކަށް ދިމާވި ހިތާމައިގައިބައިވެރިވެ، އާއިލާތަކަށް
ތަޢުޒިޔާ ދަންނަވަމެވެ
މިހާދިސާއިން ލިބުނު ހިތާމައިގެ ތަޖުރިބާތަކުން ދިވެހި ސްކޫލްތަކުގެ ހިންގުމުގެ
އުޞޫލާއި ޢަމަލުކުރުން ލާޒިމުކުރާ ހަރުދަނާ ޤަވާއިދުތަކެއް ހަދާ އެޤަވާއިދުތަކާއި
އެއްގޮތަށް ކަންކަން ބަލަހައްޓައި އެކަން ބަލަން ޖެހޭ ފަރާތްތަކުން ސީދާ
ގޮތުން ޕިޒިކަލީ ބެލިގެން މެނުވީ އެކަންކަމަށް ހުއްދަ ނުދެވޭނެ ގޮަތްތަކެއް
ޤާއިމުކުރަން ވެއްޖެ ކަމާމެދު މިނިސްޓްރީ އޮފް އެޑިޔުކޭޝަން ސަމާލުވާން
ޖެހޭވަގުތު އަދިވެސް ނާދޭ ބާވައެވެ. ؟ ރަގަޅުވާހަކައެކެވެ ހާދިޝާ ހިގުމާއެކު
އެޑިޔުކޭޝަނުން ޤަވާއިދު ތަކެއް ހާދާފައި ހުރިކަމުަގެ ވާހަކަ ވަރަށް ބާރުލާފައި
ބުނިއަޑު އިވިގެން ދިޔައެވެ އެހެނެއްކަމަކު އެޤަވާއިދު އެއް ހަމައެކަނި
ކަރުދާހުގައި އޮތުމަކުން މިފަދަ ހިތާމަވެރި ހާދިޝާތައް ނުހިނގާނެކަމުގައި
މިނިސްޓްރީން ދެކިގެނެއް ނުވާނެނޫންްތޯއެވެ
ޤަވާއިދު ގެ ވާހަކަ ދައްކާ މިވަގުތުގައި ތަންކޮޅެއް ކުރީގެ ހަނދާނެއް އާކޮށްލާނަމެވެ.
މޯލްޑިވްސް އިލެކްޓްރިސިޓީ ބިއުރޯ އެއް އޭރުގެ ސަރުކާރުން ޤާއިމުކޮށްފައި
ދުވަސްކޮޅެއް ފަހުން އިވިގެން ދިޔައީ އިޢުލާނެކެވެ އެ އިޢުލާނުގައި ބުނަނީ
މިއަދުން ފެށިގެން ރާއްޖެއަށް އެތެރެކުރަންވާނީ އައި އެސް އޯ ސްޓޭންޑަރޑްގެ
ވަޔަރުނަރެވެ އެހެންކަމުން އެދުވަހުން ފެށިގެން ރާއްޖެއަށް އެތެރެކުރެވެންވާނީ
އެ ވިދާޅުވި ފެންވަރުގެ ވަޔަރު ނަރުނޫންތޯއެވެ އެހެނެއް ކަމަކު ރާއްޖެއަށް
އެތެރެކުރާ ވަޔަރު ނަރު ރާއްޖެއަށް އެތެރެކުރެވޭނީ ސީދާކަސްޓަމްސް ގެ ޗެކްކުރުމަށް
ފަހުގައި ކަމަށް ވިއަސް ކަސްޓަމްސްގެ ދޮރާށިން އެތެރވާއިރު އެވަޔަރުނަރަކީ
އައިއެސްއޯ ސްޓޭންޑަރޑް ގެ ވަޔަރު ނަރުތޯ ނުބަލާނަމަ، އެޤަވާއިދުން ކުރާނީ
ކޮންފައިދާއެއްބާވައެވެ. މިއަދުވެސް ބާޒާރުގައި ގިނައިން ލިބެން ހުރީ ފެންވަރުދަށް
ވަޔަރުނަރު ނޫންތޯއެވެ ކޮންބައެއްގެ ޒިންމާއެއްތޯއެވެ؟ ޤަވާއިދު ވަނީ ހެދިފަ
އެހެން ނޫންތޯއެވެ؟ އެކަމުން ކުރީ ކޮންފައިދާއެއްތޯއެވެ އެކަން ޢަމަލީ
ގޮތުން ނުކުރާނަމަ ނިކުންނާނީ ނޭދެވޭ ނަތީޖާކަން ޤަބޫލުކުރަން ޖެހެއެވެ
އެޑިޔުކޭޝަން މިނިސްޓްރީގައި ހަދާފައިހުރި ޤަވާއިދުތަކެއް ހުރެދާނެއެވެ
އެހެނެއްކަމަކު އެފަދަ ޤަވާއިދުތަކުގެ ތެރެއިންވެސް ސްކޫލް ކުދިންންގެ
ރައްކާތެރިކަމާއި ގުޅޭ ޤަވާއިދު ތަކަކީ ހާއްޞަގޮތެއްގައި ޢަމަލުކުރުން
ލާޒިމުކުރާ ޤަވާއިދުތަކެއްގެ ގޮތުގައި ހެދި އެފަދަ ހަރަކާތްތަކާއި ގުޅޭ
ޤަވާއިދުތައް އާންމުކޮން ދަރިވަރުންނަށާއި ބެލެނިވެރިންނަށް ފެންނާނޭހެން
ހުރުމާއި، އަދި އެފަދަ ހަރަކާތެއް ކުރިއަށް ގެންދިއުމުގެ ކުރިން ލިޔުމުން
ހުއްދަ ނަގަންޖެހޭ ފަރާތްތަކެއް ހުރުމާއި އެފަދަ ހުއްދައެއް ދިނުމުގެ ކުރިން
އެފަދަ ހަރަކާތެއް ހިންގުމުގައި ކުދިންގެ ރައްކާތެރިކަމަށްޓަކައި، ޢަމަލީ
ގޮތުން ބައިވެރިވާންޖެހޭ ފަރާތްތަކަކީ ކޮބާކަން ދެނެގަނެވި އެފަދަ ފަރާތްތަކުން
އެހަރަކާތުގައި ބައިވެރިވުމުގެ އުޞޫލެއް އޮންނަންވާނީ ހަމަޖެހިނިމިފައެވެ
މިސާލަކަށް ، ރަށުންބޭރަށް ކަނޑުހުރަސްކޮށް ދަތުރެއް ކުރަންޖެހޭނަމަ ސްކޫލްކުދިން
ގޮވައިގެން ދަތުރެއް ކުރެވެންވާނީ އެކަމަށް ފުރިހަމަ ކުރަންޖެހޭ ފޯމެއް
ފުރައި ކަމާބެހޭ ފަރާތްތަކުން ދީފައިވާ ހުއްދައެއްގެ ދަށުން މެނުވީ ރާއްޖޭގެ
އެއްވެސް ފުރާދުއްވާ އުޅަދެއްގައި ގިނަޢަދަކަށް ސްކޫލްކުދިން ގޮވައިގެން
ސްކޫލްތަކުން ބޭނުންވިއަސް ދަތުރެއް ނުކުރެވޭނެ ގޮތަށް ހަމަޖެހުމާއި، އަދި
ހަރަކާތުގައި ކުރަންޖެހޭ ކަންކަމަށް ބޭނުންވާ ޢަދަދަށް ލައިފްގާޑުން ތިބުމާއި،
ހަރަކާތުގެ މަޢުލޫމާތު ޕޮލިހުންނަށް ދެވިފައި އޮތުމާއި، އަދި ދަތުރު ދާރަށެއް
ގެ ކަމާއިބެހޭ ފަރާތްތަކަށް އެހަރަކާތެއްގެ މަޢުލޫމާތު ފޯރުކޮށްދީފައިވުމާއި،
އެކަމުގައި އެރަށަކުން ބައިވެރިވާނެ ފަރާތްތަކެއް ހަމަޖެހިފައި އޮތުމާއި
އަދި އެރަށެއްގެ ޕޮލިހުންގެ ސަމާލުކަމަށް އެކަން ގެނައުމާއި، ޓީޗަރުންގެ
ތެރެއިން ހަރަކާތުގައި ބައިވެރިވާ ޓީޗަރުންނަކީ ކަމުގެ ހުނަރާއި ތަމްރީނު
ލިބިފައިވާ ބަޔަކުތޯ ދެނެގަތުމާއި، ފަސްޓްއެއިޑް ގެ ގޮތުގައި ކުދިންގެ
އަދަދާއި އެކަށޭނެ އަދަދަށް މީހުންތިބުމާއި، ބެލެނިވެރިންގެ ތެރެއިން ބައިވެރިވާން
އެދޭ މީހުންނަކީވެސް އެފަދަ ހަރަކާތެއްގައި ބައިވެރި ވެވޭނެ މީހުންތޯ ބަލާ
ދެނެގަނެވޭނެ ގޮތަކަށް ބެލެނިވެރިން ފުރިހަމަ ކުރަންޖެހޭ ފޯމެއް ފުރިހަމަކޮށް
ދަތުރުގައި ބައިވެރިވާ އެންމެންގެ ފުރިހަމަ މަޢުލޫމާތާއި ކަމެއް ދިމާވެއްޖެނަމަ،
އަންގަންޖެހޭ ފަރާތްތަކުގެ މައުލޫމާތާއި، ހާދިޝާއެއް ހިނގާފިނަމަ އެހީއަށް
އެދި އެމެޖެންސީގައި ގުޅަންޖެހޭ ފަރާތްތަކަކީ ކޮބާތޯ ދެނެގަތުމާއި، ކަނޑުދަތުރުގައި
ކުދިންގެ ރައްކާތެރިކަމަށްޓަކައި، ދަތުރުކުރަމުންދާއިރު ޕޮލިހުންގެ ރައްކާތެރިކަމުގައި
ދަތުރުގެ މަންޒިލަށް ވާސިލުވަންދެން ޕުރޮޓެކްޓް ކޮށްދިނުމަށް ހަމަޖެހުމަކީ
މުސްތަޤުބަލްގައި މިފަދަ ހިތާމަވެރި ހާދިޝާއެއް އިތުރަށް ތަކުރާރުވެ ނުދިނުމަށްޓަކައި،
ކޮންމެހެން އަޅަންޖެހޭ ފިޔަވަޅުތަކެއް ކަމުގައި ދެކެމެވެ. ކަމެއް ހައްލުކުރެވޭނީ
ގިނަބައެއްގެ އެއްބާރުލުމާއި އެހީތެރިކަން ލިބިގެންކަން ޔަޤީނެވެ.
މިއީ އަޅުގަނޑުގެ ޚިޔާލެވެ މިޚިޔާލާ ތިބޭފުޅުންގެ ޚިޔާލު ކޮންމެހެން އެގޮތްވާކަށް
ނުޖެހެއެވެ އެހެނަސް އިހްތިރާމްކުރައްވާށެވެ.
|
About
this website
Khassa Majilis Web
Haveeru Daily
Aafathis
Miadhu
Jazeera.mv
Haama.com
Minivan
Radio
DO
Web
Minivan
News
Minivan Daily
|