|
|

ރައީސުލްޖުމްޙޫރިއްޔާ މުޙައްމަދު
ނަޝީދު ވެރިކަން ކުރަންޖެހެނީ އިދިކޮޅު ފަރާތްތައް ބޭނުންވާ
ގޮތަށް ހެއްޔެވެ.؟
ޑީއާރުޕީ ލީޑަރ އަހްމަދު ތަސްމީން ޢަލީ އާއެކު ރައީސުލްޖުމްޙޫރިއްޔާ މުޙައްމަދު
ނަޝީދު ކުރެއްވި މަޝްވަރާތަކުގައި ވެވަޑައިގެން އެއްބަސްވުންތަކަކީ ނުހަނު
ބޮޑަށް އެމްޑީޕީ އާއި ރައީސް ނަޝީދު އެ މަޤާމަށް އިންތިހާބުކުރެއްވުމަށް
ވޯޓުދެއްވި ދިވެހިރައްޔިތުން ކަންބޮޑުވާން ޖެހޭ ކަމެއްކަމުގައި ޤަބޫލުކުރަން
ޖެހެއުކެވެ
ވެރިކަމަށް ވަޑައިގެންނެވީ ރައްޔިތުންނަށް އެތަކެއް ވަޢުދުތަކެއް ވެވަޑައިގެން
ކަމަށްވެފައި، މިހާތަނަށް އެންމެ އެކަށޭނެ ގޮތުގައި ސަރުކާރުން އެ ވަޢުދުތައް
ފުއްދަވާ ނުދެއްވި އުޅެނިކޮށް އަނެއްކާ ވެސް ވަޢުދުތައް ފުައްދަވާ ދިނުމަށް
ހުރި މަގުތައް ހަނިވާގޮތަށް ރައީސް ނަޝީދު ވަނީ އިދިކޮޅު ލީޑަރ ތަސްމީނު
ބޭނުންފުުޅުވެލެއްވި ގޮތަކަށް ދަޢުލަތުގެ ބަޖެޓުގެ ޚަރަދު ކުޑަކުރެއްވުމަށާއި،
އަދި ކުރިއަށް އޮތް އަހަރުތަކުގައި ދަޢުލަތުގެ ބަޖެޓު މިހާރަށް ވުރެ ބޮޑުނުވާނެ
ގޮތަކަށް ބޭއްވުމަށް އެއްބަސްވެވަޑައިގެންފައެވެ
ކުރިއަށް އޮތީ އިންތިހާބީ އަހަރުތަކަށްވާއިރު، ވަޢުދުތައް ނުފުއްދަވާ ދެވޭނެ
ގޮތަކަށް ކުރިއަށް އޮތް ތިން އަހަރުގެ ބަޖެޓު އިދިކޮޅު ފަރާތްތައް ބޭނުންވާހާ
ގޮތަކަށް ކުޑަކޮށް ދެއްވަން އެއްވެސް ގޮތަކުން އެއްބަސް ވުމަކީ ރައީސް
ނަޝީދުގެ މުސްތަޤްބަލްގެ ވެރިކަމަށާއި، އަދި އެމްޑީޕީ ވެރިކަން ކުރުމަށް
އޮތް ފުރުސަތަށް އެޅިގެން ދިޔަ ވަރަށް ބޮޑު ހުރަހަކަށް ނޫނީ ނުވާނެ ނޫންތޯއެވެ.
ޤައުމުގެ ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ޤާނޫނީ ބާރުތަކާއި، ޤައުމު ހިންގުމުގެ
ބާރުތައް އިދިކޮޅު ފަރާތް ތަކުގެ ކޮންޓްރޯލްގެ މައްޗަށް ހިނގާދާނެ ގޮތަކަށް
ދެބޭފުޅުން ގެ މަޝްވަރާތަށް ކުރެވިގެން ދިއުމާއި، އަދި އެކަމަށް ރައީސް
ނަޝީދު އެއްބަސްވެ ވަޑައިގަތުމަކީ އެމަނިކުފާނު ކުރައްވަމުން ގެންދަވާ
ވެރިކަމުގެ ބާރުތަައް ނޭންގުމެއްގެ ތެރޭގައި އިދިކޮޅު ފަރާތްތަކުގެ އަތްމަތްޗަށް
ދެއްވުންނޫންހެއްޔެވެ
އަޅުގަނޑުމެންގެ އުންމީދާ ގުޅިފައިވާ ދާއިރާތަކުގެ އުމްރާނީ ތަރައްޤީއަށް
ހުރަސްއެޅޭ ފަދަ ގޮތަކަށް މުސްތަގުބަލް ބަނަވާނެ ގޮތަކަށް އަދި ސަރުކާރުގެ
ދުވެލި މަޑުޖައްސާލުމަށް ރައީސް އެއްބަސްވެ ވަޑައިގަތުަމަމީ 2013 އާއި
2014 ގެ އެމްޑީޕީ ގެ އުންމީދުތަކަށް އެޅިގެން ދިޔަ ވަރަށް ބޮޑުބަނަކަމެއް
ނޫންބާވައެވެ
ހަމަ ގައިމުވެސް އަޅުގަނޑު އެމްޑީޕީއަށް ނިސްބަތްވާ އަދި އެމްޑީޕީ ގެ ކުރިމަަގަށް
ކާމިޔާބަށް އެދޭ އަދި ދިވެހިރައްޔިތުންެ ދިރިއުޅުން ތަނަވަސް ވުމަށް އެދޭ
ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ހައިސިއްޔަތުން މިކަންކަމާ ނުހަނު
ބޮޑަށް ކަންބޮޑުވާކަން ނުހަނު ހިތާމަޔާއެކު ފާޅުކުރަމެވެ. އަދި މިފަދަ
ބަޖެޓަކަށް ރައްޔިތުން ނާއުންމީދީ ބަޖެޓަކަށް އަޅުގަނޑުގެ ވޯޓު ދިނުމާމެދު
ދެވަނަ ވިސްނުމަކަށް ދާންޖެހިދަނެ ކަމުގައިވެސް ހިތާމަޔާއެކު ދަންނަވަމެވެ،
އަޅުގަނޑު އެދެނީ ރައީސް ނަޝީދު ގެ މަސައްކަތްޕުޅަށް ކާމިޔާބު ލިބުމަށެވެ.
|
About
this website
Khassa Majilis Web
Haveeru Daily
Aafathis
Miadhu
Jazeera.mv
Haama.com
Minivan
Radio
DO
Web
Minivan
News
Minivan Daily
|