|
|

ރައްޔިތުންގެ މަޖިލީހުގައި ކަންކަން
ހައްލުކުރުމަށް އޮންނަ އުޞޫލު އޮޅުވާނުލައްވާށެވެ.
މިހާރު ހިނގަމުންދާ 17 ވަނަ ރައްޔިތުންގެ މަޖިލީހަކީ ހުރިހާ ގޮތަކުންވެސް
ވަރަށް ތަފާތު މަޖިލީހެއްކަން ޤަބޫލުކުރައްވާށެވެ. އަދި މަޖިލީހުގައި ހިނަގމުންދާ
ކަންތައްތަކަކީ ވެސް މުޅިންތަފާތު ކަންތައްތަކެއްކަން ވެސް މީ ފެންނަމުންދާ
ހަޤީގަތެއްނޫންތޯއެވެ.
މިދުވަސް ވަރު އެންމެ ގިނައިން ދެކެވޭ އެއްވާހަކަ އަކީ ރައްޔިތުންގެ މަޖިލީހުގެ
ޖަލްސާތައް މަދު މެންބަރުންކޮޅެއް ވެގެން ހުއްޓުވަމުންދާ ދިއުމަށް ހައްލެއް
ހޯދަން ޖެހިފައި އޮތްކަމެވެ
ދެން އުފެދޭ ބޮޑު ސުވާލަކީ ކުރިންވެސް މަޖިލީސް ބަޔަކު ހުއްޓުވިއޭ އެއްވެސް
ފިޔަވަޅެއް ނާޅައޭ މިއަދު ޑީއާރުޕީން ވަކިވެގަނެގެން އުޅޭ މީހުން މަޖިލިސް
ހުއްޓުވީމަކާ ފިޔަވަޅެއް ނޭޅޭނޭ ބުނާވާހަކައެވެ
އަޅުގަޑަކީ ، މަޖިލީސް ހިންގަންވާނީ ޤާނޫނުއަސާސީ އާއި މަޖިލީހުގެ ޤަވާއިދާ
އެއްގޮތަށް މަޖިލީސް ހިންގުމަށް އަޑުއުފުލާ ވަކާލާތު ކުރާ މީހެކެވެ ވަކި
ބަޔަކަށް ތަފާތުކުރުމެން ނެތިއެވެ
މަޖިލީހަކީ މަޖިލީހުގައި ދިމާވާ މައްސަލަތަށް ހައްލުކުރަުމަށް ހުރި މަގުތަކުން
އެ ހައްލު ހޯދުމުގެ ބަދަލުގައި ޑިޕްލަމެޓިކް ހައްލު ހޯދަން ޖެހޭ ތަނެއް
ނޫނެވެ
މަޖިލީހުގައި ދިމާވާ ކޮންމެ ކަމެއްވެސް ހައްލުކުރަންޖެހެނީ ޤާނޫނުއަސާސީ
އާއި މަޖިލީހުގެ ޤަވާއިދުގައި ބަޔާންކުރާ ގޮތަކަށް އެކަމެއް ހައްލުކުރުމެވެ
އަދި ޤާނޫނުއަސާސީ އާއި މަޖިލީހުގެ ޤަވާއިދުގައި ހައްލެއް ބަޔާން ކޮށްފައި
ނެތް ކޮންމެ ހާލަތެއްގައި އެކަމެއް ހައްލުކުރުމުގައި ޢަމަލުކުރާނީ ކިހިނެއްކަން
ކަޅާ ހުދުން ބަޔާންކޮށްފައިވަނީ ހަމަ މަޖިލީހުގެ ޤަވާއިދުގައެވެ ހައިރާންވަނިވި
ސުވާލެއް އެހެން ނޫންތޯއެވެ އިތުރަށް ތަފްޞީލް ކޮށްލާނަމެވެ
މަޖިލީހުގެ ޤަވާއިދުގައި ނެތްކަމެއް ދިމާވާ ކޮންމެ ފަހަރަކު ކަންކުރަން
ޖެހޭގޮތް މަޖިލީހުގެ ޤަވާއިދުގެ 216 ވަނަ މާއްދާގެ (ހ) އަދި (ށ) ގައި ބަޔާންކޮށްފައެވެ.
މަޖިލީހުގެ ޤަވާިދުގެ 216 ވަނަމާއްދާ " މި ޤަވާއިދުގައި ބަޔާންކޮށްފައިނުވާ
ކަމެއް ދިމާވެއްޖެނަމަ، ފުރަތަަމަ ބަލާނީ ރައްޔިތުންގެ މަޖިލީހުގެ ނިންމުންތަކުންނާއި،
ޢަމަލުކުރަމުން އައިސްފައިވާ އުޞޫލުންތަކުން، އެކަމަށް އެއްވެސް ހައްލެއް
ފެނޭތޯއެވެ. އެއިން ކަމަކުން އެފަދަ ހައްލެއް ނުފެނިއްޖެނަމަ، ދެން ބަލާނީ
ފުރިހަމަ ރިޔާސީ ޑިމަކްރަސީ ނިޒާމް ޤާއިމްކުރެވިފައިވާ ޤައުމުތަކުގެ ޤާނޫނު
ހަދާ މަޖިލިސްތަކުގައި އެފަދަ ހާލަތްތަކުގައި ޢަމަލުކުރާ އާންމު އުޞޫލެވެ.
އެމާއްދާ ގެ (ށ) މި މާއްދާގައިވާ ގޮތުގެމަތިން ނިންމާ ނިންމުން މިޤަވާއިދުގެ
ބައެއްކަމުގައި، އެހިނދުން ފެށީގެން ބެލެވޭނެއެވެ.
ވިސްނާލައްވާށެވެ. މިދެންނެވުނީ ޤާނޫނުއަސާސީ އާއި މަޖިލީހުގެ ޤަވާއިދުގައި
ބަޔާން ކޮށްފައިނެތް ކަމެއް ދިމާވާ ކޮންމެ ހާލަތެއްގައި ހައްލު ހޯދާނެ
ގޮތް މަޖިލީހުގެ ޤަވާއިދުގައި ބަޔާނކޮށްފައިވާ ސާފުގޮތެވެ ނަމަވެސް މަޖިލީސް
ޤަވާއިދާ ޚިލާފަށް ހުއްޓުވާ މެންބަރުންނާ މެދު ޢަމަލުކުރާނެ ގޮތް ވަރަށް
ސާފުކޮން ކަޅާ ހުދުން މަޖިލީހުގެ ޤަވާއިދުގައި ވަނީ ބަޔާންކޮށްފައެވެ ނަމަވެސް
މަޖިލީހުގެ ޤަވާއިދާ އެއްގޮތަށް އެފަދަ ހާލަތްތަކުަގައި ޢަމަލުކުރަން ބަޔާންކޮށްފައިވާ
ގޮތަށް ކުރިން ޢަމަލު ނުކުރުމުގެ ނަތީޖާ އަކީ އެ ފަދަ މައްސަލަތަކުގައި
މަޖިލީހުގެ ރިޔާސަތުން ޤަވާއިދު އެއްފަރާތުައި ބާއްވާލައްވާފައި ޑިޕޮލަމެޑިކް
ވިސްނުމެއްގައި ކޮންމެވެސް އެހެން ގޮތަކުން ހައްލުކުރަމުން ދިޔަ ތަނެވެ
ދަންނަވާލަން މިއުޅެނީ ކުރިން މަޖިލިސް ހުއްޓުވި ފަރާތްތަކާމެދު ވެސް ޢަމަލުކުރަންވީ
ގޮތް އޭރުވެސް އަދި މިހާރުވެސް ވަނީ މަޖިލީހުގެ ޤަވާއިދުގައި ބަޔާންކޮށްފައެވެ
އަދި މަޖިލީހުގެ ރިޔާސަތުގައި މަޖިލީހުގެ ރައީސާއި ނާއިބުރައީސަކަށް ވެސް
ހަމަ ތިބީ އެއްބަޔެކެވެ އަދި އޭރުވެސް އަދި މިހާރުވެސް އޮތީ ހަމަ މަޖިލީހުގައި
ހަމަ އެއްޤަވާއިދެކެވެ ތަފާތަކީ އެ ޤަވާއިދާ އެއްގަޮތަށް ޢަމަލުކުރުމުން
ނުދާތީ އެކަން ކުރުމަށް މިއަދު އެމްޑީޕީ ގެ މެންބަރުން ތަކުރާރުކުރާ ކަމެވެ
އަދި މަޖިލީހުގެ ޤަވާއިދު ބަޔާންކުރާ ކަންކަން ފުރިހަމަ ކުރުމުގައި މަޖިލީހުގެ
ރިޔާސަތުގެ އިހުމާލުތައް ގިަނަކަމެވެ އެހެން ނަމަވެސް އަޅުގަނޑުމެން މިއަދު
ވަކާލާތު މިކުރަނީ ޤަވާއިދުގެ ބޭރުން ކަންކުރުމުން ނުގެންދިއުމަށެވެ ހައްލުކުރާނީ
ޤާނޫނުއަސާސީ އާއި މަޖިލީހުގެ ޤަވާއިދުން ކަމަށެވެ އެއީ ހަމައެކަނި މަޖިލިސް
ސުލްހަވެރިކަމާއެކު ހިންގުމަށް އޮތް މަގުވެސް މެއެވެ
މަޖިލީހުގެ ޤަވާއިދާ ޚިލާފަށް ޢަމަލުކުރާ މެންބަރުންނާއި މެދު ޢަމަލުކުރަންވީ
ގަޮތް އަދި އެކަން ތަންފީޒު ކުރަންވީ ގޮތް ސާފުކޮން މަޖިލީހުގެ ޤަވާއިދުގައި
ބަޔާންކޮށްފައިއޮވެ 13 ޖުލައި 2011 ވަނަ ދުވަހުގެ ޖަލްސާއާއި ހަމައަށް
ވެސް އެފަދަ މައްސަލަތަކުަގައި އަމަލުކުރަމުން ގެންގޮސްފައިވަނީ މަޖިލީހުގެ
ޤަވާއިދާ މުޅީން ޚިލާފަށެވެ އޭރު އެގޮތަށް އަމަލުކުރީ މަޖިލީހުގެ ގަވާއިދުގައި
ބަޔާންކޮށްފައިވާ ގޮތާ ޚިލާފަށް ކަމަށްވީއިރު އޭރު އެކަމުގައި ބަޔަކު ޤަވާއިދާ
އެއްގޮތަށް ޢަމަލުނުކުރިނަމަވެސް އެބޭފުޅުން ހަނުހުރެފައިވަނީ އެބޭފުޅުން
ވާގިވެރިން މަޖިލީހުގެ ރިޔާސަތުގައި ތިބުމުން ރިޔާސަތުން ކޮންމެ ގޮތަކަށް
އަމަލުކުރިނަމަވެސް އެއީ ރަނގަޅުކޮތް ކަމުގައި ދެކި އެބޭފުޅުން ގެ މެޖޯރިޓީގެ
ބޮޑާކަމުގައި ކަމަށް ވެދާނެއެވެ ނަމަވެސް ޤަވާއިދަށް އަމަލު އޭރުނުކޮށް
އެހެންގޮތަކުން ހައްލުކުރުމުން އެކަމާ އެބޭފުޅުން އޭރު ޝަކުވާ ނުކޮށް ތިބުމަކީ
އެބޭފުޅުން ގެ މައްސަލައެއް ނޫންތޯއެވެ. މާބޮޑަށް ދިގުވެދާނެތީވެ ކުރުކޮށްލުމުގެ
ގޮތުން މަޖިލީހުގެ ޤަވާއިދުގައި މަޖިލިސް ހުއްޓުވާ މައްސަލައަށް ހައްލުކުރުމަށް
ޤަވާއިދު ގައިބުނާ މާއްދާތަކަށް ކުރުގޮތަކަށް ބަލާލާނަމުއެވެ
އެންމެ ފުރަތަމަ މަޖިލީހުގެ ޤަވާއިދުގެ 3 ވަނަ މާއްދާއިން ފަށަމާހެއްޔެވެ.
އެއަށް ފަހު ޤަވާއިދުގެ 11 ވަނަ މާއްދާގެ ދަށުން މަޖިލީހުގައި ތިބުމަށް
ޤަވާއިދު ލާޒިމު ކުރާ މަޤާމުތަކުަގއި ތިބެންޖެހޭ މީހުން ސާޖަންޓް –އެޓް-
އާމްސް މި މަޤާމަށް މީހަކު ހަމަނުޖައްސާ އޮންނަތާ ދެ އަހަރު ވެގެން ދިޔައީއެވެ.
ޤަވާއިދުގެ 14 ވަނަ މާއްދާގެ ދަށުން ސާޖަންޓް-އެޓް-އާމްސް ގެ މަސްޢޫލިއްޔަތު
ގެ (ބ) ބައްލަވާލައްވާށެވެ އެއަށް ފަހު މަޖިލީހުގެ ޖަލްސާއިން ނިކުތުމަށް
ނަންއިއްވާފައިވާ މެންބަރުން ނެރުމުގެ ތަންފީޒީ މާއްދާ އަކީ ޤވާިދުގެ 54
ވަނަ މާއްދާގެ (ކ) އެވެ އަދި ސާޖެންޓް-އެޓް-އާމްސް ގެ މަޤާމުގައި މީހަކު
ނެތުމަކުން މިކަމަށް އެއްވެސް ހުރަހެއް ނެތެވެ
ޤާނޫނުއަސާސީގެ 105 ވަނަ މާއްދާގެ ދަށުން މަޖިލީހުގައި އޮންނަ ޑިފެންސް
ފޯސްއަކީ މަޖިލީހުގެ ރައީސްގެ އަމުރަށް ހަރަކާތްތެރިވާނެ ފޯސްއެކެވެ. އެކަން
ހައްލުކުރަންވީ ގޮތް އެ ދިޔައީ ފެނިގެންނެވެ މަޖިލިސް ހުއްޓުމަކަށް ގެނައުން
ތަކުރާރުކޮށް މަދު ބަޔަކު ކުރަމުން ދިއުމުން އަޅުގަނޑުގެ އަމިއްލަ ޝައުގުވެރިކަމުގެ
އިތުރުން ރައީސުލްޖުމްޙޫރިއްޔާ މުޙައްމަދު ނަޝީދު އާއި ލީޑަރ އިބޫ ގެ އެދި
ވަޑައިގަތުމުން މިކަމަށް ހައްލެއްފެނޭތޯ މަޖިލީހުގެ ޤަވާއިދުއާއި ޤާނޫނުއަސާސީ
އަޅުގަނޑު ދިރާސާ ކޮށްލުމުން ވަރަށް ސާފުކޮން ކަމުގެ ހައްލު ފެންނަން އޮތުމުން
އެމަގުން އެމްޑީޕީ ޕާލަމެންޓްރީ ގުރޫޕުގައި ހިއްސާކޮށް ފެށި މަސައްކަތަކީ
އެމްޑީޕީ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރ އިބްރާހިމް މުޙައްމަދު ޞޯލިހް ގެ
ނެވި ކަމުގައި ހިކުމަތާއި ކެއްތެރިކަމުގެ ސަބަބުން ދިވެހި ރައްޔިތުންނަށް
ލިބިގެން ދިޔަ ވަރަށް ފުރިހަމަ ކާމިޔާބެކެވެ އެހެން ކަމުން މި ފުރުޞަތުގައި
ރައީސުލްޖުމްޙޫރިއްޔާ މުޙައްމަދު ނަޝީދު އަށާއި، ލީޑަރ އިބްރާޙިމް މުހައްމަދު
ޞޯލިހަށް ވަރަށް ހާއްޞަ ޝުކުރެއް އަދާކުރަމެވެ. އަދި އެމްޑީޕީ ޕާލަމެންޓްރީ
މެންބަރުންނަށް އައްސެރިބަހާއި ސާބަހެވެ.
|
About
this website
Khassa Majilis Web
Haveeru Daily
Aafathis
Miadhu
Jazeera.mv
Haama.com
Minivan
Radio
DO
Web
Minivan
News
Minivan Daily
|