Download
Dhivehi Fonts
Sign My Guest Book
View My Guest Book
Video Interview and
Messages & News
:  
ތިންބާރު ވަކިކޮށްފައިވާ ރިޔާސީ ނިޒާމެއްގައި، ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތަކުގެ ތެރެއަށް ސިޔާސީ މަޤުޞަދެއް ޙާސިލުކުރުމަށް، ސަރުކާރުގެ މަސައްކަތުގެ މަސްޢުލިއްޔަތު ތައް ވައްދަން މަސައްކަތްކުރަމުން ދާކަމީ މިއަދު ހިތާމަކުރަން ޖެހޭކަމެއް . ސަމީރު

 

މަނަދޫ ދާއިރާގެ މެންބަރު މުހައްމަދު ތޯރިޤް ގެ ނޫސްބަޔާން

 

މަޖިލީހުން ޖޭ.އެސް.ސީ އަށް ކަނޑައަޅުއްވާ ފައިވާ މެންބަރުގެ ޒިންމާ އަދާނުކުރާނަމަ، އެމަޤާމުން ވަކިކުރަންޖެހެއެވ

 

އެމްޑީޕީ ގެ ތެރޭގައިހުރި ނޭދެވޭ ކަންކަމާމެދު ފާޑުކިއުމަކީ މައްސަލައެއް ހެއްޔެވެ.

މިފަހަރު ހިތާރޫހުން އެމްޑީޕީ އަށް މިއައީ ޢަބްދުﷲ ޢަބްދުއްރަޙީމް.
2011 May 23

 

މަޖިލީހުގެ މެޖޯރިޓީ ވެރިކަންކުރާ އެމްޑީޕީ އަށް ލިބުމުން ދެންކުރާނީ ކޮންކަމެއްބާވައެވެ؟

 

ޑީއާރުޕީ ގެ ޑެޕިއުޓީ ލީޑަރ ޢަލީ ވަޙީދު އެމްޑީޕީ އާއި ނުގުޅެންވީ ސަބަބެއްނެތެވެ.

ސިޔާސީ ގޮތުން މުވައްޒަފުން އަރުވާލުމަކީ 30 އަހަރުގެ ވެރިކަމުގެ ސިޔާސަތެކޭ ބުނެއުޅެއެވެ.

 

 

އެމްޑީޕީ ގެ ޗެއަރޕާޝަން ގެ މަޤާމު އަލުން ހޮވުމާއި، އިބްރާ އެމްޑީޕީ އަށް އެނބުރިއައުން އިއްތިފާޤެއްބާ؟

މިހާރުކުރަމުންދާ މުޒާހަރާތަކުގެ ނިޔަތާމެދު ރައްޔިތުން ނިންމާނީ ކޮންގޮތެއްބާވައެވެ.

 

 

ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީތަކުގެ މައްސަލަހައްލުކުރުން މިހާއުނދަގޫކަމަކަށް ވެގެން މިއުޅެނީ ކީއްވެބާވައެވެ.

މަޖިލީހުގެ ހާލަތު އެއްދުވަހުން އަނެއް ދުވަހަށް ގޯސްވަމުން ދާންޖެހިފައި މިވަނީ ހަޤީގަތުގައި ޤާނޫނުއަސާސީ އާއި މަޖިލީހުގެ ޤަވާއިދުން ކަންކުރަންޖެހޭ ގޮތަށް ކަންކަން ކުރުމަށް މަޖިލީހުގެ ރިޔާސަތުން ފަސްޖެހޭތީނޫންބާވައެވެ

މަޖިލީހުގެ ކޮމެޓީ ތަކަށް ގެންނަންޖެހޭ ބަދަލު ގެނައުމުގައި އަލަށް އިޖާދުކުރަންޖެހޭ ކަންތަކެއް ހުރީތޯއެވެ ނޫނީ ކޮންމެވެސް ބަޔަކު ޑަބަލް ރޯލް ކުޅެނީ ނޫންބާވައެވެ މާޒީއަށް ޖެހިލަމާ ހިނގާށެވެ.
ފާއިތުވެދިޔަ 2 އަހަރާބައި ހިންގަމުން މިދަނީ މަޖިލީހުގެ މެޖޯރިޓީ ޑީއާރުޕީ ކޯލިޝަނަކީ ޑީއާރުޕީ ކަމުގައި ބަލައި އެއީ މަޖިލީހުގެ މެންބަރުންގެ ނިސްބަތުން 45% މެންބަރުން ކޮންޓްރޯލްކުރަނީ ޑީއާއރުޕީ ޕީއޭ ކޯލިޝަނުން ކަމުގައިވާތީވެ، އެދުވަހުން ފެށިގެން މަޖިލީހުގެ ހުރިހާ ކޮމެޓީއެއް އެބޭފުޅުންގެ ކޮންޓްރޯލް ދަށުގައި ބާއްވައިގެން ކޮމެޓީ ތަކުގެ މުޤައްރިރު ކަމާއި، ނާއިބު މުގައްރިރުކަމުގެ މަޤާމުވެސް ބާޔަތު ހިފާފައިވާ ކޯލިޝަންގެ ބައިވެރިން ކަމުގައި ބަލާ އެމްޑީޕީއަށް އެންމެ ކޮމެޓީއެއްހާ މިންވަރުވެސް ނުދެެއްވާ ގެންދެވީއެވެ ކީއްވެގެންތޯއެވެ 45 % މެޖޯރިޓީ އޮތީމައެވެ
މިއަދު މިވީ ކހިނެއްތޯއެވެ ؟ ކުރީގެގޮތް ކޮބާތޯއެވެ؟ މަޖިލީހުގައި ޢަމަލުކުރެވޭ އުޞޫލަކީވެސް ކުރިން އެފަދަ ކަމެއްގައި ޢަމަލުކުރި ގޮތަކީ ފަހުންވެސް ޢަމަލުކުރަން ޖެހޭނެ ގޮތްކަމަށް ވާއިރު ، މިއަދު އެގޮތްވެސް މަޖިލީހުގެ ރިޔާސަތަށް ނުފެނުނުކަމީ ހައިރާންވާން ޖެހޭވަރުގެ ކަމެއް ނޫންބާވައެވެ.

މިއަދުގެ މަޖިލީހުގެ މެޖޯރިޓީއަކީ އެމްޑީޕީ އެވެ. ހަމަ ކުރިންވެސް އޮތް ފަދަ 45 % އެހެންނޫންތޯއެވެ؟ އެހެނަސް ކުރިން 45 % އޮތުމުން ކޮމެޓީތައް ކޮންޓްރޯލް ކުރަމުން ގެންދެވިބޭފުޅުން ގެ ޓީމް މެންބަރުން ގެންގުޅުއްވި ފޯމިއުލާ ކޮބާތޯއެވެ؟ ހަމަ އެފޯމިއުލާ އާއި އެއްގޮތަށް ކަންކުރުމުގެ ހިތްވަރާއި ޤާބިލުކަން މިއަދު ހަމަ އެރިޔާސަތާއި، އެލީޑަރުންގެ ކިބައިގައި ނެތީކީއްވެބާވައެވެ؟

މިއީ ދިވެހިރާއްޖޭގެ ޤާނޫނުހަދާ މަޖިލިސް އެހެންނޫންތޯއެވެ؟ ޤާނޫނުއަސާސީގެ 20 ވަނަ މާއްދާ ގައި ބަޔާންކުރާ "ހަމަހަމަކަން" މިމާއްދާަގައި ބުނާއެއްޗަކާމެދު ވިސްނާލަމާތޯއެވެ ؟ ޤާނޫނުގެ ކުރިމަތީގައި، އަދި އެމީހެއްގެ މައްޗަށް ޤާނޫނު ހިންގުމުގައި ކޮންމެ މީހަކީ ވެސް ހަމަހަމަވެގެންވާ މީހެކެވެ. އަދި ޤާނޫނުގެ ރައްކާތެރިކަމާއި، ޤާނޫނުން ލިބިދޭ މަންފާތައް ހަމަހަމަކަމާއެކު ލިބުމަކީ ހަމަ ކޮންމެ މީހެއްގެ ވެސް ޙައްޤެކެވެ. މިމާއްދާ ރައްޔިތުންގެ މަޖިލީހުގެ ތެރޭގައި ނުހިންގޭނެތޯއެވެ؟

ޤާނޫނުއަސާސީ އާއި މަޖިލީހުގެ ޤަވާއިދުން ލިބިދޭ މަންފާއާއި ހަމަހަމަކަން ހަމައެކަނި ލިބެންޖެހޭނީ މަޖިލީހުގެ މެންބަރުންގެ ތެރެއިން ހަމައެކަނި ވަކިޕާޓީތަކަަކަށް ނިސްބަތްވާ މެންބަރުންނަށް އެކަނިތޯއެވެ؟ އެހެންކަމަށްވާނަމަ، އެންމެ އަވަހަށް މިއަދު ކުރަންވީ ކަމަކީ މިގޮތަށް މަޖިލިސް ކޮމެޓީތައް ހިޞޯރުކޮށްގެން ތިއްބެވޭނެގޮތަށް ޤަވާއިދުތަކާއި އުޞޫލުތައް ބަދަލުކުރައްވައިގެން ތިއްބެވުންނޫންބާވައެވެ

އެންމެ ފަހުން މަޖިލިސްގެ ޖަލްސާ ނިންމާލައްވަމުން މަޖިލީހުގެ ރައީސް ވިދާޅުވީ މަޖިލީހުގެ ވަކިޕާޓިއަކަށް ނިސްބަތްނުވާ މެންބަރުން ގެ މައްސަލަ ހައްްލުކުރުމަށް މަޖިލީހުގެ ތަޅުމަށް ހުށަހަޅުއްވާނެ ވާހަކައެވެ. ވަރަށް ހައިރާންކުރަނިވި ވާހަކައެކެވެ މަޖިލީހުގެ ޤަވާއިދުގެ 110 ވަނަ މާއްދާގެ (ށ) " މަޖިލީހުގެ ކޮމެޓީތަކަށް މެންބަރުން ހުށަހަޅާނީ އެ މެންބަރުން ނިސްބަތްވާ ޕާޓީތަކުގެ ޕާލިމެންޓަރީ ގުރޫޕްގެ ލީޑަރެވެ. ސިޔާސީ ޕާޓީތަކަށް ނިސްބަތްނުވާ މެންބަރުންގެ މަސްލަހަތުތައް ހިމާޔަތްކުރާނީ މަޖިލީހުގެ ރައީސެވެ." މިހެންނެވެ

މަޖިލީހުގެ ރައީސް މިޒިންމާ ނަންގަވާ އެބޭފުޅާއަށް ފެންނަ ކޮމެޓީއަކަށް ވަކިޕާޓީއަކަށް ނިސްބަތް ނުވާ މެންބަރުން ހަމަޖެއްސުމުގެ ބަދަލުގައި ރައީސް ގެ ޒިންމާ ނުނަންގަވާ މުޅިމަޖިލީހުގެ ތަޅުމަށް އެމައްސަލަ ހުށަހެޅޭނީ ކޮންމަގަކުންބާވައެވެ. މިއީ މަޖިލީހުގެ ޖަލްސާތައް ކުރިއަށް ނުގެންދިއުމަށްޓަކައި ދެއްކޭ ތާކުންތާކުނުޖެހޭ ކަމެއްނޫންހެއްޔެވެ

ޤަވާއިދުގެ 111 ވަނަ މާއްދާ އަކީ މަޖިލިސް އަލަށް އެކުލަވާލުމަށް ފަހު ކޮމެޓީތައް އެކުލަވާލުމަށް ދެހަފްތާގެ މުހުލަތެއްދީ ބަޔާންކުރާ މާއްދާއެއްކަމުން އެމާއްދާގެ ދަށުން ވެސް އެފަދަ މައްސަލައެއް ޤާވާއިދުން ހުށަހެޅޭނެ އެއްވެސް ހަމައެއް ނޯންނާނެއެވެ.

މަޤާމުގެ ހައިސިއްޔަތުން ތިމާ އަދާކުރަންޖެހޭ ޤާނޫނީ ޒިންމާއާއި މަސްޢޫލިއްޔަތު އަދާކުރުމުގައި ފަސްޖެހިވަޑައި ނުގަންނަވާށެވެ އަބަދަކު ތިމާގެ ހިމާޔަތުގައި ބިޔަގަސް ގަސް ހުރެދާނެ ކަމުގައި ނުވިސްނަވާ އެކަމެއް ކުރުމަށް ކަނޑައަޅާފައިވާ ޤާނޫނާއި ޤަވާއިދަށް ޢަމަލުކުރުން އިސްކުރައްވާ ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް ހުއްޓުމަކަށް ނާންނާނެގޮތަށް ޢަމަލުކުރައްވާ ކަންކުރެއްވުމަކީ ތިމަޤާމުގެ ޤާނޫނީ ޒިންމާއެއް ކަމުގައި ދެކެވަޑައިގެން އެހިތްވަރު ދައްކަވާށެވެ. ނޫނީ ވަކި ބައެއްގެ ނުފޫޒާއި ބާރުން ވަކި ސިޔާސަތެއް ހިމާޔަތް ކުރުމަށް އެހެން ގޮތަކަށް ޢަމަލުކުރައްވަން ޖެހިވަޑައިގަންނަވާނަމަ، އަމިއްލައަށް އެހެން ގޮތެއް ޚިޔާރުކުރެއްވުމުގެ ފުރުޞަތުވެސް އަތްމަތީގައި އެބައޮތްނޫންތޯއެވެ އަދި އެގޮތްވެސް ކަމުނުދާނަމަ ދެންއޮތް މަގު ޚިޔާރުކުރުން ވެސް އޮތީ މިއަދުގެ މެޖޯރިޓީގެ އަތްމަތީގައިކަން ވެސް ވިސްނިވަޑައިގަންނަވާންވާނެ ނޫންބާވައެވެ.

About this website

Khassa Majilis Web
Haveeru Daily
Aafathis
Miadhu
Jazeera.mv
Haama.com
Minivan Radio
DO Web
Minivan News
Minivan Daily

OTHER NEWS

Majilis.Gov
HRCM Web
President's Office
Maldives Web
MSN
CNN
BBC
Amnesty.org
Directory

M.D.P Web
Maldives Culture
kavaasaa.com
Thasmeen.org

2004 - 2011 Sameer
Email:majlisa10@gmail.com
Site created by: Sameer