|
|
އެމްޑީޕީ ގެ ޤައުމީ ޗެއަރޕާސަން
މަޤާމުގައި ހުރި ފަރާތް އެ މަޤާމުން އިސްތިޢުފާ ދިނުމުން އަސާސީޤަވާއިދުގައި
ބުނަނީ އެމަޤާމަށް އަވަހަށް އިންތިހާބަކަށް ހުޅުވާލަންޖެހޭ ގޮތަށްތޯ ނުވަތަ
އެކަން ހައްލުކުރަން ޤަވާއިދުގައި ހާއްސަ އުސޫލުތަކެއް ހިމެނިފައިވަނީ
ކީއްވެތޯ މިއީ ހަމަ ދިރާސާކޮށްލަން ރަަޅުކަމެއްނޫންތޯއެވެ؟
އަދި ހަމަ ޤައުމީ ޗެއަރޕާސަންގެ މަޤާމުގައި ހުރި ފަރާތް ކޮންހާލަތަކަށް
ބަދަލުވީމާ ނުވަތަ މަޤާމުގައި ހުރެ ޒިންމާ އަދާކުރުމަށް އުޒުރުވެރިވީމާތޯ؟
ނުވަތަ މަގާމުގައި މީހަކުނެތި އެމަޤާމުގެ މަސްޢުލިއްޔަތު އަދާކުރުމަށް
އުޒުރުވެރި ވެވުދާނެތޯ؟ މިއީހަމަ އުފެދޭ ސުވާލެވެ
މީގެ ތެރެއިން އެންމެ މީހަކަށް ފައިދާހުރިގޮތަކަށް ޤަވާއިދުގައިވާ ވަކި
މާއްދާއެއް އެކަނި މާނަކޮށް ވަކިގޮަތަކަށް ޢަމަލުކުރުމަކީ އެންމެ ރަނގަޅު
ނިންމުންތޯއެވެ އަދި މިފަދަ ނިންމުމެއް ނިންމައިފިނަމަ އެނިންމުމުގެ މައްޗަށް
ބާރުހިންގޭނެ އަދި އެނިންމުން ބަދަލުކުރުމުގެ ބާރާއި އިޚްތިޔާރު ލިބިދެނީ
ޕާޓީގެ ކޮން ގުނަވަނަކަށް ކަމާމެދުވެސް ވިސްނާލަން ޖެހޭނެ ނޫންބާވައެވެ
ޤަވާއިދުން ބާރުލިބިދީފައިވާ އެންމެ ބާރުގަދަ ގުނަވަނަކުން ނިންމާ ނިންމުމަށް
އެޤަވާއިދުގެ ދަށުން އިންތިހާބުކޮށްފައި ތިބޭ ފަރާތްތަށް އެމަޤާމުން ދުރުކުރުމުގެ
ބާރު ލިބިދޭ ގުނަވަނަކުން ޤައުމީ މަޖިލީހުން ނިންމާ ނިންމުން ޤަބޫލުނުކުރާނަމަ،
ކޮން އަސާސީ ޤަވާއިދެއްތޯއެވެ؟ ކޮން މަޤާމެއްތޯއެވެ؟
އަސާސީ ޤަވާއިދުގެ ކޮންމާއްދާއެއްގާތޯ އޮތީ އިންތިހާބީ މަޤާމަކުން މީހަކު
އިސްތިޢުފާ ދިނުމުން ބައިއިލެކްޝަން ބާއްވަން ޖެހޭކަމަށް މިކަން މިގޮތަށް
ޤަވާއިދުގައި ބަޔާންކޮށްފައި ނެތީ ޤަވާއިދުގެ މުޅި ކޮންސެޕްޓަކީ ކޮންގޮތަކަށް
ބައްޓަންކޮށްފައި އޮތް ކޮންސެޕްޓެއްތޯ ވެސް ވިސްނާލަންޖެހޭޏެނޫންބާވައެވެ
މިދެންނެވި ކަންކަމަށް ރިޢާޔަތްކުރުމުން ދެން ކަންކުރަންޖެހޭގޮތަށް ކަންކުރަންޖެހޭ
ކަމީ ފެންނަންއޮތް ހަޤީގަތެއް ނޫންބާވައެވެ
ރަނގަޅަށް ވިސްނާލައްވާ ހުށަހެޅުން ބައްލަވާލައްވާ ގޮތެއް ވިދާޅުވާާށެވެ.
ޤައުމީ ޗެއަރޕާސަންގެ މަޤާމަށް މާރިޔާ އަހްމަދު ދީދީ އިންތިހާބު ވެވަޑައިގެންފައި
ވަނީ ޖޫން 2008 ގައި ކަމަށްވެފައި، އެމަޤާމަކީ 5 އަހަރުގެ ފުރިހަމަ ދަޢުރަކަށް
އިންތިހާބު ކުރެވޭ މަޤާމެއްކަމަށް ޕާޓީ ގެ އަސާސީ ޤަވާއިދުގެ 85 ވަނަ މާއްދާ
ގައި ބަޔާންކޮށްފައި ވަނިކޮން 2011 ވަނަ އަހަރުގެ ޖޫން މަހުގެ 14 ވަނަ
ދުވަހު ޤައުމީ ޗެއަރޕާސަން ކަމުގެ މަޤާމު ޕާޓީގެ އަސާސީ ޤަވާއިދުގެ 97
ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެމަތީން ހުސްވުމުން ، " އެމަޤާމަށް
މީހަކު އިންތިހާބުކުރެވޭނީ ޕާޓީގެ އަސާސީ ޤަވާއިދުގެ 98 ވަނަ މާއްދާގެ
(ށ) ގައި ބަޔާންކޮށްފައިވާ ފަދައިން ކޮންގުރެސްގެ އާދަޔާޚިލާފު ބައްދަލުވުމަކުން
ކަމަށްވާހިނދު،
ލަސްވެގެން 2012 ވަނަ އަހަރު ގެ ޖޫން މަހުގެ ނިޔަލަށް 98 ވަނަ މާއްދާގެ
(ށ) ގައި ބަޔާންކުރާ ކޮންގުރެސްގެ އާދަޔާ ޚިލާފު ބައްދަލުވުމެއް ބާއްވަވައި
ޤައުމީ ޗެއަރޕާސަން ގެ މަޤާމަށް މީހަކު އިންތިހާބުކުރުމަށާއި،
އަދި 98 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ފަދައިން ކޮންގުރެސްގެ
އާދަޔާ ޚިލާފު ބައްދަލުވުމެއް ބާއްވައި ޤައުމީ ޗެއަރޕާސަންގެ މަޤާމަށް
މީހަކު އިންތިހާބުކުރުމާއި ދެމެދު: "މަޤާމުފުރާއެއް އިންތިހާބު ނުކުރެވި
އޮތުމުގެ ސަބަބުން" އުފެދޭ ހުސްކަން ފުރިހަމަކޮށް އެ މުހުލަތުގައި
ޤައުމީ ޗެއަރޕާސަން ގެ ޒިންމާއާއި މަސްޢޫލިއްޔަތު އަދާކުރުމަށްޓަކައި،
ޕާޓީގެ އަސާސީ ޤަވާއިދުގެ 124 ވަނަ މާއްދާއިން ޤައުމީ މަޖިލީހަށް ލިބިދީފައިވާ
ބާރުގެ ދަށުން ވަގުތީ ޗެއަރޕާޝަންއެއް މިޤައުމީ މަޖިލީހުގެ އަޣުލަބިއްޔަތުން
އައްޔަނުކުރުމަށް މި ޤައުމީ މަޖިލިސް އެއްބަސްވެ އިޤުރާރުވަމެވެ.
މިއީ ހައްލުހޯދަން ޖެހޭ ކަމެއްނޫންތޯއެވެ ޤަވާއިދަށް ޢަމަލުކުރުމަކީ ކޮންމެ
މީހަކުވެސް ކުރަންޖެހޭނެ ކަމެއްނޫންހެއްޔެވެ ވަކި މަޤާމެއްގައި ހުރުމުން
އެމީހަކުގެ މައްޗަށް ޤަވާއިދު ތަންފީޒުނުކުރެވޭނެ އެއްވެސް މީހަކު ހުންނާނެކަމަށް
ބެލުމަކީ މުސްތަހީލްކަމެއް ނޫންތޯއެވެ. ޤައުމީ މަޖިލީހުން ނިންމި ނިންމުން
ގޯސްނުކުރާށެވެ ނިންމުމަށް ކެއްތެރިކަމާއެކު ޢަމަލުކުރައްވާ ތިމާ ބޭނުންވާ
ހާއްޞަގޮތެއް އޮތްނަމަ، ޤަވާއިދު ބަދަލުކުރައްވާށެވެ އެއަށް ފަހު އެގޮތަށް
ކަންކުރައްވާށެވެ އެހެންނޫންތޯއެވެ.
|
About
this website
Khassa Majilis Web
Haveeru Daily
Aafathis
Miadhu
Jazeera.mv
Haama.com
Minivan
Radio
DO
Web
Minivan
News
Minivan Daily
|