Download
Dhivehi Fonts
Sign My Guest Book
View My Guest Book
Video Interview and
Messages & News
:  
ތިންބާރު ވަކިކޮށްފައިވާ ރިޔާސީ ނިޒާމެއްގައި، ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތަކުގެ ތެރެއަށް ސިޔާސީ މަޤުޞަދެއް ޙާސިލުކުރުމަށް، ސަރުކާރުގެ މަސައްކަތުގެ މަސްޢުލިއްޔަތު ތައް ވައްދަން މަސައްކަތްކުރަމުން ދާކަމީ މިއަދު ހިތާމަކުރަން ޖެހޭކަމެއް . ސަމީރު

މަޖިލީހުން ޖޭ.އެސް.ސީ އަށް ކަނޑައަޅުއްވާ ފައިވާ މެންބަރުގެ ޒިންމާ އަދާނުކުރާނަމަ، އެމަޤާމުން ވަކިކުރަންޖެހެއެވ

 

އެމްޑީޕީ ގެ ތެރޭގައިހުރި ނޭދެވޭ ކަންކަމާމެދު ފާޑުކިއުމަކީ މައްސަލައެއް ހެއްޔެވެ.

މިފަހަރު ހިތާރޫހުން އެމްޑީޕީ އަށް މިއައީ ޢަބްދުﷲ ޢަބްދުއްރަޙީމް.
2011 May 23

 

މަޖިލީހުގެ މެޖޯރިޓީ ވެރިކަންކުރާ އެމްޑީޕީ އަށް ލިބުމުން ދެންކުރާނީ ކޮންކަމެއްބާވައެވެ؟

 

ޑީއާރުޕީ ގެ ޑެޕިއުޓީ ލީޑަރ ޢަލީ ވަޙީދު އެމްޑީޕީ އާއި ނުގުޅެންވީ ސަބަބެއްނެތެވެ.

ސިޔާސީ ގޮތުން މުވައްޒަފުން އަރުވާލުމަކީ 30 އަހަރުގެ ވެރިކަމުގެ ސިޔާސަތެކޭ ބުނެއުޅެއެވެ.

 

 

އެމްޑީޕީ ގެ ޗެއަރޕާޝަން ގެ މަޤާމު އަލުން ހޮވުމާއި، އިބްރާ އެމްޑީޕީ އަށް އެނބުރިއައުން އިއްތިފާޤެއްބާ؟

މިހާރުކުރަމުންދާ މުޒާހަރާތަކުގެ ނިޔަތާމެދު ރައްޔިތުން ނިންމާނީ ކޮންގޮތެއްބާވައެވެ.

 

 

ސިޔާސީ ލީޑަރުންގެ ދެކޮޅުނުޖެހޭ ވާހަކަތަކުން އިބުރަތް ލިބިގަންނަމާތޯއެވެ

ކޮންމެ ޕާޓީ އަކުން ވެސް އެޕާޓީ ގެ ލީޑަރުން އެދައްކަވާ ވާހަކަތަކެއްގެ އެއްވެސް ބުރަދަނެއް އަދި އެވާހަކަތަކާ އެއްގޮތަށް ޢަމަލެއްވެސް ނުކުރައްވާނެއެވެ ފަހަރުގައި ހުސްއަނގަ ތަޅަނީކަމުގައި ނޫނީ ނުވާނެއެވެ

ކޮންމެ ކަމެއްވާއިރަށް ދެން އެންމެ އަވަހަށް އިވިގެންދާނީ ޤައުމުގައި އޮތް މާތްވެގެންވާ އިސްލާމް ދީން ނެތިދާން އުޅޭވާހަަކައެވެ ނުވަތަ ބުދުފައްޅިއަޅަން އުޅޭވާހަކައާއި ޤައުމު ފަނާވަމުންދާ ވާހަކައެވެ މިފަދަ ބިރުވެރި ވާހަކަތަައް އެއްވެސް ހަޤީޤަތެއްގެ މައްޗަށް ބުރަވެހުރެގެން މެނުވީ އެކަކުވެސް ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދިދާނެ ގޮތަކަށް ދައްކާ ހެދުމަކީ ރަނގަޅުކަމަކަށް ނުވާނެނޫންތޯއެވެ

ދެން އެންމެ ގިނައިން އަޑުއިވޭނީ އިޖުތިމާޢީ ފޭރާން ނެތި ދާވާހަކައެވެ އެހެނެއްކަމަކު އެ ފޭރާން ރަނގަޅު ކުރުމަކަށް ކުރާ އެއްކަމެއްވެސް ފެނިގެނެއް ނުދެއެވެ އެހެނަސް އިޖުތިމާއީ ފޭރާން މަތިން ސިޔާސީ ލީޑަރުން ޕޯޑިއަމްތަކުގެ ކުރިމައްޗަށް ހުއްޓި ތިބޭއިރު ވައްތަރު ވައްތަރުގެ އަޑުލެއްވުމާއި މަލާމާތާއި ފުރައްސާރަކުރުމާއި ފާޑުފާޑުގެ ނަންނަމުން އެކިފަރާތް ތަަކާ މުހާތަބުކުރާއިރު އެފަދަ ޖަލްސާތައް ގޭގޭގެ ސިޓިންގ ރޫމްތަކަށް ހުންނާނީ ލައިވްކޮންނޫންތޯއެވެ

ތިންހާސް މީހުން ހަމަނުވާ ޕާޓީއެއްގެ ލީޑަރެކެވެ ވެރިކަމަށް 2013 ގައި ކުރިމަތިލައްވާނެކަން ވަނީ އިއުލާން ކުރައްވާފައެވެ އިގުތިސާދީ މާހިރެކޭ ބުނެއުޅެއެވެ އިދިކޮޅު އެންމެ ބޮޑުޕާޓީގެ ޕޯޑިއަމް ކުރުމަތީގައި ހުރެފައި އަންހެން އަޑުފުޅުން މަލާމާތް ކުރައްވާ ވާހަކަފުޅު ދައްކަވައިފިއެވެ ފަހުން އެކަން ކުރެވުނީތީ ލަދުފުޅުން އުޅުއްވާހެންވެސް ހީވެއެވެ ނަމަވެސް ކަންވެ ނިމިއްޖެއެހެންނޫންތޯއެވެ

ޕާޓީއެއްގެ ލީޑަރެކެވެ 30 އަހަރުގެ ވެރިކަމުގެ އަނިޔާވެރިވާހަކަ ތަކާއި ތިމާއަށް ލިބިފައިވާ އަނިޔާއާއި މަރާލަން އުޅުނުކަމުގެ ތުހުމަތާއި، މުޅި މިލްކިއްޔާތު އަތުލުމަށް އުޅުނުކމަުގެ ވާހަކައަކީ ހަޤީގަތެއް އޮތް ކަމަކަށް ވެދާނެއެވެ އޭރު ވަރަށް އަސަރާއެކު އެވާޙަކަތައް މުޅި މުޖުތަމަޢުގައި އެއްއަޑަކުން ގުގުމާލަ ގުގުމާލާ ވަރަށް ވިދާޅުވަމުން ގެންދިވެއެވެ ވަރަށް އަނިޔާވެރިކަމުގައި ބުނަމުން ދިޔައެވެ ވެރިކަން ބަދަލުކުރުމުގައި އިސްދައުރެއް އަދާކުރެއްވިނަމަވެސް ދާދިފަހުން ވިދާޅުވީ 30 އަހަރުގެ ވެރިކަން މާއޯގާތެރިވެފައި މިއަދު މާއަނިޔާވެރިކަމަށާއި، ވެރިކަން ބަދަލުކުރައްވަން އުޅެވުނީތީ އެކަމާ ލަދުވެތިވެ ރައްޔިތުން ގެ ކިބައިން މަޢާފަށް އެދިލައްވާކަމަށެވެ މިވީ ގޮތެއްވެސް ނޭންގެއެވެ މިވެސް ހިނގާފައި ހުރިކަންތަކެވެ ސިޔާސީ ލީޑަރުންނެވެ

ދެންވެސް ތިންހާސް މީހުން ހަމަނުވާ ޕާޓީއެއްގެ ލީޑަރެކެވެ ކުރީގެ ސަރުކާރުގައި ތިންބެއިން ހެދިގެން އުޅުއްވާ ތިންބެއިން އެކުގައި ނިކުމެ އާދިވެހިރާއްޖެއެއްގެ ނަމުގައި މަސައްކަތް ކުރަންފެށިތަން ފެނުނެވެ 30 އަހަރުގެ ވެރިކަން ގޯސްކަމުން ނިކުތީކަމުގައި ބުންޏެވެ ރައްޔިތުންގެ ގާތަށް ވެރިކަމަށް އެދި ދިޔާމަ އެކަން ރައްޔިތުން ބަލައެއް ނުގަތެވެ އެކުގައި މަސައްކަތް ކޮށް 30 އަހަރު ބަދަލުކޮށްލަދީފައި ލަފާއަރުވާ ބޭފުޅަކަށް ކުޑަ ދުވަސްކޮޅަކު އުޅެފައި ދެން ކިޔަންފެށި ލަވަޔަކީ އޭރަށްވުރެ ގޯސްވާހަަކައެވެ މިވީ ކިހިނެއްތޯއެވެ ސިޔާސީ ލީޑަރުންނަށް މިވިސްނެނީ ހަމަ އެކަމެއް އަހިސް ތިމާގެ މުށުތެރެއަށް ނުވަނީމާ އެއީ ގޯސްކަމަށް ފެންނަތަނެވެ ކުރިޔާލާ ނޭންގެންވީ ކީއްވެބާވައެވެ. ބަދަލު ގެނާއިރު އެކަން ނޭންގުނީބާވައެވެ މިހާރު 30 އަހަރުގެ ވެރިކަން ވެސް ރަނގަޅެވެ.

ކުޑައިރުކޮޅަކަށް ހަމަޖެހިލާފައި ވިސްނާލަމާ ހިނގާށެވެ. ތަފާތު ޕާޓީ ތަކެއް ދޮގެއްތޯއެވެ؟ ތަފާތު ލީޑަރުން އެހެން ނޫންތޯއެވެ؟ ވަރަށް ވަރުގަދަ ލީޑަރުން އެހެންނޫންތޯއެވެ؟ މި ހުރިހާ ލީޑަރުންގެ ވެސް ފެށުން އައިސްފައިވަނީ 30 އަހަރުގެ ވެރިކަމުގެ ޚާންދާނުގެ ތެރެއިން ކަމަށް ޤަބޫލުކުރަންޖެހެއެވެ އަދި ފެންނަންއޮތް ހަޤީގަތަކީ އެއްބޭފުޅަކީ ތުއްތޮންބެގެ ކޮއްކޯފުޅުކަމެވެ ދެންތިއްބެވި ލީޑަރުންނަކީ 30 އަހަރުގެ ވެރިކަމުގެ ވެރިޔާގެ ސިޔާސީ ޕާޓީގެ ހުސް ނާއިބުލީޑަރުންގެ ގޮތުގައި އުޅުއްވި ބޭފުޅުންނެވެ

މުސްކުޅިން ބުނެއުޅެއެވެ ޖެހިވަޅަށް ޖަހާނެވާހަކަ މިއަދު މިފެންނަނީ އަނެއްކާވެސް ހުރިހާ ނާއިބުލީޑަރުން ބޭރުފުށުން ތަފާތުޕާޓީ ތަކުގެ ލީޑަރުންގެ ނަމުގައި ތިއްބެވިއެއްކަމަކު އެއްޕުލެޓްފޯމެއްގައި އެއްޚިޔާލެއްގައި އެކައްޗެއް ކިޔަމުން އެހެނަސް ވެރިކަމަށް އެރުމަށް ތަފާތުމަގުން ހިނގިއެއްކަމަކު އެކަކުގެ ގޮތުގައި އުޅުއްވަމުން ދާތަންނޫނބާވައެވެ. ޚިޔާަލަކީ ތަފާތު އެއްޗެކެވެ މިއީ އަޅުގަނޑުގެ ޚިޔާލެވެ.ތިޔަބޭފުޅުން ދެކޭ ގޮަތް ތަފާތުވާންވެސް ޖެހޭނެނޫންތޯއެވެ.

About this website

Khassa Majilis Web
Haveeru Daily
Aafathis
Miadhu
Jazeera.mv
Haama.com
Minivan Radio
DO Web
Minivan News
Minivan Daily

OTHER NEWS

Majilis.Gov
HRCM Web
President's Office
Maldives Web
MSN
CNN
BBC
Amnesty.org
Directory

M.D.P Web
Maldives Culture
kavaasaa.com
Thasmeen.org

2004 - 2011 Sameer
Email:majlisa10@gmail.com
Site created by: Sameer