|
|

މަޖިލީހުން ޖޭ.އެސް.ސީ
އަށް ކަނޑައަޅުއްވާ ފައިވާ މެންބަރުގެ ޒިންމާ އަދާނުކުރާނަމަ، އެމަޤާމުން
ވަކިކުރަންޖެހެއެވެ
އަދުލް އިންޞާފްގެ ދާއިރާ ފުރިހަމަ ކުރުމަށް ނުވަތަ ދިވެހިރާއްޖޭގެ ޖުޑިޝަރީ
ފުރިހަމައަށް ހިންގުމަށް ކުރަންޖެހޭ އެންމެ މުހިންމު ނިންމުންތައް ނިންމުމުގެ
ފުރިހަމަ ޒިންމާ އާއި މަސްޢޫލިއްޔަތު އުފުއްލަވަން ޖެހޭ އެންމެ މުހިންމު
އެއްބަޔަކީ ޖުޑީޝަލް ސާވިސަސް ކޮމިޝަން ގެ މެންބަރުންކަން ހަމަ ޔަޤީނުންވެސް
ޤަބޫލުކުރަން ޖެހެއެވެ
ކޮމިޝަން ގެ މަސްޢޫލިއްޔަތުތައް ފުރިހަމައަށް އަދާކުރެވޭނަމަ މިއަދު ޖުޑިޝަރީ
އާއި ދިމާއަށް ރައްޔިތުން ކަޅިއަޅާ ބަލާކަށެއްވެސް ނުވެސް ޖެހުނީހެވެ އިނގިއްޔެއްވެސް
ދިއްކުރާކަށް ނުޖެހުނީހެވެ އެހެނަސް ފެންނަންއޮތް ހަޤީގަތަކީ ޖުޑިޝަރީ
ގެ ކަންކަން ހެޔޮމަގަށް އަޅުވަން އޮންނަ ކޮމިޝަން ހެޔޮމަގުގައި މަސައްކަތް
ކުރަމުން ނުދާކަމުގެ ވާހަކަައެވެ އެތަނުގެ މެންބަރުންގެ މެދުގައި އެއްގަލަކަށް
ނޭރި އުޅެމުންދާ މަންޒަރުތައް ވަނީ ހަމަކަމާއެކު މަުޖުތަމަޢުއަށް ފެނި
ހާމަވެފައެވެ
މިހާލަތައް އެކޮމިޝަނުގެ ކަންކަން އެމަގުން ދާންފެށުމުން ފުރަތަމަވެސް
އެދުވަސް ވަރުވެސް އަޅުގަނޑަށް އުފެދުނު ސުވާލަކީ އެކޮމިޝަން ގައި ރައްޔިތުންގެ
މަޖިލީސް ތަމްޞީލް ކުރައްވާ މެންބަރުން ކޮބާތޯއެވެ؟ މިސުވާލެވެ
ޖޭއެސްސީ ގެ ކަންކަން ބަލަމުންދާން ޖެހޭ ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީއަކީ
މިނިވަން މުއަށްސަސާތަކާއި ބެހޭ ކޮމެޓީ އެވެ އެކޮމެޓީއަށް މިހާތަނަށް ހާޒިރުވުމަށް
ދެންނެވުނު ކޮންމެ ފަހަރަކުވެސް އެކޮމިޝަން މެންބަރުން އެކުގައި ވަޑައިގެންފަކާނުވެއެވެ
އަދި އެންމެ ފަހުން ކޮމިޝަން ގެ އަހަރީ ރިޕޯޓާމެދު މަޝްވަރާކުރެއްވުމަށް
ބޭއްވެވި ބައްދަލުވުމަށް ވެސް ބައެއް މެންބަރުން ވަޑައި ނުގަތުމުގެ ސަބަބުން
މަޖިލިސް ގެ ކޮމެޓީން އެންމެ ފަހުން ވަނީ ކޮމިޝަން ގެ ހުރިހާ މެންބަރުން
ހަމަވާ ދުވަހެއްގައި އެ ކޮމިޝަނާ ބައްދަލުކުރެއްވުމަށް އަމުރެއް ނެރުއްވާ
ހާޒިރުވުމަށް ދެންނެވުމަށް ނިންމަވާފައެވެ މިދެންނެވި ދުވަހު ވެސް އެ ކޮމިޝަން
ގައި ހިމެނިވަޑައިގަންނަވާ ރައްޔިތުންގެ މަޖިލިސް ގެ މެންބަރުން ވެސް ވަޑައި
ނުގަންނަވައެވެ
އަފްރާޝީމް ވިދާޅުވީ ހަނދުމަފުޅު ނެތުނީކަމަށެވެ ފަހަރެއްގައި އެހެންވުންވެސް
އެކަށީގެންވެއެވެ
ކޮމިޝަންގެ އަހަރީ ރިޕޯޓަށް ބަލާލީމާ އެކޮމިޝަންގެ މަސައްކަތް ތައް ހިނގަމުންދާގޮތް
އެތެރެއާއި ބޭރު ސާފުވެއެވެ މައްސަލަތައް އިންތިހާއަށް ވަނީ ފުނިޖެހިފައެވެ
ކޮމިޝަންގެ އެތެރޭގެ ކޮމެޓީތަކުގައި މައްސަލަތައް ހުރީ ހަމަ ކިޔޫ ގައެވެ.
މައްސަލަތައް ހުށަހަޅާފައިވާ ފަރާތްތަކުން ޖަވާބަކަށް ދިގު އިންތިޒާރެއް
ކުރަންޖެހޭނެކަމީ ފެންނަންއޮތް ހަޤީގަތެކެވެ
މިހާލަތުގައި އެކޮމިޝަން އޮތުމުން އެ ކޮމިޝަން ގައި ހިމެނޭ މަޖިލިސް މެންބަރުންގެ
ޒިންމާއާއި މަސްޢޫލިއްޔަތު އަދާކުރަމުން ނުދާކަމުގެ ސަކުވާތައް ދިޔައީ
ތަކުރާރުވަމުންނެވެ މިއަދު މިވަނީ ހައްލެއް ހޯދަންޖެހިފައެވެ އެހައްލަކީ
މަޖިލިސް ތަމްޞީލުކުރާ މެންބަރު ބަދަލުކުރުން ކަމުގައިވާނަމަ، އެބަދަލު
ގެނައުމުން އެކަމަށް ހައްލެއް ހޯދޭނެނަމަ އެކަންވެސް ކޮށް އެބަދުލުވެސް
ގެނެސްގެންވެސް ރަނގަޅުކުރައްވަންވީއެވެ ފާހަގަ ކުރެވޭ އެހެން ޚިޔާލެއްވެސް
ވިސްނުމަށް އާދެއެވެ މަޖިލިސް މެންބަރު މަޖލިސް ގެ ތިންހަތަރު ކޮމެޓީގައި
އުޅުއްވަމުން އެކަންވެސް ދޫނުކޮށް ޖޭއެސްސީ ގެ މެންބަރެއްގެ ޒިންމާ އަދާކުރުމަކީ
ފަސޭހަކަމަމެއް ނޫންކަން ވެސް އެއީ ފެންނަންއޮތް ހަޤީގަތެއްކަން ޤަބޫލުކުރަން
ޖެހެވެ ބަދަލުކުރާށެވެ އެހެނަސް ދެން އެ ފުރުޞަތު ލިބޭ ފަރާތަކުން މިހާރަށްވުރެ
ބޮޑަށް ޒިންމާދާރުވާންޖެހޭނެކަން ޔަޤީނެވެ.
|
About
this website
Khassa Majilis Web
Haveeru Daily
Aafathis
Miadhu
Jazeera.mv
Haama.com
Minivan
Radio
DO
Web
Minivan
News
Minivan Daily
|