|
|||||
| |
|||||
|
ރާއްޖޭގެ ޑިމަކްރަސީ މިވަނީ ތެދާ، ދޮގު ދެނެގަންނާނެ މެޝިނެއްގެ އެހީއަށް ބޭނުންވެފ
ސިޔާސީ ހަރުކަށި ޢަމަލުތަކުން ލިބޭނީ ގެއްލުމާ އަނިޔާ ފިޔަވައި ދެން ކޮންއެއްޗެއްތޯއެވެ؟ |
ހއ. ދިއްދޫ ރައްޔިތުން ބަދުނާމުވާގޮތަށް
ބައެއް މީޑިއާ ތަކުން ގެނެސްދީފައިވާ ޚަބަރު ކުއްވެރިކުރުން ހއ. ދިއްދޫ އެމްޑީޕީ ޖަގަހަ އެއްގެ
ތެރޭގައި މަސްތުވާތަކެތި ބޭނުންކުރަން ތިބި ބަޔަކު ދިއްދޫ ފުލުހުން ހައްޔަރު
ކުރިވާހަކަ ރާއްޖޭގެ ބައެއް ނޫސްތަކާއި ރޭޑިއޯ އާއި ޓީވީ ޗެނަލްތަކުން
ގެނެސްދީފައިވަނީ ކަމުގެ އެއްވެސް ހަޤީގަތެއް ނުބަލާ ދިއްދޫ އަކީ މަސްތުވާ
ތަކެތީގެ ނުބާ ވަބާއިން ދުރުވަން މަސައްކަތް ކުރާ މުޖުތަމަޢުއެއް ކަމަށް
ވެފައި މިއަދާ ހަމައަށް ވެސް ދިއްދޫ ރައްޔިތުންގެ ބުރަމަސައްކަތުން އެފަދަ
ނޭދަެވޭ ޢަމަލުތައް ދިއްދޫގައި އަށަގަތަ ނުދީ ދިއްދޫ އަކީ މަސްތުވާތަކެތީގެ
ވަބާއިން ސަލާމަތްވެފައިވާ މަދު ރައްތަކުގެ ތެރެއިންވެސް ނަމޫނާ ރަށަކަށް
ވެފައި، އަދި ނުރައްކާތެރި މާރާމާރީ އާއި ތަޅާފޮޅުމާއި ފޭރުމުގެ ޢަމަލުތަކުން
ސަލާމަތް ވެފައިވާ މުޖުތަމަޢު އެއްކަމުން މި ފަދަ ނަމޫނާ ރަށަކާ މެދު ޚަބަރު
ފަތުރާ ވަސީލަތްތަކުން އެފަދަ ނޭދެވޭ ޚަބަރެއް ފަތުރާނަމަ، އެކަން ހިނގާދިޔަ
ގޮތުގެ ފުރިހަމަ މަޢުލޫމާތު ނުހޯއްދަވާ އެފަދަ ނޭދެވޭ ކަންކަމުގެ ބަދުނާމު
ދިއްދޫ ލޮބުވެތި ރައްޔިތުންގެ ބޮލުގައި އެޅުވުމަކީ އެއްގޮތަކަށް ވެސް ޒިންމާދާރު
ނޫސްވެރިކަމެއްގައި ހިނގާގެން ވާނެކަމެއް ކަމަކަށް ޤަބޫލެއް ނުކުރެވެއެވެ |
Khassa Majilis Web
|
|||