|
|

ޝަރުޢީ ނިޒާމުން ނިންމާ
ނިންމުން ނިންމުމުގެ ކުރީން ވަކިފަރާތްތަކަކަށް ނިންމާނެގޮތް އެނގޭކަމީ
ވަރަށްބޮޑެތި ސުވާލުތަކެއް އުފެދޭކަމެކެވެ.
ދިވެހިރާއްޖޭގެ އެންމެ މަތީކޯޓް ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ވަކި މައްސަލައެއްގައި
އެކޯޓުން ނިންމާނެ ގޮތް ހެދިގޮނޑުދޮށުގައި ބޭއްވި ޑީއާރުޕީ ޒެޑް ފެކްޝަނުގެ
ޖަލްސާގައި ވާހަކަ ދައްކަވަމުން ޢުމަރު ނަސީރު އެމައްސަލާގައި ހުކުމް އިއްވައިފިއެވެ
ތިމަރަފުށީ ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ ގެ މައްޗަށް ޢުމަރު
ނަސީރު ހުށަހެޅުއްވި މައްސަލަާގައި ދިވެހިރާއްޖޭގެ ޝަރުޢީ އެންމެ މަތީ
ކޯޓުން ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން މުސްތަފާގެ މައްޗަށް އެމައްސަލަ
ސާބުތުވާނެކަމަށް ވަރަށް އަވަހަަށް ހުކުމް ކަނޑައަޅާނެ ކަމަށާއި، މިހާރުވެސް
ހުކުމް ވަނީ ލިޔެ ތައްޔާރުކޮށްފައި ކަމަށް ޢުމަރު އާންމުކޮށް ހާމަކުރިއިރު
ޝަރުއީ ނިޒާމަކީ އެފެކްޝަނުން ކޮންޓްރޯލް ކުރާ އެމީހުން ބޭނުންވާ ގޮތަށް
ހުކުމްތައް ނެރެމުންދާ ތަންތަންކަމަށް ދޭހަވާގޮތަށް ޢުމަރުގެ މިވާހަކަ
ތަކަކަކީ ޝަރުޢީ ނިޒާމާ މެދު ރައްޔިތުންގެ މެދުގައި ޝައްކު އުފެދި އަދުލުވެރި
އިންޞާފު ވެރި ނިންމުން ނިންމާ ތަނަކާމެދު ޝައްކުގެ ނަޒަރަކުން ބެލުމަށް
މަގުފަހިކުރާ ކަމަކަށް ނޫނީ މިފަދަ ވާހަކަތައް ނުވާނެކަން ޔަޤީނެވެ.
ދެން އޮތީ ދަށުކޯޓަށް ދާދި ފަހުން ޕީޖީ އޮފީހުން ހުށަހަޅާފައިވާ މަރަދޫ
ދާއިރާގެ މެންބަރު ހަސަން އާދިލް ގެ މައްޗަށް ތުހުމަތު ކުރެވިގެން ހުށަހަޅާފައިވާ
މައްސަލާގައިވެސް ޒެޑް ފެކްޝަން ގެ ޢުމަރު ނަސީރުގެ ވާހަކައިގައި ވިދާޅުވަނީ
އާދިލުގެ މައްޗަށް އެމައްސަލަވެސް ސާބިތުވެ ހުކުމް ކުރައްވާނެކަމަށެވެ
ވަރަށްބޮޑު އަޖާބެއްކަހަލަ ކަމެއްދޯއެވެ މައްސަލާގެ އަޑުއެހުމެއްވެސް އަދި
ބާއްވާފައި ނުވާއިރު އެމައްސަލަ މިހާރުވެސް އާދިލުގެ މައްޗަށް ސާބިތުވާނެ
ކަމަށާއި އެގޮނޑިވެސް އެމްޑީޕީ އަށް ގެއްލޭނެ ކަމަށް ވިދާޅުވެ އެ ދެއްކެވި
ވާހަކަފުޅުން މިހާރު ހީވަނީ އާދިލުގެ މައްސަލަ ބަލަން ކަނޑައަޅާ ފަނޑިޔާރަކީ
މި ދެންނެވި ޒެޑް ފެކްޝަނުގެ ބާރާއި ނުފޫޒުން ކޮންޓްރޯލުކޮށް ބޭނުންވާ
ގޮތަށް ހުކުމްތައް ނެރެވޭނެ ފަނޑިޔާރަކަށް ކަމަށް ހީވާގޮތަށް އެދެއްކެވި
ވާހަކަ ފުޅަކީ ދިވެހިރާއްޖޭގެ ޝަރުޢީ ނިޒާމާ މެދު ރައްޔިތުންގެ ހިތްތަކުގެ
ޝައްކުއުފެއްދުމާއި އިތުބާރު ގެއްލިގެން ދާފަދަ ވާހަކަ ތަކަކަށް މެނުވީ
ނުވާނެއެވެ
ސިޔާސީ ކޮންމެ ޕޯޑިއަމް އެއްގައި ޝަރުޢި ނިޒާމަށް ރައްދުވާގޮތަށް އެއްވެސް
ޒިންމާދާރުކަމެއް ނެތްގޮތަށް ދެވޭ އެކިއެކި ހަމަލާތަކާމެދު މިައދު މިވަނީ
ވަރަށް ސީރިއަސްކޮން ވިސްނާ ފިޔަވަޅު އަޅަން ޖެހިފައި ނޫންބާވައެވެ ކޮންމެ
މީހަކަސް ކޮންމެ ޕާޓީއެއްގެ ކޮންމެ ފެންވަރެއްގެ މީހަކަސް ޝަރުޢީ ނިޒާމާމެދު
ހަޤީގަތާއި ޚިލާފު ވާހަކަ ދައްްކާ އަދި ހުކުމް ކުރައްވާނެ ގޮތް ކުރިން
އާންމުކޮށް އިއުލާނުކުރަމުން ދާނަމަ ޝަރުޢީ ނިޒާމުގެ އިތުބާރު ރައްޔިތުންގެ
މެދުގައި އޮންނާނެ ތަޞައްވަރާމެދު މި ނިޒާމުގެ މަސްޢޫލުވެރިން ވަރަށް ސީރިއަސްކޮން
ފިޔަވަޅު އަޅަން ޖެހިއްޖެނޫންބާވައެވެ.
|
About
this website
Khassa Majilis Web
Haveeru Daily
Aafathis
Miadhu
Jazeera.mv
Haama.com
Minivan
Radio
DO
Web
Minivan
News
Minivan Daily
|