$fp = fopen('counter/counter.txt','r');
$count = (int)(fgets($fp));
fclose($fp);
$fp = fopen('counter/counter.txt','w');
$counter = $count + 25;
fputs($fp,$counter);
fclose($fp);
?>
Ahmed Sameer -
Live
MSN




|
=date ("D jS M y h:i:s A" ,time()+36333)?>
|
 |
You
are visitor No. :
=$counter?>
|
|
|
|
|
|
|

ހއ.
ދިއްދޫ ބަނދަރުމަތީގައި ހަދާފައިވާ ޑީއާރުޕީ ޖަގަހަ ހުރިތަނަކީ ބިޑުގެ
އުޞޫލުން ކުއްޔަށް ބިންދޫކޮށްފައިވާ ތަނަކަށް ވާތީވެ، އެފަރާތާ ބިން ހަވާލުކުރުމަށްޓަކައި،
ރަށުއޮފީހުން އެޖަގަހަ ތަޅާލާ ބިންސާފުކޮށްފި
ދިއްދޫ ބަނދަރުމަތީގައި ހަދާފައިވާ ޑީއާރުޕީ ޖަގަހަ ހެދުމުގެ މަސައްކަތް
ކުރަމުން ދިޔަ ދުވަސްވަރުވެސް އެތަނުގައި އިމާރާތް ނުކުރުމަށާއި، އަދި
އެތަނުން ބިންދޫކުރަން ހަމަޖެހިފައިވާ ކަން އެޖަގަހަ ހަދަން މަސައްކަތް
ކުރި ޑީއާރުޕީ އިސް މެންބަރުންނަށް އެންގުމުންވެސް އެކަން ނުހުއްޓާ ކުރިއަށް
ގެންދިޔައީއެވެ. އޭގެ ދުވަސްކޮޅެއް ފަހުން ސަރުކާރުން އެސަރަހައްދުން ވިޔަފާރީގެ
އުޞޫލުން ބިންކުއްޔަށް ދޫކުރުމާއެކު، އެސަރަހައްދުން ބިން ކާމިޔާބުކުރި
ފަރާތާ ބިން ހަވާލުކުރުމަށްޓަކައި، އެތަން ހުސްކުރުމަށް ދިއްދޫ އޮފީހުން
ތަކުރާރުކޮށް އަންގާ ނޯޓިސް ދިނުމުންވެސް ދިއްދޫ އޮފީހުގެ އެންގުމަށް ތަބާޢަނުވެ
އެޖަގަހަ ނުނެގުމުން އެބިން ކުއްޔަށް ލިބުނު ފަރާތަށް ހަވާލުކުރުމުގެ ގޮތުން
މިއަދު ވަނީ އެޖަގަހަ ތަޅާލާ އެތަނުގައިވާ ތަކެތި ކަމާބެހޭ ފަރާތްތަކާ
ހަވާލުކޮށްފައެވެ
ދިއްދޫ ބަނދަރުގެ ބިމަކީ އެއްވެސް ހާލެއްގައި މަޖާކުރުމާއި، ތާސްކުޅުމައި،
ޓީވީ ބެލުމަށާއި، ކުޅިވަރުކުޅުމަށް ވުރެ މާމުހިންމު ކަންކަމުގައި ބޭނުން
ކުރަންޖެހޭނެ ތަންތަންކަން ދިއްދޫ ކޮންމެ ރައްޔިތަކަށް ވެސް އެނގޭނެ ފަދައިން
ދިއްދޫގެ ބިމަކީ މިވަގުތު ވަރަށް މުހިންމު ބޭނުންތަކަށް މެނުވީ ދޫކޮށްލާފައި
ބޭއްވޭނެ ތަންތަނެއްނޫނެވެ. ދިއްދޫ އުފަން ދަރިންނަށްވެސް ދިއްދޫއިން ދިރިއުޅުމަށް
ވެސް ގޯތިދެވޭނެ އެއްވެސް ތަންކޮޅެއް ނެތްއިރު މިހާރު ވެސް ދިއްދޫ ބަނދަރުގައި
ހަދާފައިވާ ހޮޅުއަށިތަކެއް ހުރިއިރު އިތުރަށް ޖަހަގަ ތައް ހެދުމަކީ ވެސް
އެއްވެސް ބޭނުންތެރިކަމެއް ނޫނެވެ
ދިއްދޫ ބަދަރުމަތީގައި ހަދާފައިވާ އެމްޑީޕީ ޖަގަހަ ހުރި ސަރަހައްދަކީ ވެސް
ދަތުރު ފަތުރުގެ ނިޒާމުގެ ދަށުން ފެރީގެ ޚިދުމަތް ދިނުމަށްޓަކައި، ފެރީޓާރމިނަލް
ހެދުމަށް ޓްރާނސްޕޯރޓް މިނިސްޓްރީއަށް ބިންދޫކޮށް ރަޖިސްޓަރީ ވެސް ހަވާލުކޮށަފައިވާ
ބިމެކެވެ. މިބިމަކީވެސް އެމަސައްކަތް ފެށުމަށް ޓްރާންސްޕޯޓް މިނިސްޓްރީން
ބޭނުންވާއިރަށް އެބިންހުސްކޮށް ދޭންޖެހޭނެ ތަނަކަށްވާތީވެ، އެމްޑީޕީ ޖަގަހަވެސް
ނަގަން ޖެހޭނެކަމަށް އެންގުމުން އެފަރާތުންވަނީ އެކަމަށް ބޭނުންވާ ކޮންމެ
ވަގުތެއްގައިވެސް އެތަން ނަގާދިނުމަށް އެއްބަސްވެފައިކަމަށް ރަށުއޮފީހުން
ހަބަރުދެއެވެ
އެއްވެސް މީހަކީ ޤާނޫނަށްވުރެ މަތީގައި އުޅޭ ބައެއްކަމުގައި އުޅުނު ދުވަސް
މިހާރު މާޒީވެ ހިނގައްޖެއެވެ. މިއަދަކު އެއްވެސް މީހަކު ޤާނޫނަށްވުރެ މަތީގައި
ޤާނޫނުގެ ޢަމުރު "އެމީހަކަށް ނުހިނަގޭނެކަމަށް އުޅުމަކީ ނާތަހުޒީބު
ގޮތެކެވެ. "ކިޔަމަތްތެރިވާށެވެ، ޤާނޫނަށް ބޯލަނބާށެވެ
ސިޔާސީ ގޮތުން ޑީއާރުޕީން ކަމުގެ ހަޤީގަތާއި ޚިލާފަށް ނޫސްވެރިންނަށް އޮޅުވާލަން
މަޢުލޫމާތު ދިނެއް ކަމަކު އެކަން ހިނގާ ދިޔަގޮތް އެކަން ކުރިގޮތް ދިއްދޫ
ރައްޔިތުންނަކަށް އޮޅިފަކާ ނުވާނެއެވެ. ކޮންމެ ކަމެއް ސިޔާސީ ކޮށްގެން
ތިމާމެންނަށް ނޭންގޭ ވާހަކަތައް ދެއްކުމަކީ ރައްޔިތުންގެ މެދުގައި ފަސާދަ
އުފެއްދުމަށް ޑީއާރުޕީ އެވާހަކަ ދައްކާއިރު، ޑީއާރުޕީ އަށް ނިސްބަތްވާ
ގިނަ މެންބަރުންތަކެއް ހިމެނޭ ދިއްދޫ ރ.ކ.އ ކޮމެޓީން ނިންމާފައިވާ ނިންމުމެއް
މިއަދު ތަންފީޒުކުރުމުން އެކަމާ ދެކޮޅަށް ނިކުތީވެސް ޑީއާރުޕީ ގެ ބޭފުޅުންނެވެ.
ޤާނޫނީ ވާޖިބަށް އެއްވެސް ފަރާތަކުން ހުރަސް އަޅާނަމަ، އެކަމަށް ވެސް އަޅަންޖެހޭ
ފިޔަވަޅު ޖެހޭނީ އަޅަންކަން އެންމެންވެސް ޤަބޫލުކުރަން ޖެހޭނެއެވެ
majlisa10@gmail.com
|
Khassa Majilis Web
The
Official Website Tsunami Disaster Maldives
|
|
|
|
|